logo
Bank of Maldives

Bank of Maldives

ކުޅިވަރު

އޮޑި ސްޕޯރޓްސް ކައިރިން ބަދަލުހިފައި ސެންޓޭގެ ހެޓްރިކާއެކު ނިއުރޭޑިއަންޓް އެފްއޭކަޕްގެ ސެމީއަށް

އަބްދުﷲ ޣާނިމް
10 އޭޕްރީލު 2026 - 18:25
ފޮޓޯ: މެންދުރު
ފޮޓޯ: މެންދުރު

އަލީ ފާސިރު (ސެންޓޭ) ކާމިޔާބުކުރި ހެޓްރިކާ އެކު، އެފްއޭ ކަޕްގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އޮޑި ސްޕޯޓްސް 4-0 އިން ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ. މިރޭ ގަލޮޅު ދަނޑުގައި ކުޅުނު ކުއާޓާ ފައިނަލް މެޗުން މޮޅުވެ، ނިއު އިން ވަނީ އަންނަ ބުދަ ދުވަހު ކުޅޭ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބްލޫ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުތުމުގެ ފުރުސަތު ހޯދާފަ އެވެ.

މި މެޗުގައި ނިއުގެ ފުރަތަމަ ލަނޑު 20 ވަނަ މިނިޓްގައި ލިބުނު ހިލޭ ޖެހުމަކުން ސެންޓޭ ކާމިޔާބުކޮށްދިންއިރު، އޭގެ ނުވަ މިނިޓް ފަހުން އޭނާ ވަނީ ދެވަނަ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްދީފަ އެވެ. އޮޑި ސްޕޯޓްސް އިން މެޗުގެ ކުރީކޮޅު ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ސެންޓޭގެ ލަނޑުތަކާ އެކު މެޗުގެ އޮއެވަރު ނިއު ކޮޅަށް އެނބުރުނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ހެޓްރިކް ފުރިހަމަކުރަން ސެންޓޭއަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފު ފަށައިގެން އޮޑިން ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެގޮތުން އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަށް ލިބުނު ހުސް ފުރުސަތެއް ބޭކާރުވިއިރު، އޭގެ ފައިދާ ނަގައި މެޗުގެ 61 ވަނަ މިނިޓްގައި ސެންޓޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ނިއުގެ ހަތަރުވަނަ ލަނޑު މެޗުގެ 85 ވަނަ މިނިޓްގައި ޖަހައިދިނީ ނައިޖީރިއާގެ ފޯވާޑް އަލް ހާޖީ ގޭރޯ އެވެ.

މިއީ މި ސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ އޮޑި ސްޕޯޓްސް އަތުން ނިއު ރޭޑިއަންޓަށް ލިބުނު ފުރަތަމަ މޮޅެވެ. މީގެ ކުރިން މި ދެ ޓީމު ލީގާއި ޕްރެޒިޑެންޓްސް ކަޕްގައި ބައްދަލުކުރި ތިން މެޗުންވެސް ނިއުއަށް މޮޅެއް ހޯދިފައެއް ނުވެ އެވެ. އަދި މިއީ 2017 ވަނަ އަހަރު މުބާރާތް ކާމިޔާބުކުރި ފަހުން ނިއު އިން އެފްއޭ ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.

ސެމީ ފައިނަލުގައި ނިއުއާ ބައްދަލުކުރާ ބްލޫ ސްޕޯޓްސް ކްލަބުން ސެމީގެ ޖާގައެއް ކަށަވަރުކުރީ މިއަދު ހަވީރު ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން ކްލަބް އީގަލްސް ބަލިކުރުމަށްފަހު އެވެ. މެޗުގެ ފަހު ވިހި މިނިޓަށް ނިއު އިން ވަނީ ތަޖުރިބާކާރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ވެސް ކުޅެން އަރުވާފަ އެވެ.
މިމުބާރާތުގެ ކުއާޓަރ ފައިނަލުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބްލޫސް ސްޕޯރޓްސް ކުލަބް ވަނީ ޕެނަލްޓީގައި އީގަލްސް ބަލިކޮށް ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮޑި ސްޕޯރޓްސް ކައިރިން ބަދަލުހިފައި ސެންޓޭގެ ހެޓްރިކާއެކު ނިއުރޭޑިއަންޓް އެފްއޭކަޕްގެ ސެމީއަށްކުޅިވަރު | 2 ގަޑިއިރު ކުރިންމިއީ މިސީޒަނުގެ ފަހު ފުރުޞަތު، އެފްއޭ ކަޕަށް ނިއުރޭޑިއަންޓް ނިކުންނަނީ ތަށި ނަގަން: މުބީންކުޅިވަރު | 11 ގަޑިއިރު ކުރިންއެފްއޭ ކަޕަށް ނިއު އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފަ: ކޯޗުކުޅިވަރު | 12 ގަޑިއިރު ކުރިންނިއު ރޭޑިއަންޓުގެ ހެޑް ކޯޗަކަށް ސްޕެއިންގެ އަންދްރޭ ހަމަޖައްސައިފިކުޅިވަރު | މަހެއް ކުރިން