logo
Bank of Maldives

Bank of Maldives

ޚަބަރު

މިއަދުގެ މޫސުން: އުދައަރާފާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

އާމިނަތު ޝަފާ
20 ޖުލައި 2025 - 04:08
މޫސުން ގޯސްވުން
މޫސުން ގޯސްވުން

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑުތައް ގަދަވާނެކަމަށާއި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މިރޭ އިރުއޮއްސި 6 އަށް މުޅި ރާއްޖޭގެ މޫސުން ކުރިއަށްލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭހެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށައި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާކަމަށެވެ.

ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 - 50 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.

މުޅި ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށާއި މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 5 - 7 ފޫޓާ ދެމެދުގައިކަމަށް އެ އިދާރާއިން ލަފާކުރެއެވެ. ދެކުނުގެ އަތޮޅުތަކުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 4 - 6 ފޫޓާ ދެމެދުގައެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި އާންމުކޮށް ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންނަ ހަފްތާގައި ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެ: މެޓް އޮފީސްޚަބަރު | ގަޑިއިރެއް ކުރިންމިއަދުގެ މޫސުން: އުދައަރާފާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި ޚަބަރު | 4 މަސް ކުރިންމިއަދުގެ މޫސުން: ކަނޑުތައް ގަދަވެ އުދައަރާފާނެޚަބަރު | އަހަރެއް ކުރިންކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި ޚަބަރު | އަހަރެއް ކުރިން