logo
މެދު އިރުމަތީގެ ހާލަތާ ގުޅިގެން ދިވެހި ސަރުކާރުން ހާއްސަ ކޮމިޓީއެއްBank of Maldives

Bank of Maldives

ކުޅިވަރު

ނިއުރޭޑިއަންޓްގެ ކޯޗުކަމުން އަލީ ސުޒޭން ވަކިވެ ޓެކްނިކަލް ޑައިރެޚްޓަރަށް

އަބްދުﷲ ޣާނިމް
1 މާރިޗު 2026 - 03:55
ނިއުގެ ތަޖުރިބާކާރު ކޯޗު އަލީ ސުޒެއިން
ނިއުގެ ތަޖުރިބާކާރު ކޯޗު އަލީ ސުޒެއިން

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗުކަމުން އަމިއްލަ އަށް ވަކިވެ، އަލީ ސުޒޭން އެ ކްލަބްގެ ޓެކްނިކަލް ޑިރެކްޓަރުގެ ޒިންމާއާ ހަވާލުވާން ނިންމާފައިވާ ކަމަށް އެ ކްލަބުން ރޭގައި ހާމަކޮށްފިއެވެ.

ނިއު ރޭޑިއަންޓުން ރޭ ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ސުޒޭން އެ ކްލަބްގެ ކޯޗެއްގެ ގޮތުގައި ހުރި މުއްދަތުގައި ކޮށްދީފައިވާ އަގުހުރި ހިދުމަތްތަކަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށެވެ. ސުޒޭން ކޯޗުކަމުން ވަކިވާން ނިންމީ އާއިލީ ކަމެއްގެ ސަބަބުން ކަމަށްވެސް އެ ކްލަބުން މައުލޫމާތު ދީފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޯޗުކަމުން ވަކިވި ނަމަވެސް، ނިއުގެ މުސްތަގުބަލަށްޓަކައި އެ ކްލަބާ އެކު ގާތްކޮށް މަސައްކަތްކުރުމުގެ ގޮތުން، ޓެކްނިކަލް ޑިރެކްޓަރެއްގެ ރޯލުގައި ސުޒޭން ދެން ފެނިގެންދާނެ ކަމަށް އެ ކްލަބުން ބުނެއެވެ. މިއީ ކްލަބްގެ ކުރިމަގު ބައްޓަންކުރުމުގައި އޭނާގެ ތަޖުރިބާ ބޭނުންކުރުމަށް ނިންމި ނިންމުމެކެވެ.

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ފުރަތަމަ ޑިވިޝަނުން ވަކިވުމާ ގުޅިގެން ލިބުނު ފުރުސަތުގައި ނިއު އިން ދިވެހި ޕްރިމިއާ ލީގާ ގުޅުނުއިރު، ސުޒޭންގެ އިރުޝާދުގެ ދަށުން އެ ޓީމުން ލީގު ނިންމާލީ ތިންވަނައިގައެވެ. އަދި އެންމެ ފަހުން ބޭއްވި ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގައި ވާދަކޮށް، މާޒިޔާ އަތުން ނިއު ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.

ގައުމީ ޓީމުގެވެސް ކުރީގެ ކޯޗު ސުޒޭންގެ އިރުޝާދުގެ ދަށުން ނިއު އިން ޖުމްލަ 20 މެޗު ކުޅެފައިވާއިރު، އޭގެ ތެރެއިން 12 މެޗުން އެ ޓީމު ވަނީ މޮޅުވެފައެވެ. ފަސް މެޗުން އެއްވަރުވިއިރު، ބަލިވެފައިވަނީ އެންމެ ހަތަރު މެޗުންނެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު ކަމަށްވާ ސުޒޭން ވަނީ މީގެ ކުރިން ވިކްޓަރީ ސްޕޯޓްސް ކްލަބާއި، މާޒިޔާ، ކްލަބް ގްރީން ސްޓްރީޓްސްގެ އިތުރުން ތިނަދޫ ފުޓްބޯޅަ ޓީމަށްވެސް އިރުޝާދުދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނިއުރޭޑިއަންޓްގެ ކޯޗުކަމުން އަލީ ސުޒޭން ވަކިވެ ޓެކްނިކަލް ޑައިރެޚްޓަރަށްކުޅިވަރު | 2 ގަޑިއިރު ކުރިންޕެނަލްޓީޖަހައިގެން ނިއުރޭޑިއަންޓް ބަލިކޮށް ޕްރެސިޑެންޓްސް ކަޕުގެ ފުރަތަމަ ޖާގަ މާޒިޔާއަށްކުޅިވަރު | 8 ދުވަސް ކުރިންވިކްޓްރީ ބަލިކޮށް މާޒިޔާ އެއްވަނައިގައި ސެމީއަށް، ވާދަކުރަންޖެހޭނީ ނިއުރޭޑިއަންޓާ ދެކޮޅަށްކުޅިވަރު | 12 ދުވަސް ކުރިންފުރަތަމަ ފަހަރަށް ރާއްޖޭގެ އަންހެން ފުޓްބޯޅަ އެކަޑެމީއާއެކު ރާއްޖޭގެ 5 ސަރަޙައްދެއްގައި ނިއުރޭޑިއަންޓުން އެކަޑެމީ ޤާއިމުކުރަނީކުޅިވަރު | 21 ދުވަސް ކުރިން