logo
Bank of Maldives

Bank of Maldives

ދުނިޔެ

ފީފާގެ ސުލްހައިގެ އެވޯޑް އެމެރިކާގެ ރައީސް ޓްރަމްޕް އަށް ދީފި

އަބްދުﷲ ޣާނިމް
6 ޑިސެމްބަރު 2025 - 03:17
ފީފާގެ ސުލްހައިގެ އެވޯޑް އެމެރިކާގެ ރައީސް ޓްރަމްޕް އަށް ދީފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް، ފީފާއިން އަލަށް ތައާރަފްކުރި ފުރަތަމަ "ފީފާ ޕީސް ޕްރައިޒް" (ސުލްހައިގެ އިނާމު) ދީފިއެވެ. މި އިނާމު ޓްރަމްޕާ ހަވާލުކުރީ ރޭގައި އެމެރިކާގައި ބޭއްވި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގައި، ވާޝިންޓަންގައެވެ.

މި އިނާމަކީ ފުޓްބޯޅައިގެ ތެރެއިން އެއްބައިވަންތަކަން ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށް ބަލައި ދެވޭ އިނާމެކެވެ. ފީފާއިން މި އިނާމު ތައާރަފްކުރީ އެ ޖަމިއްޔާގެ “ފުޓްބޯލް ޔުނައިޓްސް ދަ ވޯލްޑް” އިނިޝިއޭޓިވްގެ ދަށުން، އެ މަސައްކަތްތައް ފުޅާކުރުމުގެ ގޮތުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ޓްރަމްޕް ބައިވެރިވެވަޑައިގަތީ އެމެރިކާގެ 45 ވަނަ އަދި 47 ވަނަ ރައީސްގެ ހައިސިއްޔަތުންނެވެ. ވޯލްޑް ކަޕް ފެށުމުގެ ކުރިން މިކަމަށް ދުނިޔޭގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިގެންދިޔައެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ، މި އިނާމަކީ ސުލްހަ މަސަލަހަތަށް ގިނަ ދުވަހުގެ މަސައްކަތްތަކެއް ކުރާ ފަރާތްތަކަށް ޝަރަފު ދިނުމަށް ހިންގާ ދިގު މުއްދަތުގެ މަޝްރޫޢެއް ކަމަށެވެ. މިއިނާމު ޓްރަމްޕް އަށް ދިން އިރު ފާހަގަކުރެވޭ ކަމަކީ ފީފާގެ މިހާރުގެ ރައީސް އާއި ޓްރަމްޕް އާއި ދެމެދު ގާތް ގުޅުމެއް އެބައޮތެވެ. މީގެ އިތުރުން މިއަހަރުގެ ނޯބަލް ޕީސް ޕްރައިޒް ޓްރަމްޕް ބޭނުންވެގެން އުޅުނު ނަމަވެސް އެ އެވޯޑް ޓްރަމްޕް އަށް ލިބޭ ގޮތް ވަނީ ނުވެފައެވެ. އެހެންކަމުން މި އެވޯޑް ވެގެން ގޮސްފައި މިވަނީ ފީފާއިން އެމެރިކާގައި އަންނަ އަހަރުގައި ބާއްވަން ހަމަޖެހިފައިވާ ވޯލްޑްކަޕް ގައި ފީފާއިން ބޭނުންވާގޮތަށް ކަންކަން ކުރިޔަށް ގެންދިޔުމަށް މަގުފަހިކުރުވާނެ އެވޯޑަކަށެވެ.

ފާހަގަކޮށްލެވޭ ކަމަކީ މިއަހަރުގެ ޖޫންމަހުގައި ޓްރަމްޕް ގެ އޯޑަރަށް އެމެރިކާއިން ވަނީ އިރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް ހަމަލާދީފައެވެ. އަދި މީގެ އިތުރުން ވެނެޒުއޭލާގެ ރައީސް މަދޫރޯ ވެރިކަމުން ދުރުކުރުމަށް އެޤައުމަށް ހަމަލާދިނުމަށް އެމެރިކާގެ އަސްކަރީ އުޅަނދުތަކާއި ސިފައިންނާއި މަނަވަރުތައް މިހާރުވަނީ ވެނެޒުއޭލާ ހިމެނޭ ކެރީބިއަން ސަރަޙައްދައް ފޮނުވާފައެވެ. އެހެންކަމުން އެމެރިކާއިން ކޮންމެ ވަގުތަކުވެސް ވެނެޒުއޭލާއަށް ހަމަލާ ދީފާނެކަމަށް ބެލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފީފާގެ ނިވަލުގައި ސުލްޙައިގެ އިނާމުހޯދައި އިރާނަށް ޓެރަރިސްޓް ހަމަލާދިން ޓްރަމްޕް ގޯޓް މެސީ އާއި ބައްދަލުކޮށްފިކުޅިވަރު | 4 ދުވަސް ކުރިންވާހަކަދައްކާއިރު އަނގަމަތީގައި އަތްއަޅާ ކުޅުންތެރިންނަށް ރަތް ކާޑު ދައްކަން އިންފަންޓީނޯ ގޮވާލައްވައިފިކުޅިވަރު | 8 ދުވަސް ކުރިންފީފާ އާއި ޔޫއެފާގެ ރައީސުން ހަނގުރާމައިގެ ކުށްތަކުގައި ބައިވެރިވާކަމުގެ ތުހުމަތުތަކެއް ކޮށްފިކުޅިވަރު | 16 ދުވަސް ކުރިން"ދުނިޔޭގެ އެންމެ ބާރުގަދަ ރައީސް" އަށް ގޮންޖަހާ، ކޯޓުން ޓެރިފްތައް ބާތިލުކޮށްފިދުނިޔެ | 17 ދުވަސް ކުރިން