logo
Bank of Maldives

Bank of Maldives

ޚަބަރު

ދައުލަތުން ފައިސާ ލިބޭ ލިސްޓުން ފުރަތަމަ ފަހަރަށް އަދާލަތު ޕާޓީ އުނިވެއްޖެ

ޢައްފާން މުޙައްމަދު
6 ޑިސެމްބަރު 2025 - 07:06
އަދާލަތު ޕާޓީން މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އެ ޕާޓީގެ މިހާރުގެ ބައެއް އިސްވެރިން --ފޮޓޯ/ އޭޕީ
އަދާލަތު ޕާޓީން މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އެ ޕާޓީގެ މިހާރުގެ ބައެއް އިސްވެރިން --ފޮޓޯ/ އޭޕީ

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ލިބޭ ޕާޓީތަކުގެ ލިސްޓުން ފުރަތަމަ ފަހަރަށް އަދާލަތު ޕާޓީ އުނިވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށްފައިވާ ގޮތުގައި، އަދާލަތު ޕާޓީގެ މެމްބަރުންގެ އަދަދު ވަނީ 10،000 އިން ދަށްވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އީސީ އިން ބުނީ، މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް، 10،000 މެމްބަރުން ހަމަވަނީ ހަތަރު ޕާޓީއެއްގައި ކަމަށެވެ. އެއީ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިތުރުން ޖުމްހޫރީ ޕާޓީއާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އެވެ.

އީސީގެ ދަފްތަރުގައިވާ ގޮތުން އަދާލަތު ޕާޓީގައި މިހާރު ތިބީ 8844 މެމްބަރުންނެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުން 0.1 އާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޭން ޖެހެ އެވެ. އެ ފައިސާ ބަހާނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކުގެ މެދުގައި، އެ ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދަށް ބަލައިގެން ކަމަށް ގާނޫނުގައި ވެ އެވެ.

މި ޤާނޫނާ އެއްގޮތަށް ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކުގެ ތެރެއިން އެންމެގިނަ މެމްބަރުން ތިބީ ސަރުކާރު ހިންގާ ޕީއެންސީގައެވެ. އެ ޕާޓީގައި 68،665 މެމްބަރުން އެބަ ތިއްބެވެ. ދެވަނައަށް އެންމެ މެމްބަރުގިނަ އެމްޑީޕީގައި ތިބީ 43،765 މެމްބަރުންނެވެ. ތިންވަނައަށް އެންމެގިނަ މެމްބަރުން ތިބީ ޖޭޕީގައެވެ. އެ ޕާޓީގައި 13،456 މެމްބަރުން އެބަތިއްބެވެ. މީގެއިތުރުން އެމްޑީއޭގައި 9،011 މެމްބަރުން އެބަތިއްބެވެ.

އީސީގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ޕާޓީތަކުގެ ގޮތުގައި ޖުމްލަ 9 ސިޔާސީ ޕާޓީއެއް އެބައޮތެވެ. އެއީ ފައިސާ ލިބޭ ލިސްޓުގައި ހިމެނޭ ހަތަރު ޕާޓީއާއި އަދާލަތު ޕާޓީގެ އިތުރުން، މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ އަދި ދަ ޑިމޮކްރެޓްސް އާއި ޕީއެންއެފް އެވެ.

މި ޕާޓީތަކުގެ ތެރެއިން ލޭބާ ޕާޓީ ނުހިމަނައި ދެން އެންމެ މަދުން މެމްބަރުން ތިބީ ރައީސް ޔާމީންގެ ޕީއެންއެފްގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދައުލަތުން ފައިސާ ލިބޭ ލިސްޓުން ފުރަތަމަ ފަހަރަށް އަދާލަތު ޕާޓީ އުނިވެއްޖެޚަބަރު | ގަޑިއިރެއް ކުރިންލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އޮންނާނީ އެޕްރީލް 4 ގައި ޚަބަރު | 2 ދުވަސް ކުރިންލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބަށް އޮފިޝަލުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 19 ދުވަސް ކުރިންސިޔާސީ 5 ޕާޓީއަކަށް 27 މިލިޔަން ރުފިޔާ ދޫކޮށްފިޚަބަރު | މަހެއް ކުރިން