logo
Bank of Maldives

Bank of Maldives

ޚަބަރު

"ސިލޯނާއެކު ދިވެހީން ޓެލެތޯނުން" ޖަމާވި 8 ލައްކަ ޑޮލަރު ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފި

ޒިދާން މުޙައްމަދު
2 ޑިސެމްބަރު 2025 - 10:01
 "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ލިބުނު ފައިސާ ހާރިޖީ ވުޒާރާއާ ހަވާލު ކުރުން: ފޮޓޯ: ޕީއެސްއެމް
"ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ލިބުނު ފައިސާ ހާރިޖީ ވުޒާރާއާ ހަވާލު ކުރުން: ފޮޓޯ: ޕީއެސްއެމް

"ސިލޯނާއެކު ދިވެހީން ޓެލެތޯނުން" ޖަމާވި 8 ލައްކަ ޑޮލަރު ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.

ދައުލަތުގެ މީޑިއާއިން އިސް ނަގައިގެން ރާއްޖޭގެ ގިނަ މީޑިއާތަކަކާ ގުޅިގެން "ސިލޯނާއެކު ދިވެހީން" މިނަމުގައި ކުރިއަށް ގެންދިޔަ ޓެލެތޯނުން ޖަމާވި 800،352 ޑޮލަރު ނުވަތަ 245 މިލިއަން ލަންކާ ރުޕީސް އެ ގައުމާ ހަވާލު ކުރަން ފޮރިން މިނިސްޓްރީއާ ހަވާލުކުރީ މިއަދުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޓެލެތޯނަކީ ލަންކާއަށް ކުރިމަތިވި ތޫފާނުގެ ސަބަބުން ބޯކޮށް ވާރޭވެހި ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެންދިއުމާ ގުޅިގެން ލަންކާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ކުރިއަށް ގެންދިޔަ ޓެލެތޯނެކެވެ. މި ޓެލެތޯން ކުރިއަށް ގެންގޮސްފައި ވަނީ 29 ގަޑިއިރަށެވެ.

ރާއްޖޭގެ 30 އަށް ވުރެ ގިނަ މީޑިއާ ބައިވެރިވި ޓެލެތޯންގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި، ޖަމިއްޔާ ޖަމާއަތްތަކާއި، ކްލަބްތަކާއި، އޮފީސްތައް ފަދަ ހުރިހާ ފަރާތްތަކަށް ހުޅުވާލިއެވެ.

މިއަދު ދައުލަތުގެ މީޑިއާގެ ޓީވީ ބިންޑިންގގައި ބޭއްވި އިވެންޓެއްގައި މި އެހީގެ ފައިސާ ހިމެނޭ ރަމްޒީޗެކާ ފޮރިން މިނިސްޓްރީގެ ފަރާތުން ހަވާލުވެލެއްވީ މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލެވެ.

އެއާ ހަވާލުވެވަޑައިގަތުމަށްފަހު، މިނިސްޓަރ ޑރ. ޙަލީލް ވިދާޅުވީ، މިއީ ރާއްޖޭގެ މިހާ ގިނަ އަދަދެއްގެ މީޑިއާ ބައިވެރިވެގެން އިވެންޓެއް މިހާބޮޑުކޮށް ބޭއްވި ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިކަމުން ވަރަށް މުހިންމު ކަންތައްތައްތަކެއް ދައްކުވާދޭ ކަަަމަށެވެ.

ސްރީލަންކާގެ ރައްޔިތުންނަށް ދިމާވި ނިކަމެތި ކަމާ ގުޅިގެން، ދިވެހި ސަރުކާރުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވާ ލަންކާގެ ރައްޔިތުންނަށް އެހީވުމަށް ކަނޑައެޅި އެއް ގައުމަކީ ރާއްޖެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި މީގެ އިތުރުން އަބަދުވެސް ރައީސް ވިދާޅުވާ ފަދައިން ކުޑަ ގައުމަކަށް ވިޔަސް، ރާއްޖެއަކީ ހާއްސަކޮށް އަވައްޓެރިންނާ ހިސާބަށް ދާއިރުގައި، އެންމެ ފުރަތަމަ ކޮޅަށް ތެދުވާނެ ގައުމު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީޑިއާތަކުން ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުންނައި އަމިއްލަ ކުންފުނިތަކާއި ވަރަށް ތަނަވަސްކަމާއި އެކުގައި އެހީތެރިކަން ފޯރުކޮށްދެއްވުން އެ ރައްޔިތުންނަށް ދައްކުވައިދެނީ ލަންކާގެ ރައްޔިތުންނަށް ދިވެހިންނަކީ ވަރަށް ގާތް އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިކަމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ކުރިއަށް ވުރެވެސް ގާތް ގުޅުމެއް އުފެދި، ދެ ގައުމުގެ ރައްޔިތުން އެކުވެރިކަމާއި އެއްބަނޑު އެއްބަފާ ކަމުގައި އުޅުމުގެ ނަސީބު މުސްތަގުބަލުގައި މާބޮޑަށްވެސް ލިބިގެންދާނެ ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ސިލޯނާއެކު ދިވެހީން ޓެލެތޯނުން" ޖަމާވި 8 ލައްކަ ޑޮލަރު ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންއިންސާނިއްޔަތުކަން އަދާކުރުމުގައި ދިވެހީން އުޅެނީ އެތައް ދަރަޖައެއް ކުރީގައި: ލަންކާ ރައްޔިތުންރިޕޯޓް | 3 ގަޑިއިރު ކުރިންސިލޯނާއެކު ދިވެހީން ޓެލެތޯނުން ލިބުނު އެހީގެ ޖުމްލަ އަދަދު 12 މިލިއަން ރުފިޔާއަށްވުރެ ގިނަ!ޚަބަރު | 4 ގަޑިއިރު ކުރިންސިލޯނާއެކު ދިވެހީން ޓެލެތޯނުން ލިބުނު ފައިސާގެ އަދަދު 11 މިލިއަން ފަހަނައަޅައިފިޚަބަރު | ދުވަހެއް ކުރިން