logo
Bank of Maldives

Bank of Maldives

ޚަބަރު

ސިލޯނާއެކު ދިވެހީން ޓެލެތޯނުން އެއްކުރި ފައިސާގެ އަދަދު 6.2 މިލިޔަން ރުފިޔާއަށްވުރެ ގިނަވެއްޖެ

ޒިދާން މުޙައްމަދު
1 ޑިސެމްބަރު 2025 - 06:21
"ސިލޯނާ އެކު ދިވެހިން" ނަމުގައި ކުރިއަށްގެންދާ ޓެލެތޯންގެ ފަންޑު ފޮއްޓަށް މީހަކު ފައިސާ ހަދިޔާކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
"ސިލޯނާ އެކު ދިވެހިން" ނަމުގައި ކުރިއަށްގެންދާ ޓެލެތޯންގެ ފަންޑު ފޮއްޓަށް މީހަކު ފައިސާ ހަދިޔާކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އަވަށްޓެރި ސްރީލަންކާއަށް ދިމާވެފައިވާ މޫސުމީ ކާރިޘާގެ ސަބަބުން ހާލުގައި ޖެހިފައިވާ އެޤައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ދިވެހި މީޑިއާތަކުން ކުރިއަށްގެންދާ "ސިލޯނާއެކު ދިވެހީން ޓެލެތޯނަށް" މިހާތަނަށް އެއްކުރި ފައިސާގެ އަދަދު 6.2 މިލިޔަން ރުފިޔާއަށްވުރެ ގިނަވެއްޖެއެވެ.

މިއަދަދަކީ ފަންޑަށް ޖަމާކުރި އެމެރިކާ ޑޮލަރު ހިމަނައިގެން ރުފިޔާއިން ޖެހޭ އަދަދެވެ.

އާދިއްތަ ދުވަހުގެ ހެނދުނު 9:00 ޖެހިއިރު ފެށި މި ޓެލެތޯން މިއަދުގެ މެންދުރު ފަހު 2:00 އާ ހަމައަށް ކުރިއަށްގެންދާނެއެވެ.

ބީއެމްއެލްއިން މި ޓެލެތޯންއަށް ޚާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް މިއަދުގެ ހެނދުނު 11:20އާ ހަމައަށް ޔޫއެސް ޑޮލަރު ހިމަނައިގެން 6,205,637 އަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. އޭގެތެރޭގައި ހިމެނެނީ 5،556،579 ރުފިޔާއާއި 41،641 ޑޮލަރެވެ.

މި ޓެލެތޯންއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ބީއެމްއެލްގެ އެކައުންޓްތަކަށް އަދި ބުރުޒުމަގުގައި ހުންނަ ޕީއެސްއެމްގެ ޓީވީ ބިލްޑިންގއާއި މާލޭގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ފޮށިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

މިމަހުގެ 26 ވަނަ ދުވަހު ސްރީލަންކާއަށް ކުރިމަތިވި ތޫފާން ދީތުވާއާއި ގުޅިގެން އެޤައުމު ވަނީ ކާރިޘާގެ ޙާލަތުގައެވެ.

ޕީއެސްއެމްއިން އިސްވެ، އެކުޖުމުލަ 37 މީޑިއާ ގުޅިގެން ކުރިއަށް ގެންދާ މި ޓެލެތޯން ނިންމާލަން ކުރިން ހަމަޖައްސާފައި އޮތީ އާދިއްތަދުވަހުގެރޭ މެންދަމު 1:00އާ ހަމައަށެވެ. ނަމަވެސް، މިޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ދިނުމުގެ ގޮތުން ހޯމަދުވަހުގެ މެންދުރު ފަހު 2:00އާ ހަމައަށް ޓެލެތޯން ކުރިއަށް ގެންދިއުމަށްފަހުން ނިންމީއެވެ.

ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ގާތް ގުޅުމެއް އޮންނަ ޤައުމެކެވެ. ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީ އަވަށްޓެރި ސްރީލަންކާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިލޯނާއެކު ދިވެހީން ޓެލެތޯނުން އެއްކުރި ފައިސާގެ އަދަދު 6.2 މިލިޔަން ރުފިޔާއަށްވުރެ ގިނަވެއްޖެޚަބަރު | ގަޑިއިރެއް ކުރިންސިލޯނާއެކު ދިވެހީން ޓެލެތޯން: 24 ގަޑިއިރުތެރޭ 5.76 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފިޚަބަރު | 3 ގަޑިއިރު ކުރިން