logo
ރިޕޯޓް

ޑރ. މުފްލިހާގެ ތަޖުރިބާއިން އުފާވެރި ހަޔާތަކަށް ފުރިހަމަ ސިއްހަތު

ޝަހްޒާ މުހައްމަދު
22 ޖުލައި 2025 - 04:25
ޑރ. ފާތިމަތު މުފްލިޙާ މެންދުރު ޓީވީގެ ޕްރޮގްރާމުގަ ބައިވެރިވަނީ
ޑރ. ފާތިމަތު މުފްލިޙާ މެންދުރު ޓީވީގެ ޕްރޮގްރާމުގަ ބައިވެރިވަނީ

މެންދުރުޓިވީއިން ގެންސްދޭ 'އުފާވެރި ހަޔާތެއް' ގެ ދެވަނަ އެޕިސޯޑުގައި ބައިވެރިވެވަޑައިގެންނެވީ، ސޯޝަލްމީޑިއާއަށް އާމޫނެއްކަމުގައި ނުވާ، ރޭޑިއޮލޮޖިސްޓް ޑރ. ފާތިމަތު މުފްލިޙާއެވެ. ޑރ. މުފްލިހާ އަކީ، ސިއްހީދާއިރާއިން އާންމުން ހޭލުންތެރިކުރުމަށް މަސައްކަތްކުރައްވާ ޑޮކްޓަރެކެވެ. މިފަހަރު ކިޔާދެއްވީ، އުފާވެރި ހަޔާތަކަށް، ފުރިހަމަ ސިއްޙަތު ވާށާޖެހުމަށް އެންމެ މުހިންމުކަންތައްތަކެވެ.

ޑރ. މުފްލިހާވިދާޅުވިގޮތުގައި އުފާވެރި ހަޔާތަކާއި ފުރިހަމަ ސިއްހަތަކީ ވަކިނުކުރެވޭ ގުޅުމެއް އޮތް ދެކަމެވެ. ސިއްހަތު ބިނާވެގެންވަނީ ޖިސްމާނީ، ނަފްސާނީ އަދި ރޫޙާނީ ދުޅަހެޔޮކަމުގެ މައްޗަށެވެ. މި ތިން ކަމަކީވެސް އެއްވަރެއްގެ މުހިންމުކަމެއް ދޭންޖެހޭ ކަންކަމެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

" ސިއްހަތު ރަނގަޅުވުމުގެ ސަބަބުން އުފާވެރިކަން ލިބޭ ފަދައިން، އުފާވެރިކަމުގެ ސަބަބުން ސިއްހަތުވެސް ރަނގަޅުވެގެންދޭ. ސިއްހަތޭ ބުނާއިރު އަޅުގަނޑުމެން ވިސްނަންޖެހެނީ ހަމައެކަނި ޖިސްމާނީ ދުޅަހެޔޮކަމަކަށް ނޫން. ނަފްސާނީ އަދި ރޫޙާނީ ނުވަތަ ސްޕިރިޗުއަލް ދުޅަހެޔޮކަންވެސް ހިމެނޭ. އަޅުގަނޑުމެންނަކީ އިސްލާމްދީން ގަބޫލުކުރާ ބައެއްގެ ހައިސިއްޔަތުން، ރޫޙާނީ ދުޅަހެޔޮކަމަށް އިސްކަންދޭން އެބަޖެހޭ. އެއީ އަޅުގަނޑުމެންނަށް އެކަން އެގޮތަށް އަންގަވާފައިވާތީ. އެހެންކަމުން، ފުރިހަމަ ޞިއްޙަތެއް ލިބިގަތުމަށްޓަކައި މި ހުރިހާ ދާއިރާއެއްގެ ދުޅަހެޔޮކަން އެއްކޮށް ގެންގުޅެން އެބަޖެހޭ. ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަކީ އެއްކަމެއްގެ ގޮތުގައި ގުޅިލާމެހިފައިވާ ދެކަމެއް"

ބޭސްފަރުވާގެ އަސަރާއި ނަފްސާނީ ދުޅަހެޔޮކަން

ޑރ. މުފްލިޙާ ވިދާޅުވިގޮތުގައި ބޭސްފަރުވާގެ އަސަރު ފުރިހަމަވުމުގައި ނަފްސާނީ ދުޅަހެޔޮކަން މުހިންމުދައުރެއް އަދާކުރެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ބޭހުގެ އަސަރުގެ 60% ބިނާވެގެންވަނީ ބަލިމީހާގެ ނަފްސާނީ ހާލަތާއި ވިސްނުމުގެ މައްޗަށެވެ.

 

" މިސާލަކަށް ކޯމާއެއްގައި އޮންނަ މީހެއް، ނޫނީވިއްޔާ ވަރަށް ބޮޑަށް ހާނިކަވެގެން އޮންނަ މިހަކު،ވަރަށް ޑިޕްރެޝަން ނުވަތަ އެކަހަލަ ކަމެއް ގޯތުރުކުރާ މީހެއް، ނޫނީވިއްޔާ ދުނިޔެމަތިން ފޫހިވެފަ ހުންނަން ވެއްޖެއްޔާ ހަންޑެޓް ޕަސެންޓް ކިއޯ ރޭޓެއް ނާންނާނެ. އެހެންވީމާ، ނަފްސާނީ ގޮތުންވެސް އެ މީހާ އެބަޖެހޭ ދުޅަހެޔޮވާން "

 

އެހެންކަމުން، ބަލިތަކުން އަރައިގަތުމަށްޓަކާ ފަރުވާ ހޯދުމާއި އެކު ފައްސި ވިސްނުމެއް ގެންގުޅުމަކީ މުހިންމު ކަމެކެވެ.

ބަލިތަކުން ރައްކާތެރިވުމަށް އަމިއްލައަށް ކުރެވިދާނެ ކަންތައްތައް

އާންމުބަލިތަކުން ރައްކާތެރި ވުމައްޓަކާ ކުރެވިދާނެ ބައެއް ކަންތައް ޑޮކްޓަރު ފާހަގަކުރެއްވިއެވެ.

 އެގޮތުން ހަކުރުބަލި، ލޭމައްޗަށްދިއުން ފަދަ ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަޓަކާ:

  • ރަނގަޅު ކާނާ ކެއުން
  • މެދުމިނުގެ ކަސްރަތުކުރުން
  • ދުންފަތުގެ އިސްތިޢުމާލު ނުކުރުން
  • ފޯއްލައިގެން ނުދުފުން
  • ރޭގަނޑުގެ ނިދިލިބުން

ބަލިތައް ކުރިއާލާ ދެނެގަތުމުގެ މުހިންމުކަން

ބަލިތައް ކުރިއާލާ ދެނެގަތުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ވެސް ޑރ. މުފްލިހާ ވިދާޅުވިއެވެ.  ޚާއްޞަކޮށް އާއިލާގެ ތެރޭގައި ފެންނަ ބަލިތަކަށް ސަމާލުވުން މުހިންމެވެ.

މިސާލަކަށް ހާއްސަކޮށް އަންހެނުން ސަމާލުކަމެއް ދޭންޖެހޭ ކަންކަމުގެ ތެރޭގައި ، 25  އަހަރުން ފެށިގެން މަހުން މަހަށް ބްރެސްޓް ސެލްފް އެގްޒެމިނޭޝަން ހެދުން،  40 އަހަރުން މަތީގެ އަންހެނުން މެމޯގްރާމް ހެދުން ފަދަކަންކަންހިމެނޭކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

ގައިންގަޔަށް އަރާބަލިތަކުން ރައްކާތެރިވުން

" ބުނެއުޅޭ ނޫންތޯ، ޕްރިވެންޝަން އިޒް ބެޓާ ދެން ކިއޯ އޭ، ދެއްތޯ؟ އިސްލާމްދީނުގައިވެސް އޮންނަނީ ބައްޔެއް އެތަނެއްގައި އޮތިއްޔާ އެތަނަށް ނުދިޔުން ދެއްތޯ؟ އޭގެން މި އަންގައިދެނީ އަޅުގަނޑުމެން އެ ބައްޔާކާ ދުރުހެލިވާން ޖެހޭކަން. އެގޮތަށް އެފަދަ ބަލިތަކާ ދުރުހެލިވާނެ ގޮތްތައް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ޕެންޑެމިކް ތެރޭގަ ވެސް  އެނގިގެން ގޮސްފި ދެއްތޯ؟"

 

އާންމުކޮށް ފެތުރޭ ބަލިތަކާއި ގައިންގަޔަށް އަރާ ބަލިތަކާއި އެލާޖިކްވުން ފަދަކަންކަންކަމުން ރައްކާތެރުވުމަށްޓަކާ، ސާފުތާހިރުކަމަކީ ކިހާމުހިންމުކަމެއްކަން ޑރ. މުފްލިހާ ފާހަގަކުރެއްވިއެވެ.

 

" މިސާލަކަށް ފިހާރައެއްގައި އުޅޭ ބޭފުޅަކު ބަލިވެއުޅުއްވާ ކަމަށް ވަންޏާ އެތަނަށް ވަރަށް ގިނަ ބޭފުޅުން ވަންނާނެ ދެއްތޯ ވިޔަފާރި ކުރަންވެސް. ތުއްތުކުދިންވެސް ވަންނާނެ. އެހެންވެއްޖެއްޔާ އެތަން ސާފު ތާހިރުކޮށް އޮތުން ވަރަށް މުހިންމު،  އަޅުގަނޑުމެން ކޮވިޑް ތެރޭގައި ކުރީމެއްނޫންތޯ ރައްކާތެރި ވުމަށް ކަންކަން. އެކަހަލަ ކަންކަމަށް ބައްލަވައިލައްވަންވާނެ، އަޅުގަނޑުމެންގެ އުފަލަކީ އަޅުގަނޑަށް ތަނަކަށް ވަންނައިރު އަޅުގަނޑު ރައްކާތެރިކަންކަށަވްރުވުން ނުންތޯ" ޑޮކްޓަރ ވިދާޅުވިއެވެ.

އަނެކާގެ އިހުސާސްތަކަށް ވިސްނުން:

ނަފްސާނީ ދުޅަހެޔޮކަމުގެ ބައެއްގެ ގޮތުން ، އެމްޕަތީ ނުވަތަ އަނެކާގެ އިޙުސާސްތަކަށް ވިސްނައިގެން އުޅުމުގެ މައްޗަށް ވެސް ޑރ. މުފްލިހާ ބައްލަވާލެއްވިއެވެ.

 

" މިސާލަކަށް ކާރުން، ފައިބައިރު، ޝުކުރިއްޔާ ބުނުން، މީހަކު ރަނގަޅު ކަމެއް ކޮށްދީފިއްޔާ ޝުކުރިއްޔާ ބުނުން، ނޫނީ އެކްނޮލެޖްކޮށްލުން، އަޅުގަނޑު ނުބުނިކަމުގައި ވިޔަސް އަޅުގަނޑުމެންގެ ސަބް ކޮންޝިއަސް މައިންޑް އެކަންކަންނަގައިގަންނާނެ. އެއީ ކުދިކުދި ވައިބްސްތައް. އެހެންވީމާ، ވަރަށް ބޮޑަށް ނަފްސާނީ ދޮޅުހެޔޮކަމަށް އަޅުގަނޑުމެން ވިސްނަންޖެހޭ" ޑރ. މުފްލިޙާ ވިދާޅުވިއެވެ.

 

މީގެ އިތުރުން ވެސް ޑޮކްޓަރުގެ ޢިލްމާއި ހިލްމާއި ތަޖުރިބާގެ އަލީގައި ވަރަށްގިނަކަންކަންކިޔައިދެއްވިއެވެ. 'އުފާވެރި ހަޔާތެއް'ގެ އެ އެޕިސޯޑު ބަލާލުމުން އެވާހަކަތަކުގެ ތަފްސީލު ލިބޭނެއެވެ.

 ޖުމްލަކޮށް، ޑޮކްޓަރ މުފްލިޙާ ފާހަގަކުރެއްވިގޮތުގައި، ފުރިހަމަ ދުޅަހެޔޮކަމަކީ ޖިސްމާނީ، ނަފްސާނީ އަދި ރޫޙާނީ ގޮތުން ދުޅަހެޔޮވުމެވެ. މި ތިން ދާއިރާއަށް އެއްވަރަކަށް އަހައްމިއްޔަތުކަން ދީގެން، އެހެން މީހުންނާމެދު ވިސްނައި، އަމިއްލަ ޢަޤީދާއަށް ސަމާލުކަންދިނުމަކީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކޮށް، އުފާވެރި ހަޔާތަކަށް މުހިންމުކަންތަކެވެ.  

 

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑރ. މުފްލިހާގެ ތަޖުރިބާއިން އުފާވެރި ހަޔާތަކަށް ފުރިހަމަ ސިއްހަތުރިޕޯޓް | މަހެއް ކުރިންރިޒާ ކިޔައިދިނީ، އުފާވެރި ދިރިއުޅުމަކަށް ފައިސާ މެނޭޖްކުރާނެގޮތް ރިޕޯޓް | މަހެއް ކުރިންކޮފީ އާއި ސައި: ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވަނީ ކޮން ބުއިމަކުންކަން އާ ދިރާސާއަކުން ހާމަވެއްޖެލައިފްސްޓްއިލް | އަހަރެއް ކުރިން