logo
Bank of Maldives

Bank of Maldives

ޚަބަރު

ލ. ގަން އިންޖީނުގޭގައި އަލިފާން ރޯވެ، މުޅި ރަށުން ކަރަންޓު ކެނޑިއްޖެ

ޒިދާން މުޙައްމަދު
3 ޑިސެމްބަރު 2025 - 10:35
ލ. ގަން އިންޖީނުގޭގައި އަލިފާން ރޯވެ، މުޅި ރަށުން ކަރަންޓު ކެނޑިއްޖެ

ލ. ގަން އިންޖީނުގޭގައި އަލިފާން ރޯވެ، މުޅި ރަށުން ކަރަންޓު ކެނޑިއްޖެއެވެ.

ފެނަކަ ކޯޕަރޭޝަނުން ހިންގާ ގަމު އިންޖީނުގޭގައި މި ހާދިސާ ހިނގީ ސައިލެންސަރެއްގައި ރޯވެގެން ކަމަށް މައުލޫމާތު ލިބެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއެންޑީއެފްއިން ބުނި ގޮތުގައި، ގަން ތުނޑީ އިންޖީނުގޭގައި އަލިފާން ރޯވެގެން ސެންޓްރަލް އޭރިއާ ކޮމާންޑް ކައްދޫ ފަޔަރ ސްޓޭޝަން އިން ދަނީ ހަރަކާތްތެރި ވަމުންނެވެ.

"3 ޑިސެމްބަރު 2025 ވަނަ ދުވަހު 14:50 އެހާކަންހާއިރު، ލ.ގަން ފެނަކަ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ފުލުހުން ދަނީ ހަރަކާތްތެރިވަމުން. އަލިފާން ނިއްވުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން އަދި އާންމު ރައްޔިތުން ގުޅިގެން ދަނީ ކުރަމުން." ދިވެހި ފުލުހުންގެ ޚިދުމަތުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުންޏެވެ.

އެރަށު ކައުންސިލުން ބުނީ މިހާރު އަލިފާން ކޮންޓްރޯލް ކުރެވިއްޖެ ކަމަށާއި މި ހާދިސާގައި މީހަކަށް އެއްވެސް އަނިޔާއެއް ނުލިބޭ ކަމަށެވެ.

ގަމު ފެނަކަ ބްރާންޗުން ބުނީ އިންޖީނުގޭގެ 80 އިންސައްތައަށް ގެއްލުންވެފައިވާ ކަމަށާއި، އަލިފާން ރޯވީ އިންޖީނު ރޫމުގައި ކަމަށެވެ. އިންޖީނު ގޭގައި ހުރި 5 އިންޖީނުގެ ތެރެއިން، 2 އިންޖީނު މުޅިން ބޭނުން ނުކުރެވޭވަރަށް ވަނީ ގެއްލުންވެފައެވެ.

މިހާދިސާގައި ކޮންޓްރޯލް ރޫމާހަމައަށްވެސް އަލިފާނުގެ އަސަރުކޮށްފަވާކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ސީދާ ސަބަބެއް ސާފެއް ނޫނެވެ.

ގަމުގެ ކަރަންޓު ކެޕޭސިޓީއަކީ 5 މެގަވޮޓެވެ. އަދި ރަށުގެ ލޯޑި 2 މެގަވޯޓުން މައްޗަށް އަރައެވެ. މުޅި ރަށަށް ކަރަންޓު ދިނުމަށް ވަގުތު ނަގާނެތީ، ކަރަންޓު ކެނޑިފަވާ މައްސަލައަށް ވަގުތީ ޙައްލެއް ހޯދުމަށް ފެނަކައާއެކު މަސައްކަތްކުރަމުންދާ ކަމަށް، އެ ބްރާންޗުން ވަނީ މަޢުލޫމާތު ދީފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަމު ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢު: ރިވެޓްމެންޓްގެ މަސައްކަތް ނިމިއްޖެޚަބަރު | 2 މަސް ކުރިންލ. ގަމަށް ފެނުގެ ޚިދުމަތް ދޭން ފަށައިފިން، މިރޭގެ ވަގުތެއްގައި ކަރަންޓުދެވޭނެ: ފެނަކަޚަބަރު | 3 މަސް ކުރިންގަމު އިންޖީނުގޭގައި ރޯވުން: ކަރަންޓު ދެވޭވަރު ވާނީ މިރޭ ދަންވަރުގެ ވަގުތެއްގައި، އެކަމަކު 24 ގަޑިއިރަށް ކަރަންޓު ނުދެވޭނެ!ޚަބަރު | 3 މަސް ކުރިންލ. ގަން އިންޖީނުގޭގައި ރޯވި އަލިފާން ނިއްވާލައިފިޚަބަރު | 3 މަސް ކުރިން