logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޓްރަމްޕް ޝަރަފުވެރިކޮށްދެއްވާ ވޯލްޑްކަޕްގެ ގުރުއަތުލުން އަންނަ ހުކުރުދުވަހު

އަބްދުﷲ ޣާނިމް
3 ޑިސެމްބަރު 2025 - 05:40
ވޯލްޑްކަޕް ޓްރޮފީ
ވޯލްޑްކަޕް ޓްރޮފީ

ފުޓްބޯޅަ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގުރުއަތުލުންއަންނަ ހުކުރުދުވަހު ވޮޝިންޓަންގައި ބޭއްވުމަށް ތައްޔާރުވަމުންދާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނެކަމަށް ރިޕޯޓްތައް ބުނަންފަށައިފިއެވެ. މިފަހަރުގެ ވޯލްޑް ކަޕަކީ މުބާރާތުގެ ތާރީޚުގައި އެންމެ ބޮޑު އެޑިޝަނެވެ. 2022 ވަނަ އަހަރު ގަތަރުގައި ބޭއްވިއިރު 32 ޓީމު ބައިވެރިވި ނަމަވެސް، މިފަހަރު 48 ޓީމު ބައިވެރިވާނެއެވެ. މުބާރާތް ކުރިއަށްދާނީ އަންނަ އަހަރުގެ ޖޫން 11 އިން ޖުލައި 19 އަށް އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައެވެ.

ވޮޝިންޓަންގެ ކެނެޑީ ސެންޓަރުގައި އޮންނަ މި ރަސްމިއްޔާތުގައި ޓްރަމްޕް ބައިވެރިވެވަޑައިގަތުމަކީ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ޓްރަމްޕް އާ ދެމެދު އޮތް ގާތް ގުޅުން ހާމަކޮށްދޭ ކަމެކެވެ. 2018 ވަނަ އަހަރު އުތުރު އެމެރިކާގެ ގުޅިފައިވާ ބިޑަށް މި މުބާރާތް ދިނުމަށް ފަހު، އިންފަންޓީނޯ ވަނީ ވައިޓް ހައުސްއަށް ގިނަ ފަހަރު ޒިޔާރަތްކޮށް، ބައިނަލްއަޤްވާމީ ސަމިޓްތަކުގައި ވެސް ޓްރަމްޕާ އެކު ބައިވެރިވެފައެވެ. އިންފަންޓީނޯއާއި ޓްރަމްޕާ ދެމެދު އޮތް މި ގާތް ގުޅުމުގެ ސަބަބުން، ޓްރަމްޕަށް މި ގުރުއަތުލުމުގެ ރަސްމިއްޔާތުގައި ފީފާ ސުލްހައިގެ އިނާމު (FIFA Peace Prize) އެންމެ ފުރަތަމަ ފަހަރަށް ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ޓްރަމްޕް ވަނީ ވޯލްޑް ކަޕަކީ، އެމެރިކާ މިނިވަންވިތާ 250 އަހަރު ފުރުމުގެ މުނާސަބަތުގެ މުހިންމު ބައެއްގެ ގޮތުގައި ހައްދަވާފައެވެ. ނަމަވެސް، އެމަނިކުފާނު ވަނީ މި އިވެންޓަށް ސިޔާސީ ކަންކަން ވެސް ގެންނަވާފައެވެ.

މި ވޯލްޑް ކަޕްގެ 16 ސްޓޭޑިއަމްގެ ތެރެއިން 11 ސްޓޭޑިއަމް އެމެރިކާގައި ހުންނައިރު، މި މުބާރާތާ ގުޅިގެން ބައިނަލްއަޤްވާމީ ގޮތުން ހޫނުކަން އުފެދިފައިވާކަން އެނގޭ އެއް ކަމަކީ، އީރާނުން ގުރުއަތުލުމުގެ ރަސްމިއްޔާތު ބޮއިކޮޓް ކުރުމަށް ނިންމުމެވެ. އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން އީރާނުގެ ވަފުދުގެ ބައެއް މެންބަރުންނަށް ވިސާ ދިނުމަށް ދެކޮޅު ހެދުމުން، އީރާނުން ވަނީ މި ރަސްމިއްޔާތު ބޮއިކޮޓްކުރިކަން އަންގާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓްރަމްޕް ޝަރަފުވެރިކޮށްދެއްވާ ވޯލްޑްކަޕްގެ ގުރުއަތުލުން އަންނަ ހުކުރުދުވަހުކުޅިވަރު | 26 މިނިޓު ކުރިން2026 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ބްރެޒިލްއަށް ބައިވެރިވެވިދާނެކަމާމެދު ސުވާލުއުފެދިއްޖެކުޅިވަރު | 4 މަސް ކުރިންޖަރުމަނުގެ ލެޖެންޑު ލާމް ވޯލްކަޕް 2034 އާ ގުޅޭގޮތުން ފާޑުކިޔައިފިކުޅިވަރު | އަހަރެއް ކުރިން2034 ވަނަ އަހަރުގެ ވޯލްޑްކަޕް ބާއްވާ ޤައުމަކީ ސަޢޫދީ އަރަބިއްޔާކަން ފީފާއިން އިޢުލާނުކޮށްފިކުޅިވަރު | އަހަރެއް ކުރިން