logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފަހުވަގުތު ނިއުކާސަލް ކޮޅަށް ގޯލުޖަހައި ޓޮޓްނަމްއަށް މުހިންމުނ ޕޮއިންޓެއް

އަބްދުﷲ ޣާނިމް
3 ޑިސެމްބަރު 2025 - 05:21
ފަހުވަގުތު ނިއުކާސަލް ކޮޅަށް ގޯލުޖަހައި ޓޮޓްނަމްއަށް މުހިންމުނ ޕޮއިންޓެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އާއި ދެކޮޅަށް ކުޅުނު މެޗުގައި ފަހުވަގުތު ޓޮޓްނަމް އިން ޖެހިގޯލާއެކު މެޗު އެއްވަރުވެއްޖެއެވެ. މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ނިއުކާސަލްގެ ސެއިންޓް ޖޭމްސް ޕާކުގައި ފަންސާސް ދެހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗަކީ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗެކެވެ. މި ނަތީޖާއާއެކު ދެ ޓީމަށް ވެސް ވަނީ މުހިންމު އެއް ޕޮއިންޓް ލިބިފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވި ނަމަވެސް، ނިއުކާސަލް އިން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ނިއުކާސަލް ޔުނައިޓެޑް އިން މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ 71 ވަނަ މިނިޓުގައި ބްރޫނޯ ގިމަރައިސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ނަމަވެސް އޭގެ ހަ މިނިޓު ފަހުން ޓޮޓްނަމް ހޮޓްސްޕަރގެ ކްރިސްޓިއަން ރޮމޭރޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފަހުކޮޅު ނިއުކާސަލް އިން ދެވަނަ ފަހަރަށް ކުރި ހޯދިއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް ނިއުކާސަލް އަށް ލިބުނު ޕެނަލްޓީއަކުން އެންތޮނީ ގޯޑޮން ވަނީ ލަނޑު ކާމިޔާބުކޮށްދީފައެވެ. މި ޕެނަލްޓީ ދިނުމުގައި ރެފްރީ ވަނީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީތެރިކަން ހޯދާފައެވެ. ނިއުކާސަލްގެ ޑޭން ބަރން އަށް ރޮޑްރިގޯ ބެންޓަންކޫރް ފައުލް ކުރި ނަމަވެސް، ފުރަތަމަ އެއީ ފައުލެއް ނޫން ކަމަށް ނިންމި ނިންމުން، ވީޑިއޯ ބެލުމަށްފަހު ބަދަލުކޮށް، ނިއުކާސަލް އަށް ޕެނަލްޓީ ދިނެވެ.

ޓޮޓްނަމް އަށް މި މެޗުން ޕޮއިންޓެއް ކަށަވަރުވެފައިވަނީ މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި ކްރިސްޓިއަން ރޮމޭރޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑަކީ ޓޮޓްނަމްއަށް ވަރަށް މުހިންމު ޕޮއިންޓެއް ހޯދައިދިން ލަނޑެކެވެ.

މި ނަތީޖާ އާއިއެކު ޓޮޓްނަމް އަށް ލިބިފައިވާ 19 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 11 ވަނައިގަ އެވެ. އަދި ނިއުކާސަލް އަށް ވެސް 19 ޕޮއިންޓް ލިބިފައިވީ ނަމަވެސް ފައިދާ ގޯލުގެ ތަފާތުން އެ ޓީމު އޮތީ ތާވަލުގެ 13 ވަނައިގަ އެވެ. މި ދެ ޓީމު ވެސް މިވަގުތު ތާވަލުގެ މެދުތެރޭގައި ތިބި ނަމަވެސް، ކުރިއަށް އޮތް މެޗުތަކުގައި މި ޕޮއިންޓްތަކަކީ ޔޫރަޕުގެ މުބާރާތްތަކަށް ކޮލިފައިވުމަށް މުހިންމު ޕޮއިންޓްތަކެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަހުވަގުތު ނިއުކާސަލް ކޮޅަށް ގޯލުޖަހައި ޓޮޓްނަމްއަށް މުހިންމުނ ޕޮއިންޓެއްކުޅިވަރު | 39 މިނިޓު ކުރިންޕީއެސްޖީ އާއި ޓޮޓްނަމް ވާދަކުރި ފޯރިގަދަ މެޗު ވިޓީނިއާގެ ހެޓްރިކުން ޕީއެސްޖީ ކާމިޔާބުކޮށްފިކުޅިވަރު | 6 ދުވަސް ކުރިންޓޮޓްނަމް އަށް ދޯކާދިން އެޒޭގެ ހެޓްރިކުން އެޓީމު ބަލިކޮށް އާސެނަލް ތާވަލުގެ އެއްވަނައިގައި ބޮޑު ލީޑެއްކުޅިވަރު | 9 ދުވަސް ކުރިންޔުވެންޓަސް އާއި ޑޯޓްމަންޑް މެޗު ހަމަހަމަވެ، ޓޮޓްނަމް ފުރަތަމަ މޮޅުވުން ހޯދައިފިކުޅިވަރު | 3 މަސް ކުރިން