logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްއޭސީއެލްގެ އެހީގައި ހުރަވީ ސްކޫލުގައި ގާއިމްކުރި ''ހުނަރު ވެހި''އިން ހިންގި ކޯސްތަކުގެ ފުރަތަމަ ދަސްވެނިވުން ބާއްވައިފި

ޢައްފާން މުޙައްމަދު
4 ޑިސެމްބަރު 2025 - 06:12
ހުނަރުވެހީގެ ދަސްވެނިވުން -- ފޮޓޯ/އެމްއޭސީއެލް
ހުނަރުވެހީގެ ދަސްވެނިވުން -- ފޮޓޯ/އެމްއޭސީއެލް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްގެ އެހީގައި، ހުޅުމާލެ، ހުރަވީ ސްކޫލުގައި ގާއިމުކުރި ވޮކޭޝަނަލް ހަބް، "ހުނަރު ވެހި" އިން ހިންގި، ފުރަތަމަ ދެ ކޯހުގެ ދަސްވެނިވުން ބާއްވައިފިއެވެ.

ހުރަވީ ސްކޫލުގައި އިއްޔެ ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެމްއޭސީއެލްގެ ބޯޑު މެމްބަރް އަދި ޗީފް ކޮމާޝަލް އޮފިސަރު (ސީީސީއޯ) މުހައްމަދު މިހާދުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ''ހުނަރު ވެހި'' އިން ހިންގި ފުރަތަމަ ދެ ކޯސް ކަމަށްވާ ނެޝަނަލް ސެޓްފިކެޓް ލެވެލް 3 އިން އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓަނެންސް އަދި ނެޝަނަލް ސެޓްފިކެޓް ލެވެލް 3 އިން ފެޝަން ޑިޒައިން އެންޑް ޓެއިލަރިންގެ ތިން ބެޗަކުން 42 ދަރިވަރަކު ދަސްވެނިވިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީސީއޯ ވިދާޅުވީ، ދަރިވަރުންގެ ކިޔެވުމުގެ ތެރެއިން ދަސްކުރާ ހުނަރުތަކަކީ، އެ ދަރިވަރުންގެ މުސްތަގްބަލަށް މުހިންމު ފައިދާއެއް ކުރާނެ ކަންތައްތަކެއް ކަމަށެވެ. ހާއްސަގޮތެއްގައި ރާއްޖޭގެ ތަރައްގީއާއި ކުރިއެރުވމަށް ހުނަރުވެރި ދިވެހިން ބޭނުންވެފައިވާ މިފަދަ ދަނޑިވަޅެއްގައި، ތައުލީމީ ނިޒާމުގެ ތެރެއިން މިފަދަ ތަމްރީނު ދެވިގެން ދިއުމުގެ މުހިންމުކަން ސީސީއޯ މިހާދު ފާހަގަކުރެއްވިއެވެ.

WhatsApp Image 2025-12-04 at 11.04.22_d42d50ac.jpg

އެމްއޭސީއެލްގެ ސީސީއޯ މުހައްމަދު މިހާދު - ފޮޓޯ/ އެމްއޭސީއެލް

 

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހުރަވީ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ހަލީމް ވަނީ، އެމްއޭސީއެލް އިން ހުނަރު ވެހި ތަރައްގީ ކޮށްދީ، ކޯސްތައް ކުރިއަށް ގެންދިއުމަށްޓަކައި ދެމުންގެންދާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު ދަންނަވާފައެވެ.

WhatsApp Image 2025-12-04 at 11.04.23_2f980a90.jpg

ހުރަވީ ސްކޫލުގެ ޕްރިންސިޕަލް -- ފޮޓޯ/އެމްއޭސީއެލް

 

އެމްއޭސީއެލްގެ އިޖުތިމާޢީ ޒިންމާގެ ދަށުން ހުރަވީ ސްކޫލްގައި ގާއިމްކުރި ''ހުނަރު ވެހި'' އަކީ ރާއްޖޭގެ ތައުލީމީ ނިޒާމު ކުރިއެރުވުމަށާއި އުފެއްދުންތެރި އަދި ބިނާކުރަނިވި ތަމްރީނުތައް ދަރިވަރުންނަށް އުނގަންނައި ދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން، ހުނަރު ވެހިން ހިންގާ ކޯސްތަކަށް ބޭނުންވާ ސާމާނުތައް ވަނީ ހަދިޔާކޮށްފައެވެ. މިގޮތުން، ވަޑާންކުރުމަށާއި ކަރަންޓާއި ވަޔަރިން އަދި ވެލްޑިން ކުރުމަށް ބޭނުންވާ ސާމާނުގެ އިތުރުން ދަރިވަރުންނަށް ފަހަން ދަސްކޮށްދިނުމަށް ބޭނުންވާ ސާމާނުވެސް، އެމްއޭސީއެލް އިން ވަނީ ހަދިޔާކޮށްފައެވެ.

މީގެއިތުރުން، ހުނަރު ވެހި ތަރައްގީކޮށްފައިވާ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތަށް ބޭނުންވާ ތަކެއްޗާއި އެހީތެރިކަން ވެސް ފޯރުކޮށްދީފައި ވަނީ އެމްއޭސީއެލް އިންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްއޭސީއެލްގެ އެހީގައި ހުރަވީ ސްކޫލުގައި ގާއިމްކުރި ''ހުނަރު ވެހި''އިން ހިންގި ކޯސްތަކުގެ ފުރަތަމަ ދަސްވެނިވުން ބާއްވައިފިޚަބަރު | ގަޑިއިރެއް ކުރިންހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ނިންމައި ރަސްމީކޮށް ހުޅުވައިފިޚަބަރު | 25 ދުވަސް ކުރިންމިއީ ރާއްޖޭގެ އުތުރުގެ ތަރައްގީ ހާސިލް ކުރުމުގެ އެއް ކާމިޔާބީ: ރައީސްޚަބަރު | 25 ދުވަސް ކުރިންވީއައިއޭގެ އައު ޓާމިނަލުން އެޑުލްވެއިސް އެއާލައިންއަށް ހިދުމަތްދޭން ފަށައިފި ވިޔަފާރި | މަހެއް ކުރިން