logo
Bank of Maldives

Bank of Maldives

ޚަބަރު

ޑިމާންޑު ބޮޑުވެ، މޯލްޑިވިއަނުން ޖިއްދާއަށް އިތުރު ދަތުރުތަކެއް

އިސްމާޢިލް ރާތިޢު
29 ޑިސެމްބަރު 2025 - 15:36
ހައްޖުވެރިން ފުރުމަށް ގައުމީ އެއާލައިނަށް އަރަނީ
ހައްޖުވެރިން ފުރުމަށް ގައުމީ އެއާލައިނަށް އަރަނީ

ޢުމްރާގެ އަޅުކަން އަދާކުރާ މީހުނަށް އަމާޒުކޮށްގެން ދިވެހިރާއްޖޭގެ ގައުމީ އެއަރލައިން، މޯލްޑިވިއަނުން ފެށި ދަތުރުތަކަށް ޑިމާޏްޑު ބޮޑުވެ، އިތުރު ދަތުރުތަކެއް ޝެޑިއުލްކުރަމުންދާ ކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.

ސްކޫލް ބަންދާ ދިމާކޮށް ޢުމްރާއަށްދާ ފަރާތްތަކަށް އަމާޒުކޮށްގެން، މޯލްޑިވިއަނުން މާލޭން ޖިއްދާއަށް ސީދާ ދަތުރުތަކެއް ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. މި ދަތުރުތަކަކީ އެފަރާތްތަކަށް އެތައް ފަސޭހަތަކެއް ލިބޭނެ ދަތުރުތަކެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާލޭން ޖިއްދާއަށް ދަތުރުކުރުމަށް ތިން ފްލައިޓެއް އޮޕަރޭޓްކުރާއިރު، ދަތުރުތައް ފަށާފައިވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. އަދި ޖިއްދާއިން މާލެއަށް އައުމަށް ތިން ފްލައިޓެއް އޮޕަރޭޓު ކުރާއިރު ދަތުރުތައް ޝެޑިއުލްކޮށްފައިވަނީ އަންނަ މަހުގެ 10، 11 އަދި 12 ވަނަ ދުވަހުކަމަށް މޯލްޑިވިއަނުން ބުނެއެވެ.

މިދަތުރުތަކާއެކު އުމްރާއަށްދާ ފަރާތްތަކުގެ ޑިމާންޑު ބޮޑުވެ، އިތުރު ފްލައިޓްތައް ޝެޑިއުލްކުރަމުންދާކަމަށާއި އެގޮތުން 20 އަށްވުރެ ގިނަ ފްލައިޓް ޝެޑިއުލްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވިއަންއިން މައުލޫމާތުދީފައި ވެއެވެ. މީގެ އިތުރުން މޯލްޑިވިއަނުން ދަތުރުކުރާ އިތުރު މަންޒިލުތަކުގެވެސް ފްލައިޓުތައް އިތުރުކުރަމުންދާކަމަށް އެއަރލައިނުން މައުލޫމާތުދިނެވެ.

މި ޝެޑިއުލްގެ ސަބަބުން ޢުމްރާގެ ކަންކަން ފުރިހަމަކުރުމަށްޓަކައި މައްކާގައި ގިނަ ވަގުތު ހޭދަކުރުމުގެ ފުރުޞަތު ދަތުރުވެރިންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން، ސްކޫލް ބަންދާ ދިމާކޮށް މި ދަތުރުތައް ހަމަޖައްސާފައިވުމުން، އާއިލާތަކަށް އެއްކޮށް ދަތުރުކުރުން އިތުރަށް ފަސޭހަވެގެންދާނެކަމަށް މޯލްޑިވިއަނުން ބުނެއެވެ. އުމްރާއަށް ޚާއްސަ ދަތުރުތަކުގެ އިތުރުން މޯލްޑިވިއަނުން ވަނީ މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖާޖީން ގެންދިއުމަށް ސަޢޫދީއަށް 2 ދަތުރުކޮށްފައެވެ.

މޯލްޑިވިއަންއިން ޢުމްރާ ދަތުރުތައް ފަށާފައިވަނީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައިއެވެ. މޯލްޑިވިއަނުން ޢުމްރާ ދަތުރުތަކުގައި ބޭނުންކުރަނީ ވައިޑް-ބޮޑީ މަތިންދާބޯޓެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޯލްޑިވިއަންގެ ދަތުރުތައް ބަންގްލަދޭޝަށް ފަށައިފިޚަބަރު | 3 ދުވަސް ކުރިންއަނަންތަޕޫރީ ހޮސްޕިޓަލުން، މޯލްޑިވިއަންގެ ޕަސިންޖަރުންނަށް ޑިސްކައުންޓް ލިބޭ ފަހުމުނާމާއެއްޚަބަރު | 8 ދުވަސް ކުރިންޙައްޖާއި ޢުމްރާގެ ކަންކަމުގައި އެހީވުމަށް ގައުމީ އެއާލައިނާއެކު އެއްބަސްވުމެއްޚަބަރު | މަހެއް ކުރިންރައީސްގެ ވައުދުފުޅާ އެއްގޮތަށް ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް ފަށައިފިޚަބަރު | މަހެއް ކުރިން