logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބިސް ބުރު އަތުން ނިއު އަށް ފަސޭހަ މޮޅެއް

އާމިނަތު ޝަފާ
7 ޑިސެމްބަރު 2025 - 16:16
ބިސް ބުރު އަތުން ނިއު އަށް ފަސޭހަ މޮޅެއް

އެފްއޭއެމް ވިމެންސް ލީގު 2025 ގައި ބިސް ބުރު ސްޕޯޓްސް ކުލަބު އަތުން ފަސޭހަކަމާއެކު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު މޮޅުވެއްޖެއެވެ.
މުޅި މެޗު އެއްކޮށްކަހަލަ ގޮތަކަށް ކޮންޓްރޯލްކޮށްގެން ކުޅުނު ނިއު އިން މި މެޗު ކާމިޔާބުކުރީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މެޗުގައި ނިއު އިން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

ނިއުގެ ފުރަތަމަ ލަނޑު މެޗުގެ 15 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ މަރިޔަމް ނޫރާއެވެ. ނިއުގެ ލީޑު ފުޅާކޮށްދިނީ މެޗުގެ 24 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން މައީޝާ އަބްދުލް ހަންނާންއެވެ. ތިންވަނަ ލަނޑު ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ފާތިމަތު ފައިހާ އަލީ ހަސަން ކާމިޔާބުކޮށްދިންއިރު މެޗުގެ ދެވަނަ ހާފުގެ 3 ވަނަ މިނިޓުގައި ނިއުއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް ނިއުގެ އަތުން މި ޕެނަލްޓީ ވަނީ ބޭކާރުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ 56 ވަނަ މިނެޓުގައި ނިއުގެ ހަތަރުވަނަ ލަނޑު ފައިހާ ކާމިޔާބުކޮށްދިންއިރު ފަސްވަނަ ލަނޑު މައީޝާ އަދި ހަވަނަ ލަނޑު ނިއުގެ ކެޕްޓަން ފަދުވާ ޒާހިރުވަނީ ކާމިޔާބުކޮށްދީފައެވެ.

މި މޮޅާއެއު ނިއު ރޭޑިއަންޓް ވަނީ ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. އެއްވަނައިގައި އޮތީ އޮޑި ސްޕޯޓްސް ކުލަބެވެ. ދެވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކުލަބެވެ. ތިންވަނައިގައި ނިއު ރޭޑިއަންޓުގެ އޮތްއިރު ހަތަރުވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބެވެ. އަދި ފަސްވަނައިގައި އޮތީ ބިސް ބުރެވެ. އަދި ތާވަލުގެ ފުލުގައިއޮތީ ޓީސީ ސްޕޯޓްސް ކުލަބެވެ.

އެފްއޭއެމް ވިމެންސް ލީގުގައި އަންނަ ބުދަ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ބިސް ބުރާއި އޮޑި ސްޕޯޓްސްއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބިސް ބުރު އަތުން ނިއު އަށް ފަސޭހަ މޮޅެއް ކުޅިވަރު | 8 ގަޑިއިރު ކުރިންރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު، އެންމެ ތަޖުރިބާކާރު ކީޕަރު، ފައިސަލް ނިއުރޭޑިއަންޓަށްކުޅިވަރު | 5 ދުވަސް ކުރިންވިމެންސް ލީގު: "އޮޑިއާ ދެކޮޅަށް ނުކުންނަން ނިއުގެ ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި"ކުޅިވަރު | 6 ދުވަސް ކުރިންވާދަވެރި ކުޅުމަކަށްފަހު ނިއުބަލިކޮށް 100% ރެކޯޑާއެކު މާޒިޔާ ފުރަތަމަ ބުރު ނިންމާލައިފިކުޅިވަރު | 9 ދުވަސް ކުރިން