logo
Bank of Maldives

Bank of Maldives

ޚަބަރު

ބޮޑުތަކުރުފާނު މަގުގައި ތާރުއެޅި ސަރަހައްދު އާންމުންނަށް ހުޅުވާލައިފި

އިސްމާޢިލް ރާތިޢު
8 ޑިސެމްބަރު 2025 - 12:54
ބޮޑުތަކުރުފާނު މަގުގައި ތާރުއެޅި ސަރަހައްދު އާންމުންނަށް ހުޅުވާލައިފި

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން ތާރުއަޅާ ނިމިފައިވާ ސަރަހައްދު ހުޅުވާލައިފިއެވެ.

އެމްޓީސީސީން ބުނީ، ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ފިޔަވަހި ހުޅުވިގެންދިއުމާއެކު އާންމު ދަތުރުފަތުރަށް ބޮޑެތި ލުއިތަކެއް ލިބިގެންދިއުމުގެ އިތުރުން އަލަށް ހަރުކުރެވިފައިވާ ފެން ހިންދާ ނިޒާމުގެ ސަބަބުން ބޯކޮށް ވާރޭވެހޭއިރު މަގުގައި ފެންބޮޑުވުން ކުޑަކޮށްދޭނެ ކަމަށާއި މިކަމުގެ ސަބަބުން މަގުގެ ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހަތަރު ލޭނަށް މަގު ފުޅާކުރެވިގެންދިޔައިރު، މަގު ތަރައްގީކުރެވިގެން ގޮސްފައިވަނީ ހިނގާފައި އުޅޭ މީހުނަށްވެސް ފަސޭހަވާނެ ގޮތަށެވެ.

މިއަދު ހުޅުވާލެވިގެންދިޔައީ ލޯކަލް މާރުކޭޓުން ފެށިގެން ހެންވޭރު ފެރީ ޓަރމިނަލްއާ ހަމައަށް ހިމެނޭ ފަސް ސެގްމަންޓުގެ ޖުމްލަ 838 މީޓަރު އެކުލެވޭ ސަރަހައްދެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިއަން ރުފިޔާއަށެވެ. މި ސަރަހައްދު ހުޅުވާލުމަށްފަހު ދެން ފަށާނީ މަގު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތެވެ. މި މަސައްކަތުގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފަށައިގެން ނޯތު ހާބަރާ ހަމައަށް ހިމެނޭ 250 މީޓަރުގެ ސަރަހައްދެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތްތަކުގައި، ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަހައްދެއް ތަރައްގީކުރާނެއެވެ.


ސަރުކާރުން ވަނީ މާލެ ސަރަޙައްދުގައި މަގު ހެދުމުގެ ބޮޑު މަޝްރޫޢެއް، ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިއުމަށްވެސް ނިންމާފައެވެ. އެކަމުގެ އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ދަނީ ކުރިއަށެވެ.

މި މަޝްރޫޢު ނިމުމުން، މާލެ ސިޓީގައި ދަތުރުފަތުރުގެ ފަސޭހަތައް އިތުރުވެގެންދާނެކަމަށް އެމްޓީސީސީން ބުނެއެވެ. ޒަމާނީ އަދި ފައިމަގުގައި ހިނގާ މީހުންނަށް ފަސޭހަ މަގުތަކެއް ތަރައްގީކުރެވިގެންދާއިރު، މަގުތައް ފުޅާކުރުމުން ދަތުރުފަތުރުގެ ތޮއްޖެހުން ކުޑަވާނެއެވެ. އަދި އާ ސްޓޯމްވޯޓަރ ޑްރެއިނޭޖް ނިޒާމަކުން ބޯކޮށް ވާރޭވެހޭ ހާލަތްތަކުގައި ފެންބޮޑުވުން ކުޑަވެ، މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކަކަށް އިތުރަށް ރައްކާތެރި އަދި ދެމެހެއްޓެނިވި އުމްރާނީ ތަރައްޤީއެއް ކަށަވަރުކޮށްދޭނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑުތަކުރުފާނު މަގުގައި ތާރުއެޅި ސަރަހައްދު އާންމުންނަށް ހުޅުވާލައިފިޚަބަރު | ގަޑިއިރެއް ކުރިންބޮޑުތަކުރުފާނު މަގުގައި އަލަށް ތާރު އެޅި ސަރަހައްދުގެ މަސައްކަތް ނިމުމަކާ ގާތަށްޚަބަރު | ދުވަހެއް ކުރިންބޮޑުތަކުރުފާނު މަގުގައި ތާރު އެޅި ސަރަހައްދު، ހޯމަދުވަހު ހުޅުވަނީޚަބަރު | 3 ދުވަސް ކުރިންބޮޑުތަކުރުފާނު މަގުގެ ސެގްމަންޓް 1ގެ 97 އިންސައްތަ މަސައްކަތް ނިންމާލައިފިޚަބަރު | 4 ދުވަސް ކުރިން