logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ޝަކީއްބެ

އާމިނަތު ޝަފާ
10 ޑިސެމްބަރު 2025 - 10:26
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ޝަކީއްބެ

ދައުލަތުގެ މީޑިއާ -ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް އަހުމަދު ޝަކީބު (ޝަކިއްބެ)އައްޔަނުކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނެފައިވަނީ، ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގް ޑިރެކްޓަރުގެ މަޤާމަށް، ޝަކީއްބެ އައްޔަނު ކޮށްފައިވާ ކަމަށެވެ. ޝަކިއްބެއަކީ މިސަރުކާރުގައި ޕީއެސްއެމްގެ އެމްޑީގެ މަގާމަށް އައްޔަނުކުރި ހަތަރުވަނަ ފަރާތެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސަރުކާރުން ވެރިކަމާ ހަވާލުވިފަހުން އެންމެފުރަތަމަ ޕީއެސްއެމްގެ އެމްޑީ އަކަށް އައްޔަންކުރެއްވީ ޒީނާ ޒާހިރުއެވެ. އޭނާ އެ މަގާމުން އިސްތިއުފާދެއްވީ  މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 24 ވަނަ ދުވަހުއެވެ.

އެފަހުން ޕީއެސްއެމްގެ އެމްޑީގެ މަގާމާ ހަވާލުވެވަޑައިގަތީ މުހައްމަދު ސައީދުއެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އެ މަގާމުން އޭނާ ވަނީ އިސްތިއުފާދެއްވާފައެވެ.

ސައީދު އިސްތިއުފާދެއްވުމުން ޕީއެސްއެމްގެ އެމްޑީގެ މަގާމާ ހަވާލުވެވަޑައިގަތް އިބްރާހީމް ނަސްރީން އިސްތިއުފާދެއްވީ ނޮވެމްބަރުމަހުގެ ތެރޭގައެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް އައްޔަނުކުރެއްވި ޝަކިއްބެ އަކީ ގިނަ ދުވަސްތަކެއްވަންދެން ޓީވީ ޕްރޮގްރާމުތައް ހުށަހެޅުއްވުމުގައި ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. ރައްޔިތުންގެ މެދުގައި އެއިރެއްގައި އުފެދިފައިވާ ކަންބޮޑުވުންތަކާއި ސުވާލުތަކަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީވެވަޑައިގަތުމަށް ސިލްސިލާކޮށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓް ހުށަހަޅުއްވައިދެއްވަނީވެސް ޝަކިއްބެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޓީޑީސީގެ ޗެއާމަންގެ މަޤާމަށް އަޙްމަދު ޝަހީރު އައްޔަންކުރައްވައިފިޚަބަރު | 4 ދުވަސް ކުރިންއެމްޓީޑީސީގެ އެމްޑީ އަކަށް ޙާރިޘް މުޙައްމަދު އައްޔަނުކޮށްފިޚަބަރު | މަހެއް ކުރިންސަރުކާރު ތިން ކުންފުންޏަކަށް ބޯޑު މެމްބަރުން އައްޔަން ކޮށްފިޚަބަރު | 2 މަސް ކުރިންއެސްއޯއީތަކުގެ ހިންގުން ހަރުދަނާކުރުމަށް، އޯޓީގެ އުސޫލުތައް އިސްލާހުކުރުމަށް ޕީސީބީއިން އަންގައިފިޚަބަރު | 2 މަސް ކުރިން