ބްރޯޑްކާސްޓަރުންނަށް ޒަމާނީ ތަމްރީނު ހޯދައިދޭން މަސަައްކަތްތައް އެބަ ކުރެވޭ : މަރިޔަމް ވަޙީދާ
4 އޮކްޓޯބަރު 2024 - 06:38
.jpeg&w=3840&q=75)
ރާއްޖޭގައި ހަރަކާތްތެރިވާ ބްރޯޑްކާސްޓަރުންނަށް ޒަމާނީ ތަމްރީނު ހޯދައިދޭން މަސަައްކަތްތަކެއް ކުރަމުންދާކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަޙީދާ ވިދާޅުވެއްޖެއެވެ.
މަރިޔަމް ވަޙީދާ މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ ބްރޯޑްކާސްޓިން ދުވަހާ ގުޅިގެން ދެއްވި ހާއްސަ މެސެޖުގައެވެ.

Ad by Hajj Corporation
މަރިޔަމް ވަޙީދާ ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަންގެ އަމާޒަކީ ރާއްޖޭގެ ބްރޯޑްކާސްޓަރުންނާއެކު ގުޅިގެން މަސައްކަތްކޮށް އަދި އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބްރޯޑްކާސްޓްގެ ހިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުން ކަމަށެވެ.
ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެންމެ ފަހުގެ ޒަމާނީ ތަމްރީނު ފޯރުކޮށްދިނުމަށް ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށާއި އަދި ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
އަމާޒަކީ ޓީވީގެ ކުރިމަތިން ފެންނަ ނޫސްވެރިންގެ އިތުރުން ޓީވީގެ ފަހަތުގައި މަސައްކަތްކުރާ ޓެކްނިކަލް މުވައްޒަފުންނަށްވެސް ތަމްރީނާއި ތަޖުރިބާ ހޯދައިދިނުން
ރާއްޖޭގެ ރަށްތަކުގައި ކޮމިއުނިޓީ ބްރޯޑްކާސްޓިންގެހިދުމަތް ގާއިމްކުރުމުގެ މަސައްކަތްކުރަމުންދާކަމަށާއި އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް އޯޑިއަންސް ސާރވޭއެއް ހެދުމުގެ މަސައްކަތްކުރަމުންދާކަން މަރިޔަމް ވަޙީދާ ފާހަގަކުރެއްވިއެވެ.
ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރުމަހުގެ 4 ވަނަ ދުވަސް ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނައިރު ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ރަސްމީ ސިފައެއްގައި ރާއްޖޭގައި ފެށިގެން އައީ 1962ވަނަ އަހަރުއެވެ.