logo
Bank of Maldives

Bank of Maldives

ޚަބަރު

މޯލްޑިވިއަންއާއި އިތުރު ޖަމިއްޔާތަކެއް ގުޅިގެން ލަންކާއަށް 3.8 ޓަނުގެ އެހީ ފޮނުވައިފި

އާމިނަތު ޝަފާ
8 ޑިސެމްބަރު 2025 - 06:18
މޯލްޑިވިއަންއާއި އިތުރު ޖަމިއްޔާތަކެއް ގުޅިގެން ލަންކާއަށް 3.8 ޓަނުގެ އެހީ ފޮނުވައިފި

ސްރީ ލަންކާ އަށް އެރި ތޫފާން ދިތުވާގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން އެ ގައުމަށް އެހީވުމަށް ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއާއި، އަމިއްލަ 2 ޖަމިއްޔާއަކުން ގުޅިގެން އެގައުމަށް 3.8 ޓަނުގެ އަސާސީ އެހީ އެ ގައުމަށް ފޮނުވައިފިއެވެ.

މިކަން ހާމަކޮށް އެކުންފުނީގެ ސޯޝަލް މީޑިއާ އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނީ މި އެހީ ފޮނުވުމުގައި އެ ކުންފުންޏާއެކު އެހީތެރިވީ މަހަލްދީބް ފައުންޑޭޝަންއާއި މީގާތު ހައްޖު އެންޑް އުމްރާ ގުރޫޕުކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޯލްޑިވިއަނުން ބުނީ ޒަރޫރީ ބޭނުންތަކަށް ހަމަޖައްސާފައިވާ 3.8 ޓަނުގެ ތަކެތި އެ ގައުމަށް ގެންގޮސްފައިވާކަމަށެވެ.

ލަންކާއަށް ކުރިމަތިވި މޫސުމީ ކާރިސާއިން އަރައިގަތުމަށް އެ ގައުމަށް އެންމެ ފުރަތަމަ އެހީވީ ރާއްޖެއިންނެވެ.

ރާއްޖެއިން އެގައުމަށް ދިން އެހީގެ އަދަދު 2.4 މިލިއަން ޑޮލަރަށްވުރެ ގިނައިރު މީގެ ތެރޭގައި ރާއްޖޭގެ މީޑިއާތަކުން ކުރިއަށްގެންދިޔަ "ސިލޯނާއެކު ދިވެހީން ޓެލެތޯނުން" ލިބުނު 800،352 ޑޮލަރާއި، ދިވެހި ސަރުކާރުން އެހީގެ ގޮތުގައި ދެއްވުމަށް ކަނޑައެޅުއްވި 50 ހާސް ޑޮލަރާއި، 25،000 ކޭސް މަސް ދަޅު ހިމެނެއެވެ.

މީގެ އިތުރުން ލަންކާގައި ދިރިއުޅޭ ދިވެހިންގެ ފަރާތުންވެސް އަންނަނީ ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވައިގެ މަގުން ދެކުނުގެ 4 އަތޮޅެއް ގުޅާލައިފިޚަބަރު | 12 ދުވަސް ކުރިންމޯލްޑިވިއަނުން އަލުން ބަންގްލަދޭޝްއަށް ދަތުރުތައް ފަށަނީޚަބަރު | މަހެއް ކުރިންޑިމާންޑު ބޮޑުވެ، މޯލްޑިވިއަނުން ޖިއްދާއަށް އިތުރު ދަތުރުތަކެއްޚަބަރު | މަހެއް ކުރިންމޯލްޑިވިއަނުން ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ދަތުރުތައް ފަށަނީވިޔަފާރި | 2 މަސް ކުރިން