logo
Bank of Maldives

Bank of Maldives

ޚަބަރު

ސިލޯނާއެކު ދިވެހީން ޓެލެތޯނުން ލިބުނު ފައިސާގެ އަދަދު 11 މިލިއަން ފަހަނައަޅައިފި

ޒިދާން މުޙައްމަދު
1 ޑިސެމްބަރު 2025 - 09:36
ސިލޯނާއެކު ދިވެހީން ޓެލެތޯނުން ލިބުނު ފައިސާގެ އަދަދު 11 މިލިއަން ފަހަނައަޅައިފި

އަވަށްޓެރި ސްރީލަންކާއަށް ދިމާވެފައިވާ މޫސުމީ ކާރިޘާގެ ސަބަބުން ހާލުގައި ޖެހިފައިވާ އެޤައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ދިވެހި މީޑިއާތަކުން ކުރިއަށްގެންދިޔަ "ސިލޯނާއެކު ދިވެހީން ޓެލެތޯނުން ޖަމާވި ފައިސާގެ އަދަދު 11 މިލިޔަން ރުފިޔާއަށްވުރެ ގިނަވެއްޖެއެވެ.

މިއަދަދަކީ ފަންޑަށް ޖަމާކުރި އެމެރިކާ ޑޮލަރު ހިމަނައިގެން ރުފިޔާއިން ޖެހޭ އަދަދެވެ.

އާދިއްތަ ދުވަހުގެ ހެނދުނު 9:00 ޖެހިއިރު ފެށި މި ޓެލެތޯން މިއަދުގެ މެންދުރު ފަހު 2:00 އާ ހަމައަށް ކުރިއަށްގެންދާނެއެވެ.

ބީއެމްއެލްއިން މި ޓެލެތޯންއަށް ޚާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް މިއަދުގެ މެންދުރު ފަހު 2:30އާ ހަމައަށް 11,415,915 ރުފިޔާ ވަނީ ލިބިފައެވެ. އޭގެތެރޭގައި ހިމެނެނީ 10،743،125 ރުފިޔާ އަދި 43،631 ޑޮލަރެވެ. މިއާއެކު ޓެލެތޯންގެ ރަސްމީ ބައި ވަނީ ނިމިފައެވެ.

މި ޓެލެތޯންއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ބީއެމްއެލްގެ އެކައުންޓްތަކަށް އަދި ބުރުޒުމަގުގައި ހުންނަ ޕީއެސްއެމްގެ ޓީވީ ބިލްޑިންގއާއި މާލޭގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ފޮށިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލާފައެވެ.

މިމަހުގެ 26 ވަނަ ދުވަހު ސްރީލަންކާއަށް ކުރިމަތިވި ތޫފާން ދީތުވާއާއި ގުޅިގެން އެޤައުމު ވަނީ ކާރިޘާގެ ޙާލަތުގައެވެ.

ޕީއެސްއެމްއިން އިސްވެ، އެކުޖުމުލަ 37 މީޑިއާ ގުޅިގެން ކުރިއަށް ގެންދާ މި ޓެލެތޯން ނިންމާލަން ކުރިން ހަމަޖައްސާފައި އޮތީ އާދިއްތަދުވަހުގެރޭ މެންދަމު 1:00އާ ހަމައަށެވެ. ނަމަވެސް، މިޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ދިނުމުގެ ގޮތުން ހޯމަދުވަހުގެ މެންދުރު ފަހު 2:30އާ ހަމައަށް ޓެލެތޯން ކުރިއަށް ގެންދިއުމަށްފަހުން ނިންމީއެވެ.

ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ގާތް ގުޅުމެއް އޮންނަ ޤައުމެކެވެ. ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީ އަވަށްޓެރި ސްރީލަންކާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ސިލޯނާއެކު ދިވެހީން ޓެލެތޯނުން" ޖަމާވި 8 ލައްކަ ޑޮލަރު ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފިޚަބަރު | 3 މަސް ކުރިންއިންސާނިއްޔަތުކަން އަދާކުރުމުގައި ދިވެހީން އުޅެނީ އެތައް ދަރަޖައެއް ކުރީގައި: ލަންކާ ރައްޔިތުންރިޕޯޓް | 3 މަސް ކުރިންސިލޯނާއެކު ދިވެހީން ޓެލެތޯނުން ލިބުނު އެހީގެ ޖުމްލަ އަދަދު 12 މިލިއަން ރުފިޔާއަށްވުރެ ގިނަ!ޚަބަރު | 3 މަސް ކުރިންސިލޯނާއެކު ދިވެހީން ޓެލެތޯނުން ލިބުނު ފައިސާގެ އަދަދު 11 މިލިއަން ފަހަނައަޅައިފިޚަބަރު | 3 މަސް ކުރިން