logo
MPL

MPL

ޚަބަރު

ޖަޕާނު ސަފީރުކަމަށް މަޙްލޫފް އައްޔަންކުރަން ރުހުން ދީފި

ޢައްފާން މުޙައްމަދު
3 ޑިސެމްބަރު 2025 - 05:55
މަހްލޫފް
މަހްލޫފް

ރާއްޖެއިން ޖަޕާނަށް ކަނޑައަޅާ ސަފީރަކަށް، ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހްލޫފް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

މަހްލޫފް ޖަޕާނަށް ކަނޑައަޅާ ސަފީރުކަމަށް އައްޔަންކުރަން ނިންމީ ވޯޓުގައި ބައިވެރިވި 60 މެންބަރުންގެ އިއްތިފާގުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖަޕާނުގައި ހުންނަވާ ސަފީރުކަމަށް މަހުލޫފް އައްޔަން ކުރުމާ މެދު މަޖިލީހަށް ފެންނަ ގޮތެއް ނިންމަވާދެއްވުމަށް އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ. އިއްޔެ ބޭއްވި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މަހުލޫފް ޖަޕާނު ސަފީރު ކަމަށް އައްޔަންކުރަން ފާސްކުރީ ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

މަހުލޫފަކީ ކުރީ ސަރުކާރުގެ ޔޫތު މިނިސްޓަރުގެ އިތުރުން އިދިކޮޅު އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރެއްވެސްމެއެވެ. މަހްލޫފް ވަނީ މީގެ ދުވަސްކޮޅެއް ކުރިން އެމްޑީޕީން ވަކިވެވަޑައިގެން ޕީއެންސީން ބޭއްވި ދިވެހިންގެ ރާއްޖެ ބޮޑު ޖަލްސާގެ ތެރެއިން ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.

މަހުލޫފްވަނީ މީގެކުރިން 17 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހުގައި މެމްބަރެއްގެ ގޮތުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

މަހުލޫފަށް ރުހުން ދިނުމުގެ އިތުރުން، މިއަދުގެ ޖަލްސާގައިވަނީ އުރުދުންއަށް ރާއްޖޭން ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް ޑރ. ހާލާ ހަމީދު، އަދި ފަލަސްތީނަށް ރާއްޖޭން ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް ޑރ. އިބްރާހީމް ޒުހުރީ އައްޔަންކުރަން ރުހުންދީފައެެވެ.

އެގޮތުން އުރުދުންގެ ސަފީރު ކަމަށް ހާލާ އައްޔަންކުރަން ފެންނަ ކަމަށް 63 މެންބަރުން ވޯޓު ދެއްވިއިރު، ފަލަސްތީނުގެ ސަފީރު ކަމަށް ޒުހުރީ އައްޔަންކުރަން ފެންނަ ކަމަށް 62 މެންބަރަކު ވޯޓުދެއްވިއެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ސަލީމުޚަބަރު | 17 ގަޑިއިރު ކުރިންމިނިސްޓަރު ސައީދަށް އިތުބާރު އޮތް ކަމަށް ފާސްކޮށްފިޚަބަރު | ދުވަހެއް ކުރިންއިދިކޮޅުގެ ފާޑުކިޔުންތަކަށް ސަޢީދުގެ ރައްދު: "ބަންކަރިން ހިދުމަތުން 90 މިލިއަން ޑޮލަރު ލިބިއްޖެ"ޚަބަރު | ދުވަހެއް ކުރިންދިރާސާއެއް ނެތި އެމްޑީޕީން ކިޔެވުން އަހަރުގެ މެދަށް ބަދަލުކުރުމުން މައިންބަފައިންނަށް ލިބުނީ ބޮޑު ތަކުލީފެއް: ލަތީފްޚަބަރު | 2 ދުވަސް ކުރިން