logo
Bank of Maldives

Bank of Maldives

ޚަބަރު

ތަޖުރިބާ ދަތުރުކުރީ މާލީ ވުޒާރާގެ ހުއްދައާއި ހާރިޖީ ވުޒާރާގެ އެހީތެރިކަމާއެކު

އާމިނަތު ޝަފާ
4 ޑިސެމްބަރު 2025 - 12:59
ށ. އަތޮޅު ކައުންސިލްގެ ރައީސްއާއެކު ކައުންސިލްގެ އިސްވެރިން
ށ. އަތޮޅު ކައުންސިލްގެ ރައީސްއާއެކު ކައުންސިލްގެ އިސްވެރިން

ށ.އަތޮޅު ކައުންސިލުގެ ފަރާތުން ލަންކާއަށް ކޮށްފައިވާ ތަޖުރިބާ ދަތުރަކީ މާލީ ވުޒާރާގެ ހުއްދައާއިއެކު އަދި ހާރިޖީ ވުޒާރާގެ އެހީތެރިކަމާއެކު ކުރި ދަތުރެއްކަމަށް އެ ކައުންސިލުން ބުނެފިއެވެ.

ށ.އަތޮޅު ކައުންސިލްގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި ލޯކަލް ކައުންސިލް ނުވަތަ މުނިސިޕަލް ކައުންސިލްތަކުން ކުނިމެނޭޖުކުރުމާއި، މުނިސިޕަލް ހިދުމަތްތަކާއި އާއްމުދަނި ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަޖުރިބާ ހޯދުމަށް 2023 ވަނަ އަހަރުގެ މެއިމަހުގެ 28 ވަނަ ދުވަހުން ފެށިގެން ޖޫންމަހުގެ 02 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 16 މެމްބަރުންނާއެކު ވަނީ ލަންކާއަށް ތަޖުރިބާ ދަތުރެއްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދަތުރަށް 405،248 ރުފިޔާ ހަރަދުކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ. އަދި މި ހަރަދަކީ ދައުލަތުގެ ހަރަދުތައް ކޮންޓްރޯލްކޮށް އެފިޝަންސީ އިތުރުކުރުމަށް މާލީ ވުޒާރާއިން ދައުލަތުގެ އިދާރާތަކަށް މާލިއްޔަތާބެހޭ ސަރކިއުލަރއިން އަންގާފައިވާ އެންގުމާއި އެއްގޮތަށް ކޮށްފައިވާ ދަތުރެއްކަމަށް ބެލެވެންނެތްކަމަށްވެސް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން މެންދުރަށް މައުލޫމާތުދެމުން ށ.އަތޮޅު ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހަސަން ވިދާޅުވީ ލާމަރުކަޒީ ގާނޫނުގައިވާގޮތުން ރަށު ކައުންސިލްތަކަށް ބޭނުންވާ ތަޖުރިބާއާއި ތަމްރީނު ފޯރުކޮށްދިނުމަކީ އަތޮޅު ކައުންސިލްތަކުގެ ޒިންމާއެއްކަމަށެވެ.

އަދި އޮޑިޓް ރިޕޯޓުގައި މިފަދަ ދަތުރުތައް ނުކުރެވޭނެކަމަށް ބުނެފައިވަނީ ދައުލަތުގެ އިދާރާތަކުގެ ހަރަދުކުޑަކުރުމަށް މާލީ ވުޒާރާއިން ނެރެފައިވާ ސަރކިއުލަރ އަކަށް ބިނާކޮށްފައިކަމަށާއި ސަރުކާރުން ކައުންސިލްތަކަށް ގްރާންޓްގެ ގޮތުގައި ފައިސާ ދޭއިރު ކައުންސިލްތަކަކީ މިނިވަން ތަންތަންކަން އެސްޖީ ފާހަގަކުރެއްވިއެވެ. އަދި ށ.އަތޮޅު ކައުންސިލުގެ ފަރާތުން މި ދަތުރުކުރުމުގެ ހުއްދައަށް އެދި މާލީ ވުޒާރާއަށް ސިޓީ ފޮނުވުމުން އެ ހުއްދަ ދީފައިވާކަމަށާއި އަދި ހާރިޖީ ވުޒާރާއާއި ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ފަރާތުންވެސް އެހީތެރިކަން ލިބިފައިވާކަމަށް އެސްޖީ ވިދާޅުވިއެވެ.

މީގެ އިތުރުން އަތޮޅު ކައުންސިލަށް ނުލިބިވާ ފައިސާ ހޯދަން އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާކަމަށް ބުނާ ވާހަކަތަކަށް ރައްދުދެއްވައި އެސްޖީ ވިދާޅުވީ ނުލިބިވަ ފައިސާގެ 90 އިންސައްތައަކީ ސަރުކާރުގެ އިދާރާތަކުން ނުލިބި ހުރިފައިސާކަމަށާއި އަމިއްލަ ފަރާތްތަކުން ލިބެންޖެހޭ ގިނަ ފައިސާ ހޯދިފައިވާކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތަޖުރިބާ ދަތުރުކުރީ މާލީ ވުޒާރާގެ ހުއްދައާއި ހާރިޖީ ވުޒާރާގެ އެހީތެރިކަމާއެކުޚަބަރު | 2 ގަޑިއިރު ކުރިންއެމްޑީޕީގެ ފެނަކަ ޚިޔާނާތް: ސިސްޓަމަށް ނާޅާ 12،000 ޕާޗޭސް އޯޑަރު!ޚަބަރު | 2 މަސް ކުރިންފެނަކަ ސައީދު ބުނަނީ އޮޑިޓް ރިޕޯޓު ގޯސްކަމަށް، އެކަމަކު ފެންނަނީ އަނދަވަޅެއްގައި އޮތް ކުންފުންޏެއްޚަބަރު | 2 މަސް ކުރިންއާރްޑީސީގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ބޮޑެތި މައްސަލަތަކެއް!ޚަބަރު | 4 މަސް ކުރިން