އަންނަ ހަފްތާގައި ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެ: މެޓް އޮފީސް
4 ޑިސެމްބަރު 2025 - 06:28

ހަފްތާ ބަންދަށް މޫސުން ގޯސް ނޫން ނަމަވެސް އަންނަ ހަފްތާގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރުގެ އުތުރާއި ދެކުނު އަތޮޅުތަކަށް ކެރީގެ އަސަރު ކުރިނަމަވެސް، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. މިއާއެކު ދެކުނާއި މެދު ރާއްޖެ ތެރޭ ހިމެނޭ ސަރަހައްދުގައި ހުޅަނގާއި ހުޅަނގު އުތުރުން 8 މޭލާއި 18 މޭލާއި ދެމެދު ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. އުތުރުގެ އަތޮޅުތަކަށް ވައި މަޑުވާނެ ކަމަށް ވެސް އެ އިދާރައިން ވަނީބުނެފައެވެ. މީގެ އިތުރުން ކަނޑުތައް ދެކުނާއި މެދުރާއްޖޭތެރޭގެ ސަރަހައްދުތަކަށް އާދައިގެ ވަރަކަށް ގަދަވާނެ
ހަފުތާ ބަންދަށް ބަލާއިރު މޫސުން އެހާ ބޮޑަށް ގޯސްވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށާއި ނަމަވެސް އާދީއްތަ ދުވަހުން ފެށިގެން ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.އަދި އަންނަ ހަފްތާގައި ވިއްސާރަކޮށް ދެއްކިނަމަވެސް އާންމު ވައި އެހާ ގަދަވާނެ ކަމަށް ނުބެލެވޭކަން އެ އިދާރާއިން ފާހަގަކުރެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މި ވޭތުވެ ދިޔަ 24 ގަޑިއިރު އެންމެ ބޮޑަށް ވާރޭ ވެހިފައިވަނީ ބ. ދަރަވަންދޫއަށެވެ. އެރަށަށް 63.5 މިލިމީޓަރު ވާރޭ ވެހިފައިވެއެވެ.
މިވަގުތު ރާއްޖެ ސަރަހައްދަށް މޫސުން އެހާ ބޮޑަށް ގޯސްކޮށް ނުދެއްކި ނަމަވެސް، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިދާރާއިން މޫސުމާއި ގުޅިގެން ނެރޭ އެކި އަޕްޑޭޓްތަކަށް ސަމާލުވުމަށް އިލްތިމާސްކުރާއްވާފައެވެ. ލަފާކުރެއެވެ.
ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް ބ. އަތޮޅުން ފެށިގެން އއ އަތޮޅަށް ވަނީ ހުދު ސަމާލު ނެރެފައެވެ. ހުދު ސަމާލު ނެރެފައިވަނީ މިއަދު 6:30 އިން 10:30 އަށެވެ.

Ad by Hajj Corporation


