logo
Bank of Maldives

Bank of Maldives

ޚަބަރު

ސިލޯނާއެކު ދިވެހީން ޓެލެތޯނުން ލިބުނު އެހީގެ ޖުމްލަ އަދަދު 12 މިލިއަން ރުފިޔާއަށްވުރެ ގިނަ!

ޒިދާން މުޙައްމަދު
2 ޑިސެމްބަރު 2025 - 06:19
ސިލޯނާއެކު ދިވެހީން ޓެލެތޯނުން ލިބުނު އެހީގެ ޖުމްލަ އަދަދު 12 މިލިއަން ރުފިޔާއަށްވުރެ ގިނަ!

އަވަށްޓެރި ސްރީލަންކާއަށް ދިމާވެފައިވާ މޫސުމީ ކާރިޘާގެ ސަބަބުން ހާލުގައި ޖެހިފައިވާ އެޤައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ދިވެހި މީޑިއާތަކުން ކުރިއަށްގެންދިޔަ "ސިލޯނާއެކު ދިވެހީން ޓެލެތޯނަށް"12 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ނުވަތަ 245 މިލިއަނަށް ވުރެ ގިނަ ލަންކާ ރުޕީސްއަށް ވާ ވަރަށް ފައިސާ ލިިބިފައިވާކަން ޓެލެތޯންގެ އޮޑިޓް ކްރޯ މޯލްޑިވްސްއިން އިއުލާންކުރި ކުރުމުން ހާމަވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ހެނދުނު 9:00 ޖެހިއިރު ފެށި މި ޓެލެތޯން އިއްޔެ މެންދުރު ފަހު 2:00 އާ ހަމައަށް 29 ގަޑިއިރަށް ކުރިއަށްގެންގޮސްފައިވާއިރު މި ޓެލެތޯނުގައި  30 އަށް ވުރެ ގިނަ މީޑިއާތަކުން ވަނީ ބައިވެރިވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ސިލޯނާއެކު ދިވެހިން" ޓެލެތޯންގެ އޮޑިޓް ފާމެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ކްރޯ މޯލްޑިވްސްއެވެ.

ޓެލެތޯނަށް ލިބިފައިވާ ޖުމްލަ އަދަދަކީ ބޭންކް އެކައުންޓްތަކަށް މިވަގުތަށް ޖަމާވެފައި ހުރި އަދަދުކަމަށާއި ބޭންކް ސްޓޭޓްމެންޓްތަކުން ވެރިފައި ކުރުމަށް ފަހު ފައިނަލައިޒްކޮށްފައި ހުރި އަދަދުތައްކަން ކްރޯ މޯލްޑިވްސްއިން ވަނީ ފާހަގަކޮށްފައެވެ.

ގުނި ހުރިހާ ފައިސާއެއް ބީއެމްއެލްއަށް ޖަމާ ކުރުމަށް ފޮނުވާފައިވާ ކަމަށް ކްރޯ މޯލްޑިވްސްއިން މައުލޫމާތުދެއެވެ.

  • ބޭންކް ޑިޕޮސިޓްގެ ގޮތުގައި ލިބުނު ފައިސާ

8،797،476،40 ރުފިޔާ

50،513.31 ޑޮލަރު

  • 15 ލޮކޭޝަނެއްގައި ބަހައްޓާފައިވާ 15 ފަންޑް ފޮށިތަަކަށް ލިބުނު ފައިސާ

265،703.44 ރުފިޔާ

575 ޑޮލަރު

20 ޔޫރޯ

  • ޗެކާއި ކޮމިޓްމެންޓްގެ ގޮތުގައި ލިބުނު ފައިސާ

2،490.111.26 ރުފިޔާ

  • މުޅި ފަންޑަށް ޖުމްލަކޮށް ލިބުނު ފައިސާ

11.553،291.10 ރުފިޔާ

51،088.31 ޑޮލަރު

20 ޔޫރޯ

37 މީޑިއާއެއް ގުޅިގެން ބޭއްވި މި ޓެލެތޯން ފެށީ ނޮވެންބަރު 30 ވަނަ ދުވަހުގެ ހެނދުނު 9:00 ޖެހިއިރުއެވެ. ޓެލެތޯން ނިންމާލީ ހޯމަ ދުވަހުގެ މެންދުރުފަހު 14:00ގައެވެ. މި ޓެލެތޯނަށް ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންނާއި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ކުންފުނިތަކާއި ކުލަބު ޖަމިއްޔާތަކާއި އޮފީސްތަކުގެ އިތުރުން މީޑިއާތަކުން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ޓެލެތޯނަށް ޚާއްސަ އެކައުންޓެއް ބީއެމްއެލްއިން ހަމަޖައްސައިދިންއިރު، މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބަހައްޓާފައިވެއެވެ. އަދި މިކަން ކުރިއަށްގެންދިޔައީ މިނިވަން އޮޑިޓް ފާމެއްކަމުގައިވާ ކްރޯ މޯލްޑިވްސް ބެލުމުގެ ދަށުން ދެފުށް ފެންނަގޮތަށް ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެގޮތަށެވެ.

ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ގާތް ގުޅުމެއް އޮންނަ ޤައުމެކެވެ. ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީ އަވަށްޓެރި ސްރީލަންކާއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިލޯނާއެކު ދިވެހީން ޓެލެތޯނުން ލިބުނު އެހީގެ ޖުމްލަ އަދަދު 12 މިލިއަން ރުފިޔާއަށްވުރެ ގިނަ!ޚަބަރު | 2 ގަޑިއިރު ކުރިންސިލޯނާއެކު ދިވެހީން ޓެލެތޯނުން ލިބުނު ފައިސާގެ އަދަދު 11 މިލިއަން ފަހަނައަޅައިފިޚަބަރު | ދުވަހެއް ކުރިންދިވެހީންގެ ދީލަތިކަމުގެ އިންތިހާ; ސިލޯނާއެކު ދިވެހީން ޓެލެތޯނުން މިހާތަނަށް 6.6 މިލިޔަން ރުފިޔާ!ޚަބަރު | ދުވަހެއް ކުރިންސިލޯނާއެކު ދިވެހީން ޓެލެތޯނުން އެއްކުރި ފައިސާގެ އަދަދު 6.2 މިލިޔަން ރުފިޔާއަށްވުރެ ގިނަވެއްޖެޚަބަރު | ދުވަހެއް ކުރިން