logo
Bank of Maldives

Bank of Maldives

ކުޅިވަރު

މިއީ މިސީޒަނުގެ ފަހު ފުރުޞަތު، އެފްއޭ ކަޕަށް ނިއުރޭޑިއަންޓް ނިކުންނަނީ ތަށި ނަގަން: މުބީން

މެންދުރު ޓީމް
10 އޭޕްރީލު 2026 - 09:18
ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޗެއާމަން އަހުމަދު މުބީން
ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޗެއާމަން އަހުމަދު މުބީން

ހުކުރު ދުވަހު ފަށާ އެފްއޭ ކަޕްގެ ފުޓްބޯޅަ މުބާރާތަކީ މިސީޒަނުގައި ތަށްޓެއް ހޯދުމަށް ލިބޭ ފަހު ފުރުޞަތު ކަމަށާއި، މިމުބާރާތަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ނިކުންނަނީ ތަށި ނަގަން ކަމަށް އެކްލަބުގެ ޗެއަރމަން އަހުމަދު މުބީން ވިދާޅުވެއްޖެ އެވެ.

އެފްއޭ ކަޕްގެ ކުއާޓަރ ފައިނަލްގައި އޮޑި ސްޕޯޓްސް ކްލަބާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މެންދުރުޓީވީ އަށް ދިން އިންޓަވިއުއެއްގައި މުބީން ވިދާޅުވީ، އެފްއޭ ކަޕަކީ ނިއުރޭޑިއަންޓުން ނަގަން ނިކުތް މުބާރާތެއް ކަމަށާއި، މިސީޒަނުގައި ތަށްޓެއް ނަގަން ލިބޭ ފަހު ފުރުޞަތުގެ ބޭނުން ރަނގަޅަށް ހިފުމަށް ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުބީން ވިދާޅުވީ ކޮންމެ މުބާރާތަކަށްވެސް ނިއު އިން ނިކުންނަނީ ތަށި ނަގަން ކަމަށާއި، މިއަހަރުގެ މިހާތަނަށް މުބާރާތެއް ކާމިޔާބު ނުވި ނަމަވެސް، ޖުމްލަ ގޮތެއްގައި މިސީޒަނަށް ނިއު އިން ކަނޑައެޅި ލަނޑުދަނޑިތައް ހާސިލްވެފައިވާ ކަމަށެވެ.

އަދި ނިއު އަކީ ވަރަށް ފަހުން ފުރަތަމަ ޑިވިޝަންގައި ވާދަކުރުމުގެ ފުރުޞަތު ލިބުނު ޓީމެއް ކަމުން، މެނޭޖްމަންޓުން ބޭނުންވެި ފެންވަރަށް ޓީމު އެކުލަވާލުމުގެ ފުރުޞަތު ނުލިބުނު ނަމަވެސް، ނިއުގައި އޮތީ ވަރަށް ރަނގަޅު، ވަރުގަދަ ސްކޮޑެއް ކަމަށް މުބީން ވިދާޅުވި އެވެ.

އަދި ނިއުގައި މިވަގުތު އޮތް ސްކޮޑަކީ އިންޖަރީގެ ވާހަކަ ދައްކައިގެން އުޒުރު ދެއްކޭ ވަރަށްވުރެ ވަރުގަދަ ސްކޮޑެއް ކަމަށާއި، ކުއާޓަރ ފައިނަލްގައި ނިއުއާ ދެކޮޅަށް ނިކުންނަ އޮޑި ސްޕޯޓްސް ކްލަބަކީ މިސީޒަނުގައި ވަރަށް ބޮޑަށް ބަލިކުރަން ބޭނުންވެފައިވާ ޓީމެއް ކަމަށް މުބީން ވިދާޅުވި އެވެ.

އެފްއޭ ކަޕްގެ ކުއާޓަރ ފައިނަލްގެ ދެވަނަ މެޗުގައި ހުކުރު ދުވަހުގެރޭ އޮޑި ސްޕޯޓްސް ކްލަބާއި ދެކޮޅަށް ނިއު އިން ނިކުންނައިރު، ސީޒަނުގެ މިހާތަނަށް މިދެޓީމުގެ ކުރިމަތިލުމެއް ތިން ފަހަރެއްގެ މަތިން ފެނިގެންދިޔައެވެ. ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ މެޗުގައި ނިއު އާއި އޮޑި ބައްދަލުކުރި މެޗު 1-0ން އޮޑި ސްޕޯޓްސް ކްލަބު ކާމިޔާބު ކުރިއިރު، ލީގުގެ ދެވަނަ ބުރުގައި މިދެޓީމުގެ ކުރިމަތިލުން ނިމިފައިވަނީ 0-0ން އެއްވަރުވެގެންނެވެ. އަދި ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖްގައި ނިއު އާއި އޮޑި ބައްދަލުކުރި މެޗު ނިމުނީ 1-1ން އެއްވަރު ވެގެންނެވެ.

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ އެފްއޭ ކަޕްގެ ތާރީޚުގައި އެންމެ ކާމިޔާބު ކްލަބެވެ. ނިއު އިން އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން 12 ފަހަރު ހޯދާފައިވާއިރު، މިމުބާރާތުގެ ތަށި ދެ ފަހަރު މިލްކުކޮށްފައިވެއެވެ.

87882389_3104216892924196_1697159281951899648_n.jpg

އެފްއޭ ކަޕް 2017ގެ ތަށި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން އުފުލާލަނީ

 

މުބީން ވިދާޅުވީ، އެފްއޭ ކަޕަކީ ނިއުރޭޑިއަންޓާއި ވަރަށް ރަށްޓެހި މުބާރާތެއް ކަމަށާއި، ނިއުގެ ސަޕޯޓަރުންވެސް ދަނޑަށް ވަޑައިގެން ޓީމާއެކު ތިއްބެވުމަށް އެދޭ ކަމަށެވެ. އަދި އަންނަ ސީޒަނަށް ނިއުއިން ނިކުންނާނީ މިއަހަރަށްވުރެ މާ ފުރިހަމައަށް ކަމަށާއި، މިހާރުވެސް ގައުމީ ޓީމުގެ ތިނެއް ނުވަތަ ހަތަރު ކުޅުންތެރިންނާއި ވާހަކަ ދައްކަމުންދާ ކަމުގެ ޚަބަރު ނިއުގެ ސަޕޯޓަރުންނަށް މުބީން ދެއްވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއީ މިސީޒަނުގެ ފަހު ފުރުޞަތު، އެފްއޭ ކަޕަށް ނިއުރޭޑިއަންޓް ނިކުންނަނީ ތަށި ނަގަން: މުބީންކުޅިވަރު | 6 ގަޑިއިރު ކުރިންއަހަރުތަކަކަށްފަހު އެފްއޭ ކަޕް މިއަދު ފަށަނީކުޅިވަރު | 6 ގަޑިއިރު ކުރިންއެފްއޭ ކަޕަށް ނިއު އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފަ: ކޯޗުކުޅިވަރު | 7 ގަޑިއިރު ކުރިންނިއު ރޭޑިއަންޓުގެ ހެޑް ކޯޗަކަށް ސްޕެއިންގެ އަންދްރޭ ހަމަޖައްސައިފިކުޅިވަރު | މަހެއް ކުރިން