logo
Bank of Maldives

Bank of Maldives

ޚަބަރު

ރަސްމާލޭގެ 215 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ހިއްކައިފި

އިސްމާޢިލް ރާތިޢު
9 ޑިސެމްބަރު 2025 - 04:22
ރަސްމާލެ- ފޮޓޯ: އެޗްޑީސީ
ރަސްމާލެ- ފޮޓޯ: އެޗްޑީސީ

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމާއި އެނޫންވެސް ޖާގައިގެ ދަތިކަމުގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ "ރަސްމާލެ" ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 215 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ހިއްކާ ނިމިފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫއުގެ ދަށުން ޖުމްލަ  1009 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. 12 ސަރަޙައްދަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް، ތިން ފަރާތަކުން އަންނަނީ ކުރަމުންނެވެ. އެގޮތުން ބަލާއިރު، ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފައިވާ 29 ހެކްޓަރުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި މޯހަން މުތާއާއި ހަވާލުކޮށްފައިވާ 394 ހެކްޓަރުގެ ތެރެއިން 100.6 ހެކްޓަރުގެ މަސައްކަތް ވަނީ ނިންމާފައެވެ. މީގެ އިތުރުން ޗައިނާ ހާބަރ އިންޖިނިއަރިންގއާ ހަވާލުކޮށްފައިވާ 265 ހެކްޓަރުގެ ތެރެއިން މިހާރުވަނީ 53.25 ހެކްޓަރުގެ ބިން ހިއްކާފައެވެ.
އެޗްޑީސީން އެކްސްގައިކުރި ޕޯސްޓެއްގައި ބުނެފައިވާގޮތުން، މި މަސައްކަތް އަވަސްކުރުމަށް ގެނެވުނު ދެ ޑްރެޖަރު މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ. އެހެންކަމުން މަސައްކަތުގެ ދުވެލި ހަލުއިވެ، މިހާތަނަށް ޖުމްލަ 215 ހެކްޓަރުގެ ބިން ހިއްކިފައިވާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު، ރަސްމާލެ ޓްރާންސްޕޯޓް މާސްޓަރ ޕްލޭންގެ ފީޒިބިލިޓީ ސްޓަޑީ ހެދުމަށް ކޮންސަލްޓަންޓެއް ހޯދުމަށް މާލީ ވުޒާރާއިން ވަނީ އިއުލާނުކޮށްފައެވެ.

މި ކޮންސަލްޓެންސީގެ މައިގަނޑު މަގުސަދަކީ ރަސްމާލެއަށް ފުރިހަމަ ދަތުރުފަތުރުގެ މާސްޓަރ ޕްލޭނެއް އެކުލަވައިލުން ކަމަށާއި މިއީ، މާލެއާއި ރަސްމާލެއާ ދެމެދު، އަދި ރަށުގެ އެތެރޭގައިވެސް ރައްކާތެރި، އިތުބާރުހިފޭ އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމުގެ ބޭނުމުގައި އެކުލަވާލާ މާސްޓަރ ޕްލޭނެއްް ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

ރަސްމާލެ މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމުން ރަސްމާލެ މާސްޓަރ ޕްލޭންގެ ދަށުން ބޯހިޔާވަހިކަމުގެ މަސައްކަތްތަކާއި އިގުދިސޯދީ ގިނަ މަސައްކަތްތަކެއް ފެށިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.

އިކޯސިޓީއެއްގެ ގޮތުގައި ތަރައްގީކުރާ ރަސްމާލޭގެ މަސައްކަތް ސަރުކާރުން ފެށީ 2023 ވަނަ އަހަރުގެތެރޭގައެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެޗްޑީސީގެ "ސިލްވަ ޖުބްލީ" ފާހަގަކުރަން ހާއްސަ ހަރަކާތްތަކެއް!ޚަބަރު | 14 ދުވަސް ކުރިންފޭސް 2 ގައި ޤާއިމްކުރި ރޯދަ މަރކޭޓް ހުޅުވައިފިޚަބަރު | 20 ދުވަސް ކުރިންރަސްމާލެއިން 116 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެޚަބަރު | މަހެއް ކުރިންހުޅުމާލޭގައި ހިލޭ ކުރިއަށް ގެންދާ ގުރުއާން ކްލާސްތަކަށް ބޮޑު ތަރުހީބެއް!ޚަބަރު | މަހެއް ކުރިން