logo
Bank of Maldives

Bank of Maldives

ކުޅިވަރު

ލިވަޕޫލު އަޑިއަޅާލުމުގެ ހުރިހާކަމެއް ސަލާޙު ބޮލަށްޖަހައި ކަތިލަން ތައްޔާރުވެއްޖެ، އެންފީލްޑުން ދެން އޭނާފެންނާނީ އެންމެ ފަހަރަކު؟

އަބްދުﷲ ޣާނިމް
7 ޑިސެމްބަރު 2025 - 09:10
ލިވަޕޫލު އަޑިއަޅާލުމުގެ ހުރިހާކަމެއް ސަލާޙު ބޮލަށްޖަހަކައި ކަތިލަން ތައްޔާރުވެއްޖެ، އެންފީލްޑުން ދެން އޭނާފެންނާނީ އެންމެ ފަހަރަކު؟

ޕްރީމިއަރ ލީގުގައި އެންމެ ފަހުން ރޭގައި ކުޅުނު މެޗަށްފަހު ލިވަޕޫލުގެ ސުޕަ ސްޓާ ސަލާޙު އެކުލަބާއި އަމާޒުކޮށް ހޫނު ބަހުގެ ހަމަލާތަކެއް ފޮނުވާލައިފިއެވެ. ލިވަޕޫލްގެ ތަރި ފޯވަޑް މުޙައްމަދު ސަލާޙް ބުނެފައިވަނީ ކްލަބުން އޭނާ "ބަހުގެ ދަށަށް ލައިފި" ކަމަށާއި، ކޯޗު އަރްނޭ ސްލޮޓްއާ އޭނާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށެވެ. ސަލާޙްގެ މި ބަޔާންތަކަކީ ކްލަބުގެ ތެރޭގައި ހިނގަމުންދާ މައްސަލަތަކެއްގެ ސަބަބުން އޭނާ ހުރި ހިތްހަމަނުޖެހުން ހާމަކުރި ހައިރާންކުރުވަނިވި ބަޔާންތަކެކެވެ.

ލިވަޕޫލުން ފަހަކަށް އައިސް ދަށްކާ ދަށްނަތީޖާތަކާއި ގުޅިގެން ގިނަބަޔަކު މީގެކުރިން ސަލާޙުއާއި ދިމާލަށް ފާޑުކިޔުމާއި ގުޅިގެން ކޯޗުވަނީ އެންމެ ފަހުން ކުޅުނު ތިންމެޗުގައިވެސް ސަލާޙު ބެންޗުގައި ބައިންދާފައެވެ. ލިވަޕޫލަށް 420 މެޗުން 250 ގޯލް ޖަހައިދީފައިވާ ސަލާޙް ނޫސްވެރިންނަށް ދިން އިންޓަވިއުއެއްގައި ބުނީ، އޭނާގެ މައްޗަށް މިހާރު ލިވަޕޫލުން ދައްކަމުންގެންދާ ދަށް ކުލުމާއި ދަށް ނަތީޖާތަކުގެ ހުރިހާ ކުށެއް އެޅުވުމަށް ވަކި މީހަކު ބޭނުންވެގެން ކުރާކަމެއްކަމުގައި ކަމަށް އޭނާއަށް ހީވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަލާޙް ބުނެފައިވަނީ މެނޭޖަރު އަރްނޭ ސްލޮޓްއާ އެކު ކުރިން ރަނގަޅު ގުޅުމެއް އޮތް ނަމަވެސް، ކުއްލިއަކަށް އެ ގުޅުން ކެނޑިގެން ގޮސްފައިވާ ކަމަށެވެ. "އަހަރެންނަށް ހީވަނީ ހުރިހާ ކުށެއް އަހަރެންގެ ބޮލުގައި އެޅުވުމަށް މީހަކު ބޭނުންވާހެން. އަހަރެން ވަރަށް ގިނައިން ބުނިން މެނޭޖަރުއާ އެކު އަހަރެންގެ ގުޅުން ރަނގަޅު ކަމަށް. އެކަމަކު ކުއްލިއަކަށް މިހާރު އެއްވެސް ގުޅުމެއް ނެތް. އަހަންނަކަށް ނޭނގެ އެއީ ކީއްވެކަމެއް. އެކަމަކު އަހަންނަށް ހީވަނީ ކްލަބުން އަހަރެން ބަހުގެ ދަށަށް ލައިފިހެން." ސަލާޙް ބުންޏެވެ.

އަންނަ ޑިސެމްބަރު 15 ގައި އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ބައިވެރިވާން ހަމަޖެހިފައިވާ ސަލާޙް ވަނީ، މިދިޔަ އެޕްރީލް މަހު ދެ އަހަރުގެ އާ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވީ ނަމަވެސް، ލިވަޕޫލްގައި އޭނާގެ މުސްތަޤްބަލާ މެދު ސުވާލު އުފެދޭ ކަމަށް ވެސް ހާމަކޮށްފައެވެ. ލިވަޕޫލް ދޫކޮށްލުމާގުޅޭގޮތުން ސަލާޙުއާއި ނޫސްވެރިޔާ ކުރި ސުވާލާ ގުޅޭގޮތުން ބުނެފައިވަނީ، ދެންވާނެ ގޮތެއް ނޭނގޭކަމަަށާއި ދެން ކޮންމެ މެޗަކީވެސް ދެން އޭނާ ލިވަޕޫލްގެ ޖޯޒީގައި ފެންނާނެ އެންމެ ފަހުމެޗަށް ވެދާނެފަދަ ބީދައަކުން ވާހަކަދައްކާފައެވެ. އެގޮތުން މިމަހުގެ 13 ގައި އެންފީލްޑްގައި ކުޅޭ މެޗުގައި ލިވަޕޫލްގެ ސަޕޯޓަރުންނާއި އަލްވަދާޢު ކިޔާނެކަމަށާއި، ފުޓްބޯޅައިގައި ވާނެގޮތެއް ނޭނގޭކަމަށް ސަލާޙުވަނީ ބުނެފައެވެ.

މި ޑިސެމްބަރު މަހުގެ 15 ގައި ސަލާޙު އެފްރިކަން ކަޕް އޮފް ނޭޝަންސް ކުޅޭން މިސްރުގެ ޓީމާއި ގުޅެން ހަމަޖެހިފައިވާއިރު، ޖަނަވަރީގެ ޓްރާންސްފާގެ ކުރިިން ދެން ސަލާޙު ލިވަޕޫލް ޖޯޒީގައި ނުފެންނާނެއެވެ. އެހެންކަމުން މިދިޔަ ޓްރާންސްފާގައި ކުލަބް ދޫކޮށްލާނެކަމަށް ބެލެވުނު ސަލާޙު މި ޖަނަވަރީ ޓްރާންސްފާގައި އަނެއްކާވެސް ކުލަބު ދޫކޮށްލާނެކަމުގެ އަޑުވަނީ ވަރަށްގަދަވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލިވަޕޫލު އަޑިއަޅާލުމުގެ ހުރިހާކަމެއް ސަލާޙު ބޮލަށްޖަހަކައި ކަތިލަން ތައްޔާރުވެއްޖެ، އެންފީލްޑުން ދެން އޭނާފެންނާނީ އެންމެ ފަހަރަކު؟ކުޅިވަރު | 9 ގަޑިއިރު ކުރިންފަލަސްޠީންގެ ޕެލޭ ޝަހީދުކޮށްލުމާއި ގުޅިގެން ސަލާޙުގެ ސުވާލު ޔުއޭފާއަށްކުޅިވަރު | 4 މަސް ކުރިންލިވަރޕޫލް ބަލިވިއިރު، ސަލާޙުއަށް ރެކޯޑް އަތުވާވަރެއް ނުވިކުޅިވަރު | 7 މަސް ކުރިންމުޙައްމަދު ޞަލާޙް ލިވަޕޫލްއާއެކު އިތުރު 2 އަހަރު ހުންނަން އެއްބަސްވެއްޖެކުޅިވަރު | 8 މަސް ކުރިން