logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފަޓާސްބަރިއެއްހެން ކާޑުބަހާލައި 9 މީހުންނާއެކު ކުޅުނު މެޑްރިޑްގެ ދަނޑުގައި 19 އަހަރުފަހުން އެޓީމުބަލިކޮށްފި

އަބްދުﷲ ޣާނިމް
8 ޑިސެމްބަރު 2025 - 03:38
ފަޓާސްބަރިއެއްހެން ކާޑުބަހާލައި 9 މީހުންނާއެކު ކުޅުނު މެޑްރިޑްގެ ދަނޑުގައި 19 އަހަރުފަހުން އެޓީމުބަލިކޮށްފި

ރެއަލް މެޑްރިޑްގެ ދަނޑު ބާނެބިއުގައި ރޭގައި ކުޅުނު މެޗުގައި ސެލްޓާ ވީގޯ އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެއްޖެއެވެ. މި މެޗުގައި މެޑްރިޑްގެ ތިން ކުޅުންތެރިންނަށް ރަތްކާޑުދައްކާފައިވާއިރު، ޖުމްލަ އެޓީމަށް ވަނީ ފަސް ރީނދޫކާޑުދައްކާފައެވެ. ރޭގެ މެޗުގެ ސެލްޓާގެ ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ދެވަނަހާފުގައި ނިކުތް ވިލޮޓް ސްވެޑްބާގްއެވެ.

ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ވާދަކުރުމަށްޓަކައި މެޑްރިޑުން މި މެޗު ކާމިޔާބުކުރަން ބޭނުންވި ނަމަވެސް، އެޓީމުގެ ކުޅުންތެރިންނަށް މިއީ އުނދަގޫ މެޗަކަށް ވެގެންދިޔައެވެ. މެޗުގެ ކުރީކޮޅު، 24 ވަނަ މިނިޓުގައި އެޑާ މިލިޓާއޯ އަށް ހެމްސްޓްރިންގެ އަނިޔާއެއް ވެގެން ކުޅުމަށް ނުކުޅެވުމުގެ ސަބަބުން މެޑްރިޑްގެ ޑިފެންސަށް ބަދަލުތަކެއް ގެންނަން ޖެހުނެވެ. ފުރަތަމަ ހާފުގައި ގޯލާ އެންމެ ގާތަށް އައިސްފައިވަނީ އާޑާ ގުލާ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސެލްޓާއިން ދިޔައީ ކައުންޓަރ އެޓޭކްތަކުން ނުރައްކާ ކުރަމުންނެވެ. ދެވަނަ ހާފުގެ ކުރީކޮޅު، ސްވެޑްބާގް ވަނީ ބްރަޔަން ޒަރަގޯސާ ދިން ހުރަހަކުން ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފައެވެ. މެޗުގެ 60 ވަނަ މިނިޓު ފަހަނައަޅައި ދިޔަތަނާ މެޑްރިޑްގެ ފްރޭން ގާސިއާ އަށް ދެ މިނިޓުގެ ތެރޭގައި ދެ ރީނދޫ ކާޑު ދައްކައި، ރަތް ކާޑު ދެއްކުމުން މެޑްރިޑްގެ ހާލަތު އިތުރަށް ގޯސްވިއެވެ. މީގެއިތުރުން މެޗުގެ ފަހުވަގުތުގެ ތެރޭގައި އަލްވަރޯ ކަރޭރަސް އަށް ވެސް ރަތް ކާޑު ދެއްކުމުން މެޑްރިޑުން މެޗު ނިންމާލީ ނުވަ ކުޅުންތެރިންނާއެކުއެވެ. މީގެ އިތުރުންވެސް ރެއާލް މެޑްރިޑްގެ ބެންޗު ކުޅުންތެރިއެއްކަމަށްޥާ އެންޑްރިކްއަށްވެސް ވަނީ ބެންޗުން ރަތްކާޑުދައްކާފައެވެ.

މެޗުގެ އެންމެ ފަހު ހަމަލާއާއެކު ސްވެޑްބާގް ވަނީ ސެލްޓާއަށް ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އިއާގޯ އަސްޕާސް ދިން ބޯޅައެއް ކޯޓުއާސް ކައިރިން ނައްޓާލުމަށްފަހު އޭނާ ވަނީ ފަސޭހަކަމާއެކު ގޯލު ތެރެއަށް ވައްދާލާފައެވެ. މި ބައްޔާއެކު މެޑްރިޑް މިހާރު އޮތީ ބާސެލޯނާއަށްވުރެ ހަތަރު ޕޮއިންޓު ފަހަތުގައެވެ. ސެލްޓާ ވީގޯ ވަނީ 19 ޕޮއިންޓާއެކު ލީގުގެ 10 ވަނަ މަގާމަށް އަރާފައެވެ.

މި ބައްޔަކީ 2014 ވަނަ އަހަރުގެ މެއި މަހަށްފަހު ސެލްޓާ އަތުން މެޑްރިޑް ބަލިވި ފުރަތަމަ ފަހަރެވެ. އަދި މެޑްރިޑްގެ ދަނޑުގައި ސެލްޓާ އަތުން އެޓީމު ބަލިވީ 19 އަހަރުފަހުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަޓާސްބަރިއެއްހެން ކާޑުބަހާލައި 9 މީހުންނާއެކު ކުޅުނު މެޑްރިޑްގެ ދަނޑުގައި 19 އަހަރުފަހުން އެޓީމުބަލިކޮށްފިކުޅިވަރު | 3 ގަޑިއިރު ކުރިންމެޑްރިޑުން ސުޕްރީމްކޯޓުގައި ލަލީގާއާއި ދެކޮޅަށް ކުރި ދަޢުވާ ކާމިޔާބުވެއްޖެ، ބަދަލުގައި 88 މިލިޔަން ޔޫރޯކުޅިވަރު | 20 ގަޑިއިރު ކުރިންބާސެލޯމާއިމް ރެފްރީންނަށް ރިޝްވަތުދިން މައްސަލަ ފީފާއަށް ހުށަހަޅަން ތައްޔާރުވެއްޖެކުޅިވަރު | 3 ދުވަސް ކުރިން އެމްބާއްޕެ އެފްސީ ފަސޭހަކަމާއެކު ބިލްބާއޯ ބަލިކޮށްފިކުޅިވަރު | 4 ދުވަސް ކުރިން