logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފީފާ ވޯލްޑްކަޕް 2026 ގެ ގުރުލައިފި، ފައިނަލުގެ ކުރިން އާޖެންޓީނާއާ ޕޯޗުގަލް ވާދަކުރަންޖެހިދާނެ!

އަބްދުﷲ ޣާނިމް
6 ޑިސެމްބަރު 2025 - 02:57
 ފީފާ ވޯލްޑްކަޕް 2026 ގެ ގުރުލައިފި، ފައިނަލުގެ ކުރިން އާޖެންޓީނާއާ ޕޯޗުގަލް ވާދަކުރަންޖެހިދާނެ!

އަންނަ އަހަރުގައި ބާއްވަން ހަމަޖެހިފައިވާ ވޯލްޑްކަޕް 2026 ގެ ގުރުއަތުލުން ރޭގައި ބާއްވައިފިއެވެ. އެމެރިކާގެ ވޮޝިންޓަން ޑީ.ސީ.ގައި ރޭގައި ބޭއްވި 48 ޓީމަށް ފުޅާކުރެވިފައިވާ 2026 ފީފާ ވޯލްޑް ކަޕްގެ ގުރުއަތުލުން ނިމި، އުތުރު އެމެރިކާގައި ބާއްވާ މި ބޮޑު މުބާރާތުގެ މަންޒަރު ވަނީ ކަނޑައެޅިފައެވެ. މި ގުރުއަތުން އިނގިރޭސިވިލާތާއި ކްރޮއޭޝިއާ އަދި ފްރާންސާއި ނޯވޭ ފަދަ ހާއްސަ މެޗުތަކެއް ފާޅުވިއިރު، މުބާރާތަށް ކޮލިފައިވެފައިވާ 42 ގައުމަށް ވަނީ ގްރޫޕް ސްޓޭޖްގައި ކުރިމަތިލާން ޖެހޭ ޓީމުތައް އެނގިފައެވެ. ބާކީ ހުރި ހަ ޖާގަ ކަނޑައަޅާނީ 2026 ވަނަ އަހަރުގެ މާޗް މަހު ބާއްވާ ޕްލޭއޮފް މެޗުތަކުންނެވެ.

މުބާރާތް ބާއްވާ ތިން ގައުމު ކަމަށްވާ އެމެރިކާ، މެކްސިކޯ އަދި ކެނެޑާ އަށް ވެސް ވަނީ އެމީހުންގެ ފުރަތަމަ ގްރޫޕްތައް ލިބިފައެވެ. މެކްސިކޯ އިން މުބާރާތް ފަށާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހު މެކްސިކޯ ސިޓީގެ އެސްޓާޑިއޯ އަޒްޓެކާގައި ދެކުނު އެފްރިކާ އާ ދެކޮޅަށް ކުޅޭ މެޗުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުބާރާތް 48 ޓީމަށް ފުޅާކުރުމުން ޓީމުތަކުގެ ފެންވަރު ވަކިވަރަކަށް ދަށްވެފައިވީ ނަމަވެސް، މީގެ ސަބަބުން ވަނީ ފާހަގަކޮށްލެވޭ ގިނަ މެޗުތަކެއް އުފެދިފައެވެ. އެގޮތުން، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ދެވަނަ ހޯދި ކްރޮއޭޝިއާ، ޣާނާ އަދި ޕެނަމާ އާ އެކު އިނގިރޭސިވިލާތް ހިމެނޭ ގްރޫޕް އެލް އަކީ އެންމެ ވާދަވެރި ގްރޫޕް ކަމަށް ބެލެވެއެވެ. އަދި ދުނިޔޭގެ އެންމެ މޮޅު ދެ ސްޓްރައިކަރުން ކަމަށްވާ ކީލިއަން އެމްބާޕޭ އާއި އާލިން ހާލަންޑް ވާދަކުރާ މެޗެއް ގްރޫޕް އައި ގައި ފްރާންސާއި ނޯވޭ ބައްދަލުކުރާއިރު ފެނިގެންދާނެއެވެ.

594850816_1511493464111473_3990792372214656732_nފދަޗެ.jpg

މި މުބާރާތުގައި 12 ގްރޫޕްގެ ތެރެއިން ކޮންމެ ގްރޫޕެއްގެ އެންމެ މޮޅު ދެ ޓީމާއި، އެންމެ ރަނގަޅު އަށް ތިންވަނަ ޓީމު ވަނީ އާ ރައުންޑް އޮފް 32 ނޮކްއައުޓް ސްޓޭޖަށް ދާ ގޮތަށް ހަމަޖެހިފައެވެ. ފީފާ އިން ވާނީ މެޗުތައް ފަށާ ވަގުތުތަކާއި ކުޅޭނެ ތަންތަން ހިމެނޭ ފުރިހަމަ ޝެޑިއުލް މިއަދު، އާންމުކުރާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.

މިމުބާރާތުގައި ގްރޫޕްތައް އޮތްގޮތުން ޕޯޗުގަލް އާއި އާޖެންޓީނާއަށް އެޓީމްތަކުގެ ގްރޫޕްތަކުން އެއްވަނަލިބިގެން ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިނަމަ މިދެޓީމު ކުއާޓަރ ފައިނަލުގައި ޖެހޭނެއެވެ. އަދިހަމަ އެގޮތަށް ބްރެޒިލް އާއި އިންގްލަންޑް އެތީމުތަކުގެ ގްރޫޕްތަކުން އެއްވަނަ ހޯދައިގެން ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިނަމަ މި ދެޓީމުޖެހޭނެއެވެ. ސްޕެއިންއާއި އާޖެންޓީނާ މި ދެޓީމުންކުރެ އެއްޓީމެއް އެގްރޫޕް އެއްގެ ދެވަނަ ހޯދައި އަނެއްޓީމެއް އެއްވަނަ ހޯދައިގެން ދެވަނަ ބުރަށް ދަތުުރުކޮށްފިނަމަ ރައުންޑް އޮފް 32 ގައި މިދެޓީމު ޖެހޭނެއެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހު ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައެވެ

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފީފާ ވޯލްޑްކަޕް 2026 ގެ ގުރުލައިފި، ފައިނަލުގެ ކުރިން އާޖެންޓީނާއާ ޕޯޗުގަލް ވާދަކުރަންޖެހިދާނެ!ކުޅިވަރު | ގަޑިއިރެއް ކުރިންޓްރަމްޕް ޝަރަފުވެރިކޮށްދެއްވާ ވޯލްޑްކަޕްގެ ގުރުއަތުލުން އަންނަ ހުކުރުދުވަހުކުޅިވަރު | 3 ދުވަސް ކުރިން2026 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ބްރެޒިލްއަށް ބައިވެރިވެވިދާނެކަމާމެދު ސުވާލުއުފެދިއްޖެކުޅިވަރު | 4 މަސް ކުރިންޖަރުމަނުގެ ލެޖެންޑު ލާމް ވޯލްކަޕް 2034 އާ ގުޅޭގޮތުން ފާޑުކިޔައިފިކުޅިވަރު | އަހަރެއް ކުރިން