logo
Bank of Maldives

Bank of Maldives

ޚަބަރު

މިއަދާއި މާދަމާވެސް ދެކުނަށް މޫސުން ގޯސް

އާމިނަތު ޝަފާ
12 ޑިސެމްބަރު 2025 - 06:43
މޫސުން ގޯސްވުން
މޫސުން ގޯސްވުން

މިއަދާއި މާދަމާވެސް ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

އެ އިދާރާއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިއަދާއި މާދަމާވެސް ދެކުނުގެ އަތޮޅުތަކަށް ގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ވަނީ ލަފާކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކޮށްފައިވާއިރު އުތުރުގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް އާއްމުގޮތެއްގައި މޫސުން ރަނގަޅުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

އުތުރާއި އިރުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭއިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށިގެންވާކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ.

އެ އިދާރާއިން ބުނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެކަމަށެވެ.


މިހާރު ހިނގަމުން މިދަނި އިރުވައިގެ ފުރަތަމަ ނަކަތް ކަމުގައިވާ މުލަ ނަކަތެވެ. އިރުވައި މޫސުން ފެށިފައިވަނީ މިމަހުގެ 10ވަނަ ދުވަހުއެވެ.މުލަ ނަކަތް ކުރިއަށްދާނީ ޑިސެމްބަރުމަހުގެ 22ވަނަ ދުވަހުގެ ނިޔަލަށެވެ. 

މުލަ ނަކަތުގައި ވައި ޖެހޭނީ އިރު އުތުރުންނެވެ. މި ނަކަތުގައި އާދައިގެ ވަރަކަށް ކަނޑާއި ވައި ގަދަވާނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެއްޖެޚަބަރު | މަހެއް ކުރިންދުން ފުހުގެ އަސަރު ދަށްވެ، ދުރު ފެންނަ މިންވަރު އިތުރުވެއްޖެޚަބަރު | މަހެއް ކުރިންކުރިއަށް އޮތް 5 ދުވަހު ބައެއް ސަރަހައްދަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވާނެޚަބަރު | 2 މަސް ކުރިންދުންފުހުގެ އަސަރު ދަނީ ދަށްވަމުންޚަބަރު | 2 މަސް ކުރިން