logo
Bank of Maldives

Bank of Maldives

ޚަބަރު

ސައޫދީގެ އަލް-ސަފްވާ ފައުންޑޭޝަނާއި ދިވެހި ހައްޖު ކޯޕަރޭޝަން ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
10 ޑިސެމްބަރު 2025 - 10:21
ސައޫދީގެ އަލް-ސަފްވާ ފައުންޑޭޝަނާއި ދިވެހި ހައްޖު ކޯޕަރޭޝަން ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފި

ސަޢޫދި ޢަރަބިއްޔާގެ މަޝްހޫރު އަލް-ސަފްވާ ފައުންޑޭޝަންގެ ޗެއަރމަން، ބަންދަރު ބިން ޢަބްދުﷲ އަލް-ރާޖިޙީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން (އެމް.އެޗް.ސީ) އަށް ޒިޔާރަތްކުރައްވައި، ދެފަރާތުން ގުޅިގެން ކުރިއަށް ގެންދެވޭނެ ދީނީ އަދި ދަރުމަވެރި މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ޙައްޖާއި ޢުމްރާގެ ކަންކަމުގައި އަލް-ސަފްވާ ފައުންޑޭޝަންގެ އެހީތެރިކަން ހޯދުމާއި، ދެމެދުގައި ގުޅުން ބަދަހިކުރުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަލް-ސަފްވާ ފައުންޑޭޝަންގެ ޗެއަރމަން، ބަންދަރު ބިން ޢަބްދުﷲ އަލް-ރާޖިޙީގެ މި ޒިޔާރަތުގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ވަފްދަށް މަރުޙަބާ ދެންނެވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްުއުސްތާޛު ޢަލީ ޝަރީފާއި، މުޙައްމަދު ޝިހާބު ހިމެނޭ ގޮތަށް ކޯޕަރޭޝަންގެ އިސްވެރިންނެވެ.

މި ބައްދަލުކުރެއްވުމުގައި، ދެފަރާތުގެ އިސްވެރިން ވަނީ ޚާއްސަކޮށް ދީނީ ޚިދުމަތްތައް ފުޅާކުރުމާއި، ދަރުމަވެރި މަޝްރޫޢުތައް ހިންގުމުގައި ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާއި މެދު މަޝްވަރާކުރައްވާފައެވެ. މި މަޝްވަރާތަކުގެ ތެރެއިން ދިވެހި ޙައްޖާޖީންނަށް ފަސޭހަ ގޮތްތައް ހޯދައިދިނުމާއި، އިތުރު ޚިދުމަތްތައް ފޯރުކޮށްދިނުމަށް އޮތް ފުރުޞަތުތަކަށް ބަލާފައިވެއެވެ.

އަލް-ސަފްވާ ފައުންޑޭޝަނަކީ ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު އައްރާޖިޙީ ބޭންކުގެ ދަށުން ދީނީ އަދި ދަރުމަވެރި މަސައްކަތްތައް ހިންގާ އެ ކުންފުނީގެ ދީނީ ގޮތްޕެކެވެ. މިފަދަ ބޮޑު ފައުންޑޭޝަނަކާ ގުޅިގެން މަސައްކަތްކުރުމަކީ ދިވެހިރާއްޖޭގެ ޙައްޖު ކޯޕަރޭޝަނުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ލިބޭނެ މުހިންމު ފުރުޞަތެކެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސައޫދީގެ އަލް-ސަފްވާ ފައުންޑޭޝަނާއި ދިވެހި ހައްޖު ކޯޕަރޭޝަން ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފިޚަބަރު | ގަޑިއިރެއް ކުރިންސަމާލުވޭ! ޙައްޖު ކޯޕަރޭޝަންގެ ނަމުގައި ފައިސާ ހޯދަން ސްކޭމް މެސެޖުތަކެއްޚަބަރު | 5 ދުވަސް ކުރިންމިނާއާއި އަރަފާތުގައި ދިވެހިންނަށް ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދޭން އެއްބަސްވުމެއްގައި ސޮއިކޮށްފިޚަބަރު | މަހެއް ކުރިންޙައްޖާޖީންނަށް ސިއްޙީ އެހީތެރިކަން ދިނުމަށް، ސައުދީގެ އަލް އަބީރު ނޭޝަނަލް ހޮސްޕިޓަލާއެކު އެއްބަސްވުމެއްޚަބަރު | މަހެއް ކުރިން