logo
Bank of Maldives

Bank of Maldives

ޚަބަރު

ބޮރޯޑްކޮމްއަށް ޒަމްއަަތު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

ޝަހްޒާ މުހައްމަދު
16 ޖޫން 2025 - 05:58
ބޮރޯޑްކޮމްއަށް ޒަމްއަަތު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް ކުރީގެ ނޫސްވެރިޔާ ޒަމްއަތު އަހުމަދު ވަހީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު އާމިނަތު އަމީނާ (އަނާ) ގެ ދައުރު މިއަދު ހަމަވެފައިވާއިރު، ކޮމިޝަންގެ މެންބަރު ކަމަށް ހުޅުވައިލުމުން ހަ ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ ހަ ބޭފުޅުންނާ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިންޓަވިއުކޮށް އެ ކޮމިޓީން ވަނީ މާކްސް ދީފަ އެވެ. އޭގެ ތެރެއިން 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބުނީ ތިން ބޭފުޅަކަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ތިން ބޭފުޅުންނަކީ:

  • ކުރީގެ ނޫސްވެރިޔާ ނޫސްވެރިޔާ ޒަމްއަތު އަހުމަދު ވަހީދު (89 ޕަސެންޓް)
  • ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު (85 ޕަސެންޓް)
  • އޭއޯ ނިއުސްގެ ފައުންޑާ ޝިމްލާ އަހުމަދު: (77 ޕަސެންޓް)

ތިން ބޭފުޅުންގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމުން މިއަދު އެކަމާ ގުޅިގެން ވަނީ ބަހުސްކޮށްފަ އެވެ. ބަހުސަށް ފަހު ވޯޓަށް އަހަނީ ލިސްޓުގެ ތަރުތީބުންނެވެ.

އެހެންވެ، އެންމެ ފުރަތަމަ ޒަމްއަތުގެ ނަމަށް ވޯޓަށް އަހާފައިވާއިރު، އޭނާ އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް 56 މެންބަރުން ވޯޓު ދެއްވި އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވަ އެވެ. ޒަމްއަތުގެ ނަން ފާސްވެފައިވާތީ، ބާކީ ދެ ނަމަށް ވޯޓަކަށް ނާހަ އެވެ.

މިދިޔަ މަހުގެ ތެރޭގައި ވެސް މަޖިލީހުން ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރަކު އައްޔަން ކޮށްފައިވާއިރު، ކޮމިޓީން އެންމެ ގިނަ މާކްސް ދީފައިވަނީ ޒީނާއަށެވެ. ނަމަވެސް، މަޖިލީހުން ފާސްކުރީ ހަތަރު ވަނަ އަށް އެންމެ ގިނައިން މާކްސް ލިބުނު ޓީވީ ޕްރެޒެންޓަރު މޫސާ ރިލްވާން އައްޔަންކުރާށެވެ.

އެ ފަހަރު ޒަމްއަތުއަށް ލިބުނީ 77.50 ޕަސެންޓް މާކްސް އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''ގިރާވަރު ފަޅު ހިއްކައި ނިމުމުން ގޯތިތަކުގެ ރަޖިސްޓްރީ ހަދައި، ގޯތިތައް ހަވާލުކުރަން ފަށާނެ''ޚަބަރު | 5 ދުވަސް ކުރިންހިތަދޫ އުތުރު ގޮނޑީގެ ޕީއެންސީ ޓިކެޓަށް ސިނާން ވާދަކުރައްވަނީޚަބަރު | 6 ދުވަސް ކުރިންވަކި ޕާޓީއަކުން ހުށަހެޅި ބިލަކަށް ވާތީ ބޭރުކުރީ 19 ވަނަ މަޖިލީހުގައި؛ މިދައުރުގައި އެކަން ނުފެންނާނެޚަބަރު | 6 ދުވަސް ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން 6 ގަ، ކުރިމަތިލާން މާދަމާ ހުޅުވާލަނީޚަބަރު | 7 ދުވަސް ކުރިން