logo
Bank of Maldives

Bank of Maldives

ކުޅިވަރު

މިއަހަރުގެ ބްރޯޑްކާސްޓް ކަޕް ފަށައިފި

އާމިނަތު އަނާތު ތަލްޢަތުއާމިނަތު އަނާތު ތަލްޢަތު
11 އޮކްޓޯބަރު 2024 - 09:57
 މިއަހަރުގެ ބްރޯޑްކާސްޓް ކަޕްގައި ބައިވެރިވާ ޓީމުތައް--ފޮޓޯ/ވަގުތު
މިއަހަރުގެ ބްރޯޑްކާސްޓް ކަޕްގައި ބައިވެރިވާ ޓީމުތައް--ފޮޓޯ/ވަގުތު

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އިން އިންތިޒާމްކޮށްގެން ބާއްވާ ފުޓުސަލް މުބާރާތް "ބްރޯޑްކާސްޓް ކަޕް 2024" މިއަދު ފަށައިފިއެވެ.

އެ މުބާރާތް ފަށާފައިފައިވަނީ މިއަދު ހެނދުނު 7:00 ގައި، ހުޅުމާލެ ދެވަނަ ފިޔަވަހި ޓާފް ދަނޑުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މުބާރާތަކީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު 4 ގައި ފާހަގަ ކުރާ ބްރޯޑްކާސްޓް ދުވަހާ ގުޅުވައިގެން ރާއްޖޭގައި ހިންގާ ހުރިހާ ޓީވީ އަދި ރޭޑިއޯ ޗެނަލްތަކަށް ހުޅުވާލައިގެން އެމްބީސީ އިން  ކުރިއަށްގެންދާ މުބާރާތެކެވެ.

މިއަހަރުގެ މި މުބާރަތުގައި ޖުމްލަ 8 ޓީމް އަކުން ބައިވެރިވެފައިވެއެވެ. އެ ޓީމުތަކަކީ ވަގުތު ޕްލަސް، ޕީއެސްއެމް ނިއުސް، ޓީވީއެމް، އަސްލު ޓީވީ، އެސްއެސް ޓީވީ، ވީޓީވީ، އައިސް ޓީވީ އަދި ބްރޯޑްކޮމްގެ ޓީމެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދެވޭ މި މުބާރާތުގައި މިއަދު ހެނދުނު އެންމެ ފުރަތަމަ ކުޅުނީ ވަގުތު ޕްލަސް އާއި ޕީއެސްއެމް ނިއުސްގެ މެޗެވެ. މިއަހަރުގެ މުބާރާތް ސޮޕޮންސާ ކޮށްފައިވަނީ އުރީދޫއިންނެވެ.

މީގެ ކުރިން ތިން ފަހަރެއްގެ މަތިން މި މުބާރާތް ކުރިއަށް ގެންގޮސްފައިވާއިރު، މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޔެސް ޓީވީއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޫސްވެރިން އެކްރެޑިޓްކުރާނެ އައު އުސޫލެއް އެކުލަވާލައިފިޚަބަރު | 17 ދުވަސް ކުރިންމީޑިއާ ރެގިއުލޭޓް ކުރާ ބިލް މަޖިލީހަށް ބަލައިގެންފިޚަބަރު | 21 ދުވަސް ކުރިންބޮރޯޑްކޮމްއަށް ޒަމްއަަތު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި ޚަބަރު | 3 މަސް ކުރިން މިއަހަރުގެ ބްރޯޑްކާސްޓް ކަޕް ފަށައިފިކުޅިވަރު | އަހަރެއް ކުރިން