ޖެހުން މަޖުބޫރު ވެކްސިންތަކުގެ ލިސްޓަށް "ނިއުމަކޯކަލް" އާއި "ރޯޓާ ވައިރަސް" ވެކްސިން އިތުރުކޮށްފި
10 ޑިސެމްބަރު 2025 - 10:51

ދިވެހީންނަށް ޖެހުން މަޖުބޫރު ވެކްސިންތަކުގެ ލިސްޓަށް "ނިއުމަކޯކަލް" އާއި "ރޯޓާ ވައިރަސް" ވެކްސިން އިތުރުކޮށްފިއެވެ.
ވެކްސިންގެ ޤައުމީ ޝެޑިއުލްގައި އަލަށް ހިމެނި "ނިއުމަކޯކަލް" އާއި "ރޯޓާ ވައިރަސް" ވެކްސިނަކީ މީގެ ކުރިން އިޚްތިޔާރީ ވެކްސިންތަކެކެވެ. ނަމަވެސް ޤައުމީ ވެކްސިން ޝެޑިއުލްގައި ހިމެނުމުން މި ދެ ވެކްސިން ޖެހުން މަޖުބޫރުވާނެއެވެ.

Ad by Hajj Corporation
ނިއުމޯކޮކަލްއަކީ، ރާއްޖޭގައި އެ ބައްޔެއްގައި މީހުން މަރުވާ "ނިއުމޯނިޔާ" އަދި "މެނިންޖައިޓިސް"އިން ރައްކާތެރި ވުމަށް ޖަހާ ވެކްސިނެކެވެ. އަދި ރޮޓާ ވައިރަސްއަކީ، ދިވެހީންގެ މެދުގައިވެސް އާންމު ބޭރަށް ހިންގުމާއި ގިނައިން ހޮނޑުލުން ފަދަ ކަންކަމުން ދުރުކޮށްދިނުމަށް ދޭ ވެކްސިނެކެވެ.
މި ވެކްސިންތައް ދޭނީ، އުމުރުން 2 މަހާއި، 4 މަސް އަދި 6 މަހުގެ ކުދިންނަށެވެ.
މި ވެކްސިންތައް އާސަންދައިންވެސް މިހާރު ކަވަރ ކުރާނެއެވެ. މަޖުބޫރު ވެކްސިންތަކުގެ ތެރޭގައި މީގެ ކުރިން ދެނީ، އެމްއެމްއާރު، ޕޯލިއޯ، ހެޕަޓައިޓިސް، ޓެޓްނަސް ފަދަ ވެކްސިންތަކެވެ.


