logo
Bank of Maldives

Bank of Maldives

ކުޅިވަރު

ނިއު ރޭޑިއަންޓުގެ ހެޑް ކޯޗަކަށް ސްޕެއިންގެ އަންދްރޭ ހަމަޖައްސައިފި

އަބްދުﷲ ޣާނިމް
1 މާރިޗު 2026 - 08:11
ނިއު ރޭޑިއަންޓުގެ ހެޑް ކޯޗަކަށް ސްޕެއިންގެ އަންދްރޭ ހަމަޖައްސައިފި

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމުގައި މިހާރުވެސް ހުރި، ސްޕެއިންގެ ތަޖުރިބާކާރު ކޯޗު ފްރެންސިސްކޯ މެނުއަލް ކައީންޒޮސް (އަންދްރޭ) އާ އެ ޓީމުގެ ހެޑް ކޯޗުކަން ހަވާލުކުރަން އެ ކްލަބުން ނިންމައިފިއެވެ.

ކްލަބުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް މި ނިންމުން މިހާރުވަނީ އިއުލާނު ކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބަދަލު ގެނެސްފައިވަނީ މި ސީޒަނުގައި ނިއުއާ ހަވާލުވެ ހުރި ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން، އާއިލީ ސަބަބުތަކަކާ ހުރެ މަގާމުން ވަކިވުމާ ގުޅިގެންނެވެ. މުބީން ވަނީ ސުޒޭން އެ ކްލަބަށް ކޮށްދީފައިވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. ސުޒޭންގެ އިރުޝާދުގެ ދަށުން ނިއު އިން މިފަހަރުގެ ލީގު ނިންމާލީ ތިންވަނައިގައެވެ. އަދި ޕްރެޒިޑެންޓްސް ކަޕުގެ ސެމީ ފައިނަލުން އެ ޓީމު ކެޓީ މާޒިޔާ އަތުން ބަލިވުމުންނެވެ.

އާ ކޯޗު އަންދްރޭއަކީ ފުޓްބޯޅައިގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ލިބިފައިވާ ހުނަރުވެރި ކޯޗެކެވެ. ކްލަބުން އުންމީދު ކުރަނީ އޭނާގެ އިރުޝާދުގެ ދަށުން ކުރިއަށް އޮތް މުބާރާތްތަކުގައި ނިއު ރޭޑިއަންޓުން ކާމިޔާބީގެ އައު އުސްމިންތަކަކަށް ވާސިލުވާނެ ކަމަށެވެ.

ކްލަބުގެ މެނޭޖްމަންޓުން ބުނެފައިވަނީ ފަޚުރުވެރި ނިއު ރޭޑިއަންޓް އަލުން އަނބުރާ ކުރީގެ ރަސްކަމަށް ގެންދިއުމަށް ކުރާ މަސައްކަތުގައި އަންދްރޭއަށް ފުރިހަމަ ކާމިޔާބީއަށް އެދޭ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީތަން ޒަކީ ނިއުރޭޑިއަންޓްގެ ޔޫތު ޓީމާ ގުޅިއްޖެ، ކެޕްޓަންކަންވެސް އޭނާއަށްކުޅިވަރު | 17 ދުވަސް ކުރިންޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ ނިއުރޭޑިއަންޓް އަންޑަރ 19 ޓީމުގެ ޓްރަޔަލް ހުޅުވާލައިފިކުޅިވަރު | މަހެއް ކުރިންވޭމަންޑޫ ވެޔޮ އެކަޑަމީން ނިއުގެ ތަރިން ބައިވެރިވި ފޯރިގަދަ ފުޓްސަލް މެޗެއްކުޅިވަރު | 2 މަސް ކުރިންއީތަން ޒަކީ ނިއުއަށް ސޮއިކޮށްފައިވާ ކަމަށް ބުނެ ފަތުރާ ޚަބަރުތައް ކްލަބުން ދޮގުކޮށްފިކުޅިވަރު | 2 މަސް ކުރިން