logo
MPL

MPL

ޚަބަރު

ރައީސް، ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހުރަސްއެޅުމަށް ކުރާކަންކަމުން ދޭހަވަނީ އިދިކޮޅުން ގައުމަށް ހެވެއް ނޭދޭކަން: ޝަކީލް

އިސްމާޢިލް ރާތިޢު
6 ޑިސެމްބަރު 2025 - 09:27
އެމްޑީ ޝަކީލް
އެމްޑީ ޝަކީލް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހުރަސްއަޅަން އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކުން ދޭހަވަނީ އިދިކޮޅު ފަރާތްތަކުން ތިބީ މި ގައުމަށާއި ގައުމުގެ ރައްޔިތުންނަށް ހެވެއް އެދިގެން ނޫންކަން ކަމަށް، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަކީލް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ރައްޔިތުންނާ ބައްދަލުކުރައްވަމުން ގެންދަވަނީ ހެޔޮ ނިޔަތުގައި، އެމަނިކުފާނުގެ ސަރުކާރުގެ ތެރެއިން ރައްޔިތުން އެދޭ ކަންކަން ސީދާ ރައްޔިތުންގެ ކިބައިން ދެނެގަނެ އެ ހިދުމަތްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެއްވުމުގެ މާތް މަޤްސަދުގައި ކަމަށެވެ. ނަމަވެސް މިފަދަ މާތް މަޤްސަދެއްގައި ރައީސް ކުރައްވަމުން ގެންދަވާ ކަމަކަށް ހުރަސް އެޅޭގޮތަށް އިދިކޮޅު ފަރާތްތަކުން ކުރާ ކަންކަމުން ދޭހަވަނީ އިދިކޮޅު ފަރާތްތަކުން ތިބީ މި ގައުމަށާއި ގައުމުގެ ރައްޔިތުންނަށް ހެވެއް އެދިގެން ނޫންކަން ކަމަށް ޝަކީލް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝަކީލް މިފަދައިން ވިދާޅުވެފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާފަންނު ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަން ބޭއްވި ހަފްލާގައި އާންމުންގެ ހިޔާލުފާޅުކުރުމަށް ފުރުސަތު ހުޅުވާލުމާއެކު، ރައީސް ޑރ. މުޢިއްްޒުގެ އިތުރުން އެމަނިކުފާނުގެ ކެބިނެޓުގެ ބައެއް ވަޒީރުންނަށްވެސް ވަރަށް ކުޑައިމީސްކޮށް މުޚާޠަބުކޮށްފައިވާކަން ފާހަގަކުރެވެއެވެ. ޚިޔާލުފާޅުކުރުމުގައި އަޚްލާޤީ މިންގަނޑުގައި ހިފެހެއްޓުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވަމުންދިޔަ ނަމަވެސް އެކަމަށް މާބޮޑު ފަރުވާލެއް ނުބަހައްޓާ، ހިތުހުރި އެއްޗެއް ގޮވަމުން ދިޔައެވެ.

އެހެންނަމަވެސް އެދަނޑިވަޅުގައިވެސް ކޯފާއިސްކުރެއްވުމުގެ ބަދަލުގައި ރައީސްގެ ފަރާތްޕުޅުން ފެނިގެންދިޔައީ، ގައުމެއްގެ ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ކެތްތެރިކަމާއި ހިތްތިރިކަމުގެ ލާމަސީލު ނަމޫނާއެކެވެ. އެހުރިހާ އާޑައަކަށް، ހަޅޭކަކަށް އެމަނިކުފާނު ޖަވާބުދެއްވީ ހިކުމަތްތެރިކަމާއި ކެތްތެރިކަމާއެކުއެވެ.

މާލޭގެ އަވަށްތަކަށް އަމާޒުކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބާއްވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަތުގެ ތެރެއިން އަންނަ އާދިއްތާ ދުވަހުގެ ރޭ 8:30 ގައި ކަލާފާނު ސުކޫލުގައި އެމަނިކުފާނު ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަން އާ ގާނޫނެއް ތައާރަފްކޮށް ވަށާޖެހޭ ބޮޑެތި އިސްލާހުތަކެއް ގެންނަނީޚަބަރު | 10 ގަޑިއިރު ކުރިންއިދިކޮޅުގެ ދުއްތުރާތަކުން ހަށިފޮޅާލައި ރާއްޖެއަށް މާލީ ބޮޑު ކާމިޔާބީއެއްރިޕޯޓް | ދުވަހެއް ކުރިންރައީސް ދެއްވީ އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަންޚަބަރު | 2 ދުވަސް ކުރިންރާއްޖޭގެ އިގުތިސާދަށް ފެހި ސިގްނަލެއް: މޫޑީސް އިން ރޭޓިން މަތިކޮށް އިތުބާރު އާކޮށްފިޚަބަރު | 2 ދުވަސް ކުރިން