logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު، އެންމެ ތަޖުރިބާކާރު ކީޕަރު، ފައިސަލް ނިއުރޭޑިއަންޓަށް

ޢައްފާން މުޙައްމަދު
2 ޑިސެމްބަރު 2025 - 16:49
ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު، އެންމެ ތަޖުރިބާކާރު ކީޕަރު، ފައިސަލް ނިއުރޭޑިއަންޓަށް

ދިވެހި ފުޓުބޯޅައިގައި މިވަގުތު ހުރި އެންމެ މޮޅު އަދި އެންމެ ތަޖުރިބާކާރު ކީޕަރު، މުހައްމަދު ފައިސަލް، ދިވެހި ފުޓުބޯޅައިގެ ރަސްގެފާނު، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ސޮއިކޮށްފިއެވެ.

މި ސީޒަނުގެ ނިޔަލަށް ގާއިމްކުރި އެއްބަސްވުމެއްގެ ދަށުން ފައިސަލް ނިއު އަށް ސޮއިކޮށްފައި ވަނީ މިރެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޤައުމީ ޓީމުގެ އެއްވަނަ ގޯލްކީޕަރު ފައިސަލް ނިއުއަށް ސޮއިކޮށްފައިވާއިރު، އެ ކުލަބުން ފާއިތުވީ ދުވަސްތަކުގައި ކުޅުނު މެޗުތަކުގެ ތަޖުރިބާއަށް ބަލައި، ޓީމުގައި އިތުރު އިމްޕްރޫވްމަންޓަށް ބޭނުންވާ ޕޮޒިޝަންތަކަށް އިތުރު ބާރެއް ދިނުމަށް ނުވަތަ ޓީމު އިތުރަށް ވަރުގަދަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މި ފެށުނު ޓްރާންސްފަރ ވިންޑޯގައި ކުރާނެކަމަށް، މީގެކުރިން "މެންދުރު ޓީވީ" އާ ވާހަކަދައްކަވަމުން ނިއުގެ މެނޭޖްމަންޓުން ބުނެފައިވެއެވެ.

4d0709a6-e38a-4fe3-be8c-9c83ee3c875d.jpeg

 

ފައިސަލްގެ ސޮއި ހޯދުމަށްފަހު "މެންދުރު ޓީވީ" އާ ވާހަކަދައްކަވަމުން ނިއުގެ މެނޭޖްމަންޓުން ބުނީ، ކުރިއަށް އޮތް މުއްދަތުގެ ތެރޭގައި ވެސް އިތުރު ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ނިއު އިން ހޯދާނެ ކަމަށެވެ. އެމަގުން ކުރެވޭ މަސައްކަތުގައި ދިވެހި ފުޓުބޯޅައިގައި މިހާރު ވިދުން ގަދަ ބައެއް ކުޅުންތެރިންނާއެކު އަނގަބަހުން އެއްބަސްވުމަކަށް އާދެވިފައިވާކަން ނިއުއިން ހާމަކޮށްފައިވެއެވެ. އެ ކުޅުންތެރިންގެ މައުލޫމާތު ކުރިއަށް ހުރި ދުވަސްތަކުގެ ތެރޭގައި ހާމަކުރާނެކަމަށް ނިއުއިން ބުނެފައިވެއެވެ.

ނިއުގެ އައު މެނޭޖްމަންޓުން ބޭނުންވަނީ، އެ ކުލަބުގެ ސަޕޯޓަރުން ބޭނުންވާފަދަ ކާމިޔާބީއަކާ ހަމައަށް ނުވަތަ ނިއުގެ ހަގީގީ މަގާމަށް އަލުން އެނބުރި އައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާށެވެ. އެ އަމާޒުގައި ކުރަމުންދާ މަސައްކަތުގައި ޓީމަށް އިރުޝާދުދިނުމުގެ ޒިންމާ މި ސީޒަން ފެށުނުއިރު ހަވާލުކޮށްފައިވަނީ ރާއްޖޭގެ މިވަގުތު ހުރި އެންމެ ތަޖުރިބާކާރު ކޯޗު، އަލީ ސުޒެއިންއާއެވެ.

ނިއުއަށް މީގެކުރިން ވެސް ކުޅެފައިވާ ފައިސަލް ފުޓުބޯޅަ ކެރިއަރު ފަށާފައިވަނީ

2006 ވަނަ އަހަރު ކްލަބް އޭވައިއެލް އިންނެވެ. އަދި އެއަށްފަހު ރާއްޖޭގެ ބޮޑެތި ހުރިހާ ކުލަބަކަށް ކަހަލަ ގޮތަކަށް ފައިސަލް ކުޅެފައިވެއެވެ. އެގޮތުން ވިކްޓްރީ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް، އީގަލްސް، ވެލެންސިއާގެ އިތުރުން ޑަ ގްރާންޑޭގެ ޖާޒީގައިވެސް ފައިސަލް ފެނިގެންގޮސްފައިވެއެވެ.

އޭވައިއެލް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދިނުމުގައި ފައިސަލްގެ ދައުރު ބޮޑެވެ. ފައިސަލް ވަނީ 2007 ވަނަ އަހަރު އޭވައިއެލް އާއިއެކު ދެވަނަ ޑިވިޝަން ކާމިޔާބުކޮށް، ހަމަ އެއަހަރު ލޯނު އެއްބަސްވުމެއްގެ ދަށުން ވިކްޓްރީ އަށް ބަދަލުވެ އެކުލަބާއެކު ދިވެހި ލީގުވެސް ކާމިޔާބު ކޮށްފައެވެ.

2009 ވަނަ އަހަރު ފުރަތަމަ ފަހަރު ގައުމީ ޖާޒީގައި ފައިސަލް ފެނިގެންދިޔަ ނަމަވެސް އޭރު އޭނާ ފެނިގެންދިޔައީ ގައުމީ ޓީމުގެ ބަދަލު ކީޕަރުގެ ގޮތުގައެވެ. އެހެންނަމަވެސް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު ގައުމީ ޖާޒީ ބޭލި ހިސާބުން ފަށައިގެން، ގައުމީ ޓީމުގެ ގޯލު ބެލެހެއްޓުމުގެ ޒިންމާ، އިންޖަރީ ނުވާހާ ހިނދަކު ހުރިހާ ކޯޗުންވެސް ހަވާލުކުރަނީ ހަމަ ފައިސަލް އާއިއެވެ.

ގައުމީ ޓީމުގެ ޖާޒީގައި ފައިސަލް އެންމެ ފުރަތަމަ މެޗެއް ކުޅެފައިވަނީ 2009 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި، ބޫޓާނާއި ދެކޮޅަށް ރާއްޖެއިން އޭއެފްސީ ޗެލެންޖް ކަަޕުގައި ކުޅެ 0-5 އިން މޮޅުވި މެޗުގައެވެ.

ދިވެހި ގައުމީ ޓީމާއެކު 2018 ވަނަ އަހަރު ފައިސަލް ސާފް ޗެމްޕިއަންޝިޕްގެ ޓްރޮފީ އުފުލާލިއިރު އެމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީވެސް ފައިސަލް އެވެ. އަދި 2010 ވަނަ އަހަރު 23 އަހަރުން ދަށުގެ ގައުމީ ޓީމާއެކު ފައިސަލް ވަނީ ސައުތް އޭޝިއަން ގޭމްސްގެ ލޯ މެޑަލް ހޯދާފައެވެ.

ކްލަބް ލެވެލްގައި ފައިސަލް ހޯދާފައިވާ ކާމިޔާބީތަކަށް ބަލާލާއިރު، އޭނާވަނީ ވިކްޓްރީ އަދި ނިއުރޭޑިއަންޓް އާއިއެކު ދިވެހި ލީގު ކާމިޔާބުކޮށްފައެވެ. އަދި އެފްއޭ ކަޕް ތިންފަހަރަށް ކާމިޔާބު ކޮށްފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު، އެންމެ ތަޖުރިބާކާރު ކީޕަރު، ފައިސަލް ނިއުރޭޑިއަންޓަށްކުޅިވަރު | 2 ގަޑިއިރު ކުރިންވިމެންސް ލީގު: "އޮޑިއާ ދެކޮޅަށް ނުކުންނަން ނިއުގެ ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި"ކުޅިވަރު | ދުވަހެއް ކުރިންވާދަވެރި ކުޅުމަކަށްފަހު ނިއުބަލިކޮށް 100% ރެކޯޑާއެކު މާޒިޔާ ފުރަތަމަ ބުރު ނިންމާލައިފިކުޅިވަރު | 4 ދުވަސް ކުރިންނިއުރޭޑިއަންޓް ބަލިކޮށް އޮޑި ތާވަލުގެ ދެވަނައަށްކުޅިވަރު | 10 ދުވަސް ކުރިން