އެމްބާއްޕެ އެފްސީ ފަސޭހަކަމާއެކު ބިލްބާއޯ ބަލިކޮށްފި
4 ޑިސެމްބަރު 2025 - 03:26

އެމްބާއްޕޭގެ ދެގޯލާއި އެސިސްޓަކާއެކު ރެއާލް މެޑްރިޑް އެތްލެޓިކޯ ބިލްބާއޯ ބަލިކޮށްފިއެވެ. ބިލްބާއޯ ދަނޑުގައި ކޫލުނު މިމެޗު ރެއާލް އިން ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން މޮޅުވެ، ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ޕޮއިންޓްގެ ފަރަގު ވަނީ ކުޑަކޮށްފައެވެ. މި މޮޅާއެކު ރިއަލް މެޑްރިޑް މިހާރު އޮތީ 15 މެޗުން 36 ޕޮއިންޓާއެކު ދެވަނައިގައެވެ. އެއީ އެއްވަނައިގައި އޮތް ބާސެލޯނާއަށްވުރެ އެންމެ ޕޮއިންޓެއް މަދުންނެވެ.
ރޭގެ ދެގޯލާއެކު އެމްބާއްޕޭ ވަނ ީ މިސީޒަނުގައި މިހާތަނަށް ރެއާލް މެޑްރިޑް އަށް ކުޅުނު 22 މެޗުން 24 ގޯލުޖަހައި 3 އެސިސްޓް ދީފައެވެ. މިސީޒަން ގައި މޮޅުވުމަށް މުޅިންހެން އެމްބާއްޕޭއަށް ބަރޯސާވެފައިވާ ރެއާލް މެޑްރިޑްގެ މިސީޒަނުގެ 50% ގޯލުތައް ޖަހާފައިވަނީ އެމްބާއްޕޭއެވެ. އަދި އެމްބާއްޕޭ އެންމެ ފަހުން ކުޅުނު ތިންމެޗުގައި 7 ގޯލުޖަހާފައިވެއެވެ.

Ad by Hajj Corporation
ރޭގެ މެޗުގެ ހަތްވަނަ މިނެޓުގައި އެމްބާއްޕެ ވަނީ މެޑްރިޑަށް ލީޑު ނަގައިދީފައެވެ. އޭނާއަށް މެޗުގެ މެދުތެރެއިން ލިބުނު ދިގު ބޯޅައެއް ކޮންޓްރޯލްކޮށް، ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު، ޕެނަލްޓީ އޭރިއާގެ ބޭރުން ވަނީ ގޯލުގެ މަތީ ކަނަށް ހިފެހެއްޓުމެއްނެތި ބޯޅަ ވައްދާލާފައެވެ. މިއީ އޭނާގެ ހުނަރުވެރިކަން ދައްކުވައިދިން ސޯލޯ މޮޅު ލަނޑެކެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޑްރިޑުން ވަނީ ލީޑު ދެގުނަ ކޮށްފައެވެ. ޓްރެންޓް އެލެގްޒެންޑަރ-އާނޯލްޑްގެ ފަރާތުން ރޭގައި މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އޭނާގެ ފަރާތުން ކަނާތް ފަރާތުން ދިން ހުރަސް އެމްބާއްޕެ ވަނީ ހެޑްކޮށް ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. އެތަނުން އެޑުއާޑޯ ކަމަވިންގާ ވަނީ ގާތުން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިފައެވެ.
މީގެ އިތުރުން މެޗުގެ 59 ވަނަ މިނެޓުގައި އެމްބާއްޕޭ ވަނީ އޭރިޠާ ބޭރުން ޖެހި ބާރު ޝޮޓަކުން ގޯލު ތިރީކަނަށް ވައްދާލާފައެވެ. ރޭގެ މޮޅާއެކު ތާވަލުގެ އެއްވަނައިގައިވާ ބާސެލޯނާއާއި އެއްޕޮއިންޓް ކައިރިޔަށް މެޑްރިޑް ވަނީ ޖެހިލާފައެވެ.


