logo
Bank of Maldives

Bank of Maldives

ޚަބަރު

މިއަދުގެ މޫސުން: ކަނޑުތައް ގަދަވެ އުދައަރާފާނެ

އާމިނަތު ޝަފާ
13 ޖެނުއަރީ 2025 - 04:53
ރާއްޖެ ސަރަހައްދުގެ ސެޓެލައިޓް ފޮޓޯ
ރާއްޖެ ސަރަހައްދުގެ ސެޓެލައިޓް ފޮޓޯ

މިއަދު މުޅި ރާއްޖެއަށް މޫސުން ގޯސްވެ ކަނޑުތައް ގަދަވާ ވަގުތުތަކުގައި އުދައަރާފާނެތީ އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މިއަދު އިރުއޮއްސި 6 އާ ހަމައަށް މޫސުން ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ  ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެން ވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން، ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭއިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެން ވާ ކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނި ލަފާކޮށްފައެވެ.

ރާޅުގެ އުސްމިނުގައި 3 ފޫޓާއި 6 ފޫޓު ހުންނާނެ ކަމަށް ލަފާކޮށްފައިވާއިރު ކަނޑު އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، އަދި ވިލާގަނޑުގައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިންވަނީ ލަފާކޮށްފައެވެ.

މިއަދު ވައި އެވްރެޖްކޮށް ހުރިނަމަވެސް މިކޮޅިގަނޑު ރާއްޖެއާއި ގާތްވަމުންދާ ވަރަކަށް ވައި ބާރުވަމުންދާނެކަމަށާއި ރާއްޖެ ސަރަޙައްދުގެ ވައި ބާރުވާން ފަށާނެކަމަށް ބެލެވެނީ އަންނަ ބުދަ ދުވަހުން ފެށިގެންކަމަށް މެޓު އޮފީހުން ބުނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންނަ ހަފްތާގައި ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެ: މެޓް އޮފީސްޚަބަރު | ގަޑިއިރެއް ކުރިންމިއަދުގެ މޫސުން: އުދައަރާފާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި ޚަބަރު | 4 މަސް ކުރިންމިއަދުގެ މޫސުން: ކަނޑުތައް ގަދަވެ އުދައަރާފާނެޚަބަރު | އަހަރެއް ކުރިންކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި ޚަބަރު | އަހަރެއް ކުރިން