logo
Bank of Maldives

Bank of Maldives

ޚަބަރު

ގަމު އިންޖީނުގޭގައި ރޯވުން: ކަރަންޓު ދެވޭވަރު ވާނީ މިރޭ ދަންވަރުގެ ވަގުތެއްގައި، އެކަމަކު 24 ގަޑިއިރަށް ކަރަންޓު ނުދެވޭނެ!

ޒިދާން މުޙައްމަދު
3 ޑިސެމްބަރު 2025 - 15:37
ގަމު އިންޖީނުގޭގައި ރޯވުން: ކަރަންޓު ދެވޭވަރު ވާނީ މިރޭ ދަންވަރުގެ ވަގުތެއްގައި، އެކަމަކު 24 ގަޑިއިރަށް ކަރަންޓު ނުދެވޭނެ!

ލ. ގަން ގަމު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މުޅިރަށުން ކަރަންޓު ކެނޑިފައިވާއިރު، އެ ރަށަށް ކަރަންޓު ދެވޭވަރު ވާނީ މިރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް ހައްދުންމަތީ ގަން ކައުންސިލްގެ ރައީސް އަޙްމަދު ޒަކީ ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަންގެ ލ. ގަން ބްރާންޗާ ހަވާލާދީ، ލ. ގަން ކައުންސިލްގެ ރައީސް އަޙްމަދު ޒަކީ ވިދާޅުވީ ދަންވަރު ކަރަންޓު ދެވުނު ނަމަވެސް 24 ގަޑިއިރަށް ކަރަންޓު ނުދެވޭނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަބަބެއް ކަމަށް އަޙްމަދު ޒަކީ ވިދާޅުވީ، އެ ރަށު އިންޖީނުގޭގައި ބޭނުންކުރާ 1.2 މެގަވޮޓްގެ ޖަނަރޭޓަރެއް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާތީ ކަމަށެވެ. މިވަގުތު ކުރިއަށް ދަނީ އަނދާފައިވާ ސީލިންގާއި ފުރާޅުގެ މަރާމާތުތަކުގެ އިތުރުން، ދެން ހުރި ޖަނެރޭޓަރުތަކަށްވެސް ކޮންމެވެސް ވަރަކަށް ގެއްލުންވެފައިވާތީ، ޖެންސެޓްތައް މަރާމާތުކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

ގަމުގެ ކަރަންޓު ކެޕޭސިޓީއަކީ 5 މެގަވޮޓެވެ. އަދި ރަށުގެ ލޯޑު 2 މެގަވޯޓުން މައްޗަށް އަރައެވެ. މުޅި ރަށަށް ކަރަންޓު ދިނުމަށް ވަގުތު ނަގާނެތީ، ކަރަންޓު ކެނޑިފައިވާ މައްސަލައަށް ވަގުތީ ޙައްލެއް ހޯދުމަށް ފެނަކައާއެކު މަސައްކަތްކުރަމުންދާ ކަމަށް، ލ. ގަން ފެނަކަ ބްރާންޗުން ވަނީ މަޢުލޫމާތު ދީފައެވެ.

ފެނަކަ ކޯޕަރޭޝަނުން ހިންގާ ގަމު އިންޖީނުގޭގައި މި ހާދިސާ ހިނގީ ސައިލެންސަރެއްގައި ރޯވެގެން ކަމަށް މައުލޫމާތު ލިބެއެވެ.

އެމްއެންޑީއެފްއިން ބުނި ގޮތުގައި، ގަން ތުނޑީ އިންޖީނުގޭގައި އަލިފާން ރޯވެގެން ސެންޓްރަލް އޭރިއާ ކޮމާންޑް ކައްދޫ ފަޔަރ ސްޓޭޝަނުން ވަނީ ހަރަކާތްތެރިވެފައެވެ.

އެރަށު ކައުންސިލުން ބުނީ އަލިފާން ނިއްވާލެވިއްޖެ ކަމަށާއި މި ހާދިސާގައި މީހަކަށް އެއްވެސް އަނިޔާއެއް ނުލިބޭ ކަމަށެވެ.

ގަމު ފެނަކަ ބްރާންޗުން ބުނީ އިންޖީނުގޭގެ 80 އިންސައްތައަށް ގެއްލުންވެފައިވާ ކަމަށާއި، އަލިފާން ރޯވީ އިންޖީނު ރޫމުގައި ކަމަށެވެ. އިންޖީނު ގޭގައި ހުރި 5 އިންޖީނުގެ ތެރެއިން، 2 އިންޖީނު މުޅިން ބޭނުން ނުކުރެވޭވަރަށް ވަނީ ގެއްލުންވެފައެވެ.

މިހާދިސާގައި ކޮންޓްރޯލް ރޫމާހަމައަށްވެސް އަލިފާނުގެ އަސަރުކޮށްފަވާކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ސީދާ ސަބަބެއް ސާފެއް ނޫނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަމު ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢު: ރިވެޓްމެންޓްގެ މަސައްކަތް ނިމިއްޖެޚަބަރު | 2 މަސް ކުރިންލ. ގަމަށް ފެނުގެ ޚިދުމަތް ދޭން ފަށައިފިން، މިރޭގެ ވަގުތެއްގައި ކަރަންޓުދެވޭނެ: ފެނަކަޚަބަރު | 3 މަސް ކުރިންގަމު އިންޖީނުގޭގައި ރޯވުން: ކަރަންޓު ދެވޭވަރު ވާނީ މިރޭ ދަންވަރުގެ ވަގުތެއްގައި، އެކަމަކު 24 ގަޑިއިރަށް ކަރަންޓު ނުދެވޭނެ!ޚަބަރު | 3 މަސް ކުރިންލ. ގަން އިންޖީނުގޭގައި ރޯވި އަލިފާން ނިއްވާލައިފިޚަބަރު | 3 މަސް ކުރިން