logo
Bank of Maldives

Bank of Maldives

ކުޅިވަރު

ތަޖުރިބާކާރު މުހިންމު ކުޅުންތެރިންތަކެއް ނުހިމަނައި އިނގިރޭސި ވޯލްޑްކަޕް ސްކޮޑް އިޢުލާނުކޮށްފި

އަބްދުﷲ ޣާނިމް
22 މޭ 2026 - 15:02
ތަޖުރިބާކާރު މުހިންމު ކުޅުންތެރިންތަކެއް ނުހިމަނައި އިނގިރޭސި ވޯލްޑްކަޕް ސްކޮޑް އިޢުލާނުކޮށްފި

އަންނަ މަހު އޮންނަ ވޯލްޑް ކަޕަށް ނެގި އިނގިރޭސި ސްކޮޑަކީ ކުރީގެ ސްކޮޑުތަކާ އަޅާބަލާއިރު އެހާ ވަރުގަދަ ނަންތަކެއް ހިމެނޭ ސްކޮޑަކަށް ނުވެދާނެ ކަމަށް ކޯޗު ތޯމަސް ޓުޗެލް އެއްބަސްވެއްޖެއެވެ. ނަމަވެސް، ޖަރުމަނަށް ނިސްބަތްވާ ކޯޗު ބުނި ގޮތުގައި އޭނާގެ އެންމެ ބޮޑު އަމާޒަކީ ޓީމުގެ ކުޅުންތެރިންގެ މެދުގައި އޮންނަ ގުޅުން ނުވަތަ ކެމިސްޓްރީ ވަރުގަދަކުރުމެވެ.

ޖެނުއަރީ 2025 ގައި ޓީމާ ހަވާލުވި ފަހުން ޓުޗެލް ދަނީ ކުޅުންތެރިންގެ މަޝްހޫރުކަމަށް ބެލުމުގެ ބަދަލުގައި އޭނާގެ ފަލްސަފާއަށް ފިޓުވާ ކުޅުންތެރިންނަށް ފުރުސަތު ދެމުންނެވެ. ހުކުރު ދުވަހު ވެމްބްލީގައި އިއުލާންކުރި 26 ކުޅުންތެރިންގެ ސްކޮޑުން މިކަން ވަރަށް ސާފުކޮށް ފެނިގެންދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިފަހަރުގެ ސްކޮޑުން ބާކީވި ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި މެންޗެސްޓާ ސިޓީގެ ފިލް ފޯޑަން، ޗެލްސީގެ ކޯލް ޕާމާ، ތަޖުރިބާކާރު ޑިފެންޑަރު ހެރީ މެގުއަޔާ އަދި ރެއާލް މެޑްރިޑްގެ ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް ހިމެނެއެވެ. މީގެ ތެރެއިން ފޯޑަން އާއި ޕާމާ އަކީ އެންމެ ފަހުން ބޭއްވި ޔޫރޯ ފައިނަލްގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިންނެވެ.

ސްކޮޑުގައި އަދިވެސް ކެޕްޓަން ހެރީ ކޭން، ޖޫޑް ބެލިންހަމް، ޑެކްލަން ރައިސް އަދި ބުކާޔޯ ސަކާ ފަދަ ތަރިން ހިމެނުނު ނަމަވެސް، ބައެއް ކުޅުންތެރިން ހިމެނުމުން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފައެވެ. އޭގެ ތެރޭގައި އަލް-އަހްލީގެ ފޯވާޑް އިވާން ޓޯނީ، ޓޮޓެންހަމްގެ ޖެޑް ސްޕެންސް، ބްރެންޓްފޯޑްގެ ތަޖުރިބާކާރު މިޑްފީލްޑަރު ޖޯޑަން ހެންޑަސަން، އާސެނަލްގެ ނޯނީ މަޑުއޭކޭ އަދި ބަޔާ ލެވަކޫސަންގެ ޖަރެލް ކުއާންސާ ހިމެނެއެވެ.

މި ސްކޮޑުގައި ހިމެނޭ ނުވަ ކުޅުންތެރިއަކީ މީގެ ކުރިން ބޮޑު މުބާރާތެއްގައި ކުޅުމުގެ ތަޖުރިބާ ލިބިފައި ނުވާ ކުޅުންތެރިންނެވެ.

އުމުރުން 52 އަހަރުގެ ޓުޗެލް ބުނީ، އިނގިރޭސިން ވޯލްޑް ކަޕެއް ކާމިޔާބު ނުކުރާތާ 60 އަހަރު ވެފައިވާއިރު، އެ އިންތިޒާރަށް ނިމުމެއް ގެނައުމުގެ އަސްލު ތަޅުދަނޑިއަކީ ޓީމުގެ އެއްބައިވަންތަކަން ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތަޖުރިބާކާރު މުހިންމު ކުޅުންތެރިންތަކެއް ނުހިމަނައި އިނގިރޭސި ވޯލްޑްކަޕް ސްކޮޑް އިޢުލާނުކޮށްފިކުޅިވަރު | ގަޑިއިރެއް ކުރިންކޮސޯވޯ ބަލިކޮށް 24 އަހަރަށްފަހު ތުރުކީން ވޯލްޑް ކަޕަށް ކޮލިފައިވެއްޖެކުޅިވަރު | 2 މަސް ކުރިންވޯލްޑް ކަޕުން ޖެހިޖެހިގެން ތިންވަނަ ފަހަރަށް އިޓަލީ ކަޓައި، ތާރީޚީ ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިއްޖެކުޅިވަރު | 2 މަސް ކުރިންވޯލްޑްކަޕް 2026: މުބާރާތުގެ ކަވަރެޖް ފުޅާކުރުމަށް ޓިކްޓޮކް އާއި ފީފާ އިން "ޕްރިފަރޑް ޕްލެޓްފޯމް" އެއްބަސްވުމަކަށްކުޅިވަރު | 4 މަސް ކުރިން