logo
Bank of Maldives

Bank of Maldives

ޚަބަރު

ވޭމަންޑޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

ޒިދާން މުޙައްމަދު
13 މާރިޗު 2026 - 08:27
ވޭމަންޑޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

ތ. ވޭމަންޑޫގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫޢަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރެވިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ތ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ވޭމަންޑޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޚާއްޞަ ޖަލްސާގައެވެ.

ވޭމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވަނީ އެ ރަށުގެ ބިމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި 25 ހެކްޓަރުގެ ބިން ހިއްކަވައިދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ. ރައީސް ވިދާޅުވީ މި މަޝްރޫޢަކީ ރައްޔިތުންނަށް ނުހަނު ބޭނުންތެރި މަޝްރޫޢެއް ކަމަށާއި، މަސައްކަތް މެދުނުކެނޑި ކުރިއަށްގެންގޮސް އަވަހަށް ނިންމަވައިދެއްވާނެ ކަމަށެވެ.

އެމްއޭސޯއެލްއިން ބުނީ މަޝްރޫއުގެ އަމަލީ މަސައްކަތް 12 ވަނަ ދުވަހު ފަށާފައިވާ ކަމަށާއި 27 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމާއެކު، ވޭމަންޑޫގެ ބޯހިޔާވަހިކަމާއި އިޤްތިޞާދީ ތަރައްޤީއަށް ބޭނުންވާ ބިން އިތުރުވެގެންދާނެއެވެ. މިއީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޭމަންޑޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންރާއްޖޭން މެދުއިރުމައްޗަށް ދަތުރުކުރާ ފަރާތްތަކަށް ޓްރެވަލް އެޑްވައިޒަރީއެއް ނެރެފިޚަބަރު | 13 ދުވަސް ކުރިންވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކޮށްފިޚަބަރު | 23 ދުވަސް ކުރިންމާދަމާއިން ފެށިގެން ޑޮމެސްޓިކް ޓަރމިނަލަކީ ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލް!ޚަބަރު | 25 ދުވަސް ކުރިން