logo
Bank of Maldives

Bank of Maldives

ޚަބަރު

ގަމު ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢު: ރިވެޓްމެންޓްގެ މަސައްކަތް ނިމިއްޖެ

ޒިދާން މުޙައްމަދު
10 ޖެނުއަރީ 2026 - 07:19
ގަމު ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢު: ރިވެޓްމެންޓްގެ މަސައްކަތް ނިމިއްޖެ

ލ. ގަމު ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން ރިވެޓްމެންޓްގެ މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫޢުގެ ތެރެއިން ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ، ގްރޮއިން ޖެހުމުގެ މަސައްކަތްތަކާއި، ގޮނޑުދޮށަށް ވެލި އެޅުމުގެ މަސައްކަތްތައް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫޢުގެ ދަށުން، ގަމުގެ ބަނދަރުގެ އުތުރު ފަޅިން ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށްޓަކައި 30 މީޓަރުގެ ރިވެޓްމެންޓެއް ޖަހައި، 260 މީޓަރުގެ ގްރޮއިންސް ޖެހުމުގެ އިތުރުން 10،007 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމަށް ހަމަޖެހިފައިވެއެވެ.

މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު ރަށް ގިރުމުގެ މައްސަލައަށް ޙައްލެއް ލިބި، ރަށުގެ ގޮނޑުދޮށް ޙިމާޔަތް ކުރެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ. މިއީ، 52.11 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.

ރާއްޖޭގެ ގިނަ ރަށްތަކަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ޙައްލު ކޮށްދިނުމަށްޓަކައި ސަރުކާރުން އަންނަނީ، އަތޮޅުތަކުގެ ރަށްރަށުގައި ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލެ ޓެކްސީ އެޕްލިކޭޝަން އެޕަލް އެޕް ސްޓޯރަށް ނެރެފި، އެންޑްރޮއިޑް ވަރޝަން ވެސް ވަރަށް އަވަހަށް ނެރޭނެޚަބަރު | 4 ދުވަސް ކުރިންބޮޑުތަކުރުފާނު މަގު މަސައްކަތް: 400 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްކޮށްފިޚަބަރު | 17 ދުވަސް ކުރިންބޮޑުތަކުރުފާނު މަގު ސެގްމަންޓް 5 ގެ މުހިންމު މަސައްކަތްތައް ނިންމާލައިފި، އަންނަ ހަފުތާގައި ތާރު އަޅަން ފަށަނީޚަބަރު | މަހެއް ކުރިންމާލޭ ޓެކްސީ ލައިންގެ ވެބްއެޕް މެދުވެރިކޮށް، އަގު ނަގަން ފަށައިފިޚަބަރު | 2 މަސް ކުރިން