logo
Bank of Maldives

Bank of Maldives

ޚަބަރު

ދިވެހީންގެ ދީލަތިކަމުގެ އިންތިހާ; ސިލޯނާއެކު ދިވެހީން ޓެލެތޯނުން މިހާތަނަށް 6.6 މިލިޔަން ރުފިޔާ!

ޒިދާން މުޙައްމަދު
1 ޑިސެމްބަރު 2025 - 07:37
ދިވެހީންގެ ދީލަތިކަމުގެ އިންތިހާ; ސިލޯނާއެކު ދިވެހީން ޓެލެތޯނުން  މިހާތަނަށް 6.6 މިލިޔަން ރުފިޔާ!

އަވަށްޓެރި ސްރީލަންކާއަށް ދިމާވެފައިވާ މޫސުމީ ކާރިޘާގެ ސަބަބުން ހާލުގައި ޖެހިފައިވާ އެޤައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ދިވެހި މީޑިއާތަކުން ކުރިއަށްގެންދާ "ސިލޯނާއެކު ދިވެހީން ޓެލެތޯނަށް" މިހާތަނަށް އެއްކުރި ފައިސާގެ އަދަދު 6.6 މިލިޔަން ރުފިޔާއަށްވުރެ ގިނަވެއްޖެއެވެ.

މިއަދަދަކީ ފަންޑަށް ޖަމާކުރި އެމެރިކާ ޑޮލަރު ހިމަނައިގެން ރުފިޔާއިން ޖެހޭ އަދަދެވެ.

އާދިއްތަ ދުވަހުގެ ހެނދުނު 9:00 ޖެހިއިރު ފެށި މި ޓެލެތޯން މިއަދުގެ މެންދުރު ފަހު 2:00 އާ ހަމައަށް ކުރިއަށްގެންދާނެއެވެ.

ބީއެމްއެލްއިން މި ޓެލެތޯންއަށް ޚާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް މިއަދުގެ މެންދުރުފަހު 12:30އާ ހަމައަށް ޔޫއެސް ޑޮލަރު ހިމަނައިގެން 6,655,662 އަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. އޭގެތެރޭގައި ހިމެނެނީ 6،003،289 ރުފިޔާއާއި 42،307 ޑޮލަރެވެ.

މި ޓެލެތޯންއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ބީއެމްއެލްގެ އެކައުންޓްތަކަށް އަދި ބުރުޒުމަގުގައި ހުންނަ ޕީއެސްއެމްގެ ޓީވީ ބިލްޑިންގއާއި މާލޭގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ފޮށިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

މިމަހުގެ 26 ވަނަ ދުވަހު ސްރީލަންކާއަށް ކުރިމަތިވި ތޫފާން ދީތުވާއާއި ގުޅިގެން އެޤައުމު ވަނީ ކާރިޘާގެ ޙާލަތުގައެވެ.

ޕީއެސްއެމްއިން އިސްވެ، އެކުޖުމުލަ 37 މީޑިއާ ގުޅިގެން ކުރިއަށް ގެންދާ މި ޓެލެތޯން ނިންމާލަން ކުރިން ހަމަޖައްސާފައި އޮތީ އާދިއްތަދުވަހުގެރޭ މެންދަމު 1:00އާ ހަމައަށެވެ. ނަމަވެސް، މިޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ދިނުމުގެ ގޮތުން ހޯމަދުވަހުގެ މެންދުރު ފަހު 2:00އާ ހަމައަށް ޓެލެތޯން ކުރިއަށް ގެންދިއުމަށްފަހުން ނިންމީއެވެ.

ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ގާތް ގުޅުމެއް އޮންނަ ޤައުމެކެވެ. ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީ އަވަށްޓެރި ސްރީލަންކާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ސިލޯނާއެކު ދިވެހީން ޓެލެތޯނުން" ޖަމާވި 8 ލައްކަ ޑޮލަރު ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފިޚަބަރު | 3 މަސް ކުރިންއިންސާނިއްޔަތުކަން އަދާކުރުމުގައި ދިވެހީން އުޅެނީ އެތައް ދަރަޖައެއް ކުރީގައި: ލަންކާ ރައްޔިތުންރިޕޯޓް | 3 މަސް ކުރިންސިލޯނާއެކު ދިވެހީން ޓެލެތޯނުން ލިބުނު އެހީގެ ޖުމްލަ އަދަދު 12 މިލިއަން ރުފިޔާއަށްވުރެ ގިނަ!ޚަބަރު | 3 މަސް ކުރިންސިލޯނާއެކު ދިވެހީން ޓެލެތޯނުން ލިބުނު ފައިސާގެ އަދަދު 11 މިލިއަން ފަހަނައަޅައިފިޚަބަރު | 3 މަސް ކުރިން