logo
Bank of Maldives

Bank of Maldives

ޚަބަރު

ގައުމީ އެއަރލައިންގެ އަމާޒަކީ އަހަރަކު 11000 ފަތުރުވެރިން އޮސްޓްރޭލިއާ އިން ގެނައުން

ގައުމީ އެއަރލައިންގެ އަމާޒަކީ އަހަރަކު 11000 ފަތުރުވެރިން އޮސްޓްރޭލިއާ އިން ގެނައުން

ގައުމީ އެއަރލައިންގެ އަމާޒަކީ އަހަރަކު 11000 ފަތުރުވެރިން އޮސްޓްރޭލިއާ އިން ގެނައުން ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މިމަހުގެ 19 ވަނަ ދުވަހު ގައުމީ އެއަރލައިނުން އޮސްޓްރޭލިއާއަށް ދަތުރުތައް ފެށުމަށް ނިންމާފައިވާއިރު، މޯލްޑިވިއަން އިން ބުނީ އޮސްޓްރޭލިއާއަށް ދަތުރު ފެށުމަށް ނިންމީ ވަރަށް ބޮޑަށް ދިރާސާ ކުރުމަށްފަހުގައި ކަމަށެވެ. އަދި މި ދަތުރުތަކުގެ ސަބަބުން ރާއްޖެއަށް އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ފައިދާ ކުރާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހަފުތާއަކު 1 ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާގެ މެލްބަންއިން ރާއްޖެއަށެވެ. ރާއްޖެއިން އޮސްޓްރޭލިއާއަށް ދަތުރުކުރާނީ، އާދިއްތަ ދުވަހުއެވެ. އަދި އޮސްޓްރޭލިއާއިން އެނބުރި ރާއްޖެއަށް އަންނާނީ، އަންގާރަ ދުވަހުއެވެ. މިއީ، 11 ގަޑިއިރުގެ ދިގު ދަތުރެކެވެ.

ގައުމީ އެއަރލައިނުން ބުނީ އެހެން ޤައުމުތަކަށް ވެސް ދަތުރުކުރުމަށް ދިރާސާކުރި ކަމަށާއި، ނަމަވެސް މެލްބަންއަށް ދަތުރު ފެށުމަށް ނިންމި އެއް ސަބަބަކީ މެލްބާންއަކީ ރާއްޖޭގެ ޓޫރިސްޓުން އެންމެ ގިނަ އެއް ޤައުމުކަމަށްވުން ކަމަށެވެ. އަދި މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ފަށާ ސީދާ ދަތުރުތަކަށް ޑިމާންޑް ވަރަށް ބޮޑު ކަމަށާއި އެގޮތުން ފްލައިޓްތައް މިހާރުވެސް %50 ފުލްވެފައިވާ ކަމަށް ގައުމީ އެއަރލައިނުން ހާމަކުރެއެވެ.

މޯލްޑިވިއަން އިން މައުލޫމާތު ދީފައިވާ ގޮތުގައި ނޮވެމްބަރއާއި ހިސާބަށް ފްލައިޓްތައް ހުރީ %50 ފުލްވެފައި ކަމަށާާއި ފުރަތަމަ 3 ފްލައިޓް %100 ވަނީ ފުލްވެފައެވެ. އަދި މިއީ ރިސޯޓްތަކުގެ އޮކިއުޕަންސީވެސް މައްޗަށްދާނެ ކަމެއް ކަމުގައި ފާހަގަކުރިއެވެ.

މޯލްޑިވިއަނުން ފާހަގަކުރާ ގޮތުގައި މި ދަތުރުތަކާއިއެކު ދައުލަތުގެ ޓެކްސް އާމްދަނީވެސް އިތުރު ވެގެންދާނެ ކަމަށެވެ. އެގޮތުން އަހަރެއްގެ މައްޗަށް ޓެކްސް އާމްދަނީއަށް އިތުރު 10 މިލިޔަން އިތުރު ވެގެންދާނެ ކަމަށް މޯލްޑިވިއަނުން ވަނީ އަންދާޒާކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުރަތަމަ ފަހަރަށް އައްޑޫން ސައުދީގެ ޖިއްދާ އަށް ބާއްވާ ފްލައިޓު މިރޭ ފަތިހު ފުރަނީޚަބަރު | 4 ގަޑިއިރު ކުރިންސްކޫލް ބަންދާ ދިމާކޮށް ގައުމީ އެއާލައިނުން 2,000 އަށްވުރެ ގިނަ ދަތުރުކުރަނީޚަބަރު | 12 ދުވަސް ކުރިންރާއްޖެއާއި އޮސްޓްރޭލިއާއާއި ދެމެދު ސީދާ ދަތުރުތައް ފަށައިފިޚަބަރު | 2 މަސް ކުރިންގައުމީ އެއަރލައިންގެ އަމާޒަކީ އަހަރަކު 11000 ފަތުރުވެރިން އޮސްޓްރޭލިއާ އިން ގެނައުންޚަބަރު | 2 މަސް ކުރިން