logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވިމެންސް ލީގު: "އޮޑިއާ ދެކޮޅަށް ނުކުންނަން ނިއުގެ ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި"

ޢައްފާން މުޙައްމަދު
1 ޑިސެމްބަރު 2025 - 17:59
ވިމެންސް ލީގު: "އޮޑިއާ ދެކޮޅަށް ނުކުންނަން ނިއުގެ ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި"

އެފް.އޭ.އެމް ވިމެންސް ލީގު 2025 ގައި އަންގާރަ ދުވަހު އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅޭ މެޗަށް، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށް އެ ޓީމުގެ ކޯޗު އިސްމާޢީލް އަނިލް ވިދާޅުވެއްޖެއެވެ.

މެޗުގެ ކުރިން ބޭއްވި ފަރިތަކުރުމެއްގެ ތެރެއިން "މެންދުރު ޓީވީ" އާ ވާހަކަދައްކަވަމުން އަނިލް ވިދާޅުވީ، މެޗަށް ނިއުއިން ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާއިރު، ބައެއް ކުޅުންތެރިންނަށް ދިމާވި އަނިޔާގެ މައްސަލަތައް ވެސް މިހާރު މުޅިންހެން ރަނގަޅުވެފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ޓީމަށް ގެނައި ބިދޭސީ ކުޅުންތެރިން ވެސް ޓީމާ ގުޅިފައިވުމާއެކު، ކުރިއަށް އޮތް މެޗަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާކަން އަނިލް ފާހަގަކުރެއްވިއެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ވަނީ އެ ކުލަބުގެ އަންހެން ސްކޮޑު ވަރުގަދަކުރުމުގެ ގޮތުން އިންޑޮނޭޝިއާގެ ގޯންކީޕަރެއްކަމަށްވާ ޕްރިހާތިނީއާއި ތައިލެންޑުގެ ސްޓްރައިކަރެއް ކަމަށްވާ އިންޓަމްރަންގް އެ ޓީމަށް ގެނެސްފައެވެ. މި ދެ ކުޅުންތެރިން ވެސް މިހާރު ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ.

މެޗާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަނިލް އިތުރަށް ވިދާޅުވީ، ކުރިން އުއްމީދުރީ ގަލޮޅު ދަނޑުގައި މެޗުތައް ކުޅުމަށް ކަމަށް ވެފައި މިހާރު ހެންވޭރު ދަނޑުގައި މެޗުތައް ކުޅޭތީ ތަފާތެއް އަންނާނެ ކަމަށެވެ. އެހެންނަމަވެސް އެ ހާލަތަށް ވެސް ވަރަށް ފުރިހަމައަށް ތައްޔާރުވެ، ޖުމްލަކޮށް މުޅި މެޗަށް ތައްޔާރުވެފައިވާކަން އަނިލް ހާމަކުރެއްވިއެވެ.

ޑިސެމްބަރު މަހުގެ 1-23 އަށް ބާއްވާ އެފްއޭއެމް ވިމެންސް ލީގު 2025 ގައި ނިއުއިން ފުރަތަމަ މެޗުގައި އޮޑިއާ ދެކޮޅަށް ނުކުންނައިރު، ވިމެންސް ޗެމްޕިއަންޝިޕް ފުޓްބޯލް މުބާރާތަށް އެންމެ ރަނގަޅަށް ތައްޔާރުވަމުން އަންނަ ޓީމަކީ ނިއުރޭޑިއަންޓުކަން ފާހަގަކޮށްލެވެއެވެ.

މި މުބާރާތަށް ނިއުއިން ފަރިތަކުރުންތައް ފަށާފައިވާއިރު، ގައުމީ ސްކޮޑުގައި މިހާރު ހިމެނޭ ކުޅުންތެރިންނާއި ކުރީގެ ބައެއް ކުޅުންތެރިންވެސް ނިއުއިން އެކުލަވާލާފައިވާ ސްކޮޑުގައި ހިމެނެއެވެ.

އެގޮތުން، ގައުމީ ސްކޮޑުގައި މިހާރު ވެސް ހިމެނޭ އެ ޓީމުގެ ކެޕްޓަން ހަނީފާ އާއި، މައިޝާ، ނޫރާ އަދި ފަޒްލާ ވެސް ނިއުގެ ސްކޮޑުގައި ހިމެނެއެވެ. މީގެއިތުރުން ގައުމީ އަންހެން ޓީމުގެ ކުރީގެ ކެޕްޓަން ފަދުވާއާއި މިރުފަތުގެ އިތުރުން ޝިމިނީ ވެސް ނިއުގެ ސްކޮޑުން ފެންނާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިމެންސް ލީގު: "އޮޑިއާ ދެކޮޅަށް ނުކުންނަން ނިއުގެ ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި"ކުޅިވަރު | ގަޑިއިރެއް ކުރިންވާދަވެރި ކުޅުމަކަށްފަހު ނިއުބަލިކޮށް 100% ރެކޯޑާއެކު މާޒިޔާ ފުރަތަމަ ބުރު ނިންމާލައިފިކުޅިވަރު | 3 ދުވަސް ކުރިންނިއުރޭޑިއަންޓް ބަލިކޮށް އޮޑި ތާވަލުގެ ދެވަނައަށްކުޅިވަރު | 9 ދުވަސް ކުރިންނިއުގެ ގޯލު ބަލަހައްޓަން ލަންކާ ގައުމީޓީމުގެ ތަޖުރިބާކާރު ގޯލު ކީޕަރު ކަވީޝް ކުޅިވަރު | 9 ދުވަސް ކުރިން