logo
Bank of Maldives

Bank of Maldives

ޚަބަރު

ފަސްޓްލޭޑީ، އެފްއޭއެމް ވިމެންސް ލީގު 2025 ގެ ފުރަތަމަ މެޗު ޝަރަފުވެރިކޮށްދެއްވައިފި

ޢައްފާން މުޙައްމަދު
1 ޑިސެމްބަރު 2025 - 15:08
ފަސްޓްލޭޑީ، އެފްއޭއެމް ވިމެންސް ލީގު 2025 ގެ ފުރަތަމަ މެޗު ޝަރަފުވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އެފް.އޭ.އެމް ވިމެންސް ލީގު 2025 ގެ ފުރަތަމަ މެޗު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި މެޗަށްފަހު އެކަމަނާ ވަނީ، މެޗުގެ މޮޅު ކުޅުންތެރިޔާއަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ދެއްވާ އެވޯޑު ހަވާލުކޮށްދެއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހެންވޭރު ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ބައްދަލުކޮށްފައިވަނީ، ވިކްޓްރީ ސްޕޯޓްސް ކްލަބާއި ޓީ.ސީ ސްޕޯޓްސް ކްލަބެވެ. 6-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައިވަނީ ވިކްޓްރީ ސްޕޯޓްސް ކްލަބެވެ.

ވިކްޓަރީން މުޅި މެޗު ޑޮމިނޭޓުކޮށްގެން ކުޅުނުއިރު، ޓީސީގެ ކުޅުންތެރިންނަށް މާ އެދެވޭ ކުޅުމެއް މެޗުގައި ދެއްކިފައެއް ނުވެއެވެ.

ވިކްޓަރީ ޓީމުގައި ގައުމީ ޓީމުގެ ކުޅުންތެރިންނާއި ތަޖުރިބާކާރު ބައެއް ކުޅުންތެރިން ހިމެނުނުއިރު، އެ ޓީމު އުޒްބަކިސްތާންގެ ދެ ކުޅުންތެރިން ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ވިކްޓަރީން މެޗުގައި ލީޑު ނެގީ ފުރަތަމަ ހާފުގެ 9 ވަނަ މިނިޓުގައި އެ ޓީމުގެ ފޯވާޑް ރުސްތަލޭވް ލޭލާ ރަމްޝޮވާނާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މެޗުގެ 23 ވަނަ މިނިޓުގައި ސަފިނާ ދިން ބޯޅައަކުން ވިކްޓަރީއަށް ލީޑު ފުޅާކޮށްދިނީ ފާތުމަތު ސާއިނާއެވެ. މެޗުގެ 34 ވަނަ މިނިޓުގައި ލޭލާ ވަނީ ވިކްޓްރީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ލޭލާ އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 62 ވަނަ މިނިޓުގައެވެ. އޭގެ ދެ މިނިޓް ފަހުން ވިކްޓަރީގެ ފަސްވަނަ ލަނޑު ސަފީނާ ކާމިޔާބުކުރިއިރު، މެޗުގެ އިތުރު ވަގުތުގައި ވިކްޓަރީއަށް ހަވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ މަގާމު ހޯދި ލޭލާއެވެ.

މި އަހަރު ވިމެންސް ލީގުގައި ވަނީ ހަ ޓީމެށް ބައިވެރިވެފައެވެ. މީގެ ތެރޭގައި ފުރަތަމަ ޑިވިޝަންގެ ގަދަ ބާރުތައްވެސް ހިމެނެއެވެ. މިއީ އަހަރުތަކަކަށް ފަހު ރަސްމީ ފުޓްބޯޅައިގެ ހަރަކާތްތަކެއް އަންހެނުނަށް ހާއްސަކޮށްގެން އެފްއޭއެމްއިން ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަސްޓްލޭޑީ، އެފްއޭއެމް ވިމެންސް ލީގު 2025 ގެ ފުރަތަމަ މެޗު ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | 40 މިނިޓު ކުރިން" ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން" ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފިޚަބަރު | 7 ދުވަސް ކުރިންއަހަރުމެންގެ ދަރީންނަކީ އަހަރުމެންގެ އުންމީދު؛ ގައުމުގެ "ހިތް": ރައީސްޚަބަރު | 11 ދުވަސް ކުރިންނުކުޅެދުންތެރިކަން ހުންނަ މީހުންނާ މެދު މުޖުތަމަޢުން ދެކޭގޮތް ބަދަލުކުރުމަކީ މުހިންމު ކަމެއް: ފަސްޓް ލޭޑީޚަބަރު | 11 ދުވަސް ކުރިން