logo
Bank of Maldives

Bank of Maldives

ޚަބަރު

މި ސީޒަންގެ ފުރަތަމަ ކްރޫޒްލައިނާއިން އައި ފަތުރުވެރިންނަށް ކްލިއަރެންސް ދީފި

އައިޝަތު ނަޝާ
4 ޑިސެމްބަރު 2025 - 06:34
މި ސީޒަންގެ ފުރަތަމަ ކްރޫޒްލައިނާއިން އައި ފަތުރުވެރިންނަށް ކްލިއަރެންސް ދީފި

މި އަހަރުގެ ކްރޫޒްލައިނާ ސީޒަން މިދިޔަ އޮކްޓޫބަރުގައި ފެށުނު ފަހުން، މިއަދު މި ސީޒަންގެ ފުރަތަމަ ކްރޫޒްލައިނާއިން 1،045 ކުރޫއާއި ފަސިންޖަރުންނަށް އިމިގްރޭޝަނުން ކްލިއަރެންސް ދީފިއެވެ.

އިމިގްރޭޝަނުން ބުނީ، 'އަޒަމަރާ ޕާސުއިޓް'އިން އައި ފަތުރުވެރިންނަށް ސީޕޯޓް ޑިވިޝަންގެ އޮފިސަރުން ކާމިޔާބު ކަމާއެކީ ކްލިއަރެންސް ދީފައިވާ ކަމަށެވެ.އެ ކުރޫޒްލައިނާގައި ތިބީ 649 ފަސިންޖަރުންނާއި 396 ކްރޫއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިމިގްރޭޝަނުން ބުނި ގޮތުގައި، މި ކްރޫޒްލައިނާ ރާއްޖެއައީ، މޮރިޝަސްގެ ޕޯޓް ލުއީއިން ފުރައިގެނެވެ. އަދި، މިއީ، އެ ގައުމުން އައި ކްރޫޒްލައިނާއަކަށް ކްލިއަރެންސް ދިން ފުރަތަމަ ފަހަރު ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

މި ކްރޫޒް ޝިޕް ރާއްޖެ އައިސްފައި މިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބެމުންދާ ދަނޑިވަޅެއްގައި ކަން ފާހަގަ ކޮށްލެވެއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް ރާއްޖެއަށް 2.03 މިލިއަން ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި މި މަހުގެ ފުރަތަމަ ދެ ދުވަހު 12،766 ފަތުުރުވެރިން ރާއްޖެއަށް އައިސްފައި ވެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި މި އަހަރު ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް 2.2 މިލިއަން ފަތުރުވެރިން ގެނައުމެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަހަރުގެ ފުރަތަމަ 14 ދުވަހު ލައްކައެއްހާ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި!ޚަބަރު | 4 ދުވަސް ކުރިންފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން ހިތާދޫ ގެސްޓްހައުސްތަކަށް މައުލޫމާތު ދީފިޚަބަރު | 5 ދުވަސް ކުރިންރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ގިނަ ހަރަކާތްތަކެއްޚަބަރު | 5 ދުވަސް ކުރިންމިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް 79،004 ފަތުރުވެރިން ރާއްޖެއަތުވެއްޖެވިޔަފާރި | 7 ދުވަސް ކުރިން