logo
MPL

MPL

ކުޅިވަރު

ވެލެންސިއާ ބަލިކޮށް ނިއު އިން ދިރާގު ޕްރިމިއާ ލީގުގެ ދެ ވަނަ ބުރު މޮޅަކުން ފަށައިފި

އާމިނަތު ޝަފާ
12 ޑިސެމްބަރު 2025 - 14:44
ފޮޓޯ: ނިއުރޭޑިއަންޓް މީޑިޔާ ޓީމް
ފޮޓޯ: ނިއުރޭޑިއަންޓް މީޑިޔާ ޓީމް

ވެލެންސިއާ ބަލިކޮށް ނިއު އިން ދިރާގު ޕްރިމިއާ ލީގުގެ ދެ ވަނަ ބުރު މޮޅަކުން ފަށައިފި އެވެ. މި މެޗު ނިއުއިން ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ދަނޑުގައި މިއަދު ކުޅުުނު މެޗުގެ ލީޑު ނިއުއިން ނެގީ އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު، ގޯމޭސް ޑަ ސިލްވާ ޖެހި ގޯލުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެ ވަނަ ހާފުގައި ބަދަލަކާއެކު ނިއުއިން ނުކުތީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ކްލަބާ އަލަށް ގުޅުނު މުހައްމަދު ފާސިރު (ފާއްޓެ) އާއެކުގައެވެ. ނިއުގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފާއްޓެއެވެ. އޭގެ ފަހުން ވެލެންސިއާގެ ކެޕްޓަން، އީތަން އިބްރާހިމް ޒަކީ އަރިމަތިން އަަރައި ނަގައިދިން ހުރަހަކުން އައިދު މުހައްމަދު ޖަވީޒުވަނީ މި މެޗުގައި ވެލެންސިއާގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައެވެ.

ނިއު އަށް މެޗުގެ ތިން ޕޮއިންޓް ޔަގީންކޮށްދިން ލަނޑު ޖަހައިދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ބުރު ސްޕޯޓްސް ކްލަބުން ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ.

ނިއު އިން ލީގުގެ ފުރަތަމަ ބުރު ނިންމާލީ ފަހު ތިން މެޗުން މޮޅެއް ނުލިބި އެވެ. ކްލަބް ގްރީން ސްޓްރީޓްސްއާއެކު ކުޅުނު މެޗު އެއްވަރުވިއިރު، އޮޑި ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ވަނީ ބަލިވެފައެވެ.

ލީގުގެ ތިން ވަަނައިގައި ނިއު އޮތީ 10 މެޗުން 20 ޕޮއިންޓާ އެކު އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިންގެ ނަންތައް އިޢުލާނުކޮށްފި. ނިއުގެ ދަ ސިލްވާއަށް އެވޯޑް ލިބުން ވަރަށް ގާތްކުޅިވަރު | 3 ގަޑިއިރު ކުރިންމާރާމާރީތަކާއެކު ބިރުދައްކައި މަދުބަޔަކު ރާއްޖޭގެ ފުޓްބޯޅަ ހަލާކުކުރަނީ! އެޅޭނެ ފިޔަވަޅެއްވެސް ނެތް؟ރިޕޯޓް | 18 ދުވަސް ކުރިންނިއުރޭޑިއަންޓްގެ ކޯޗިން ސްޓާފަށް ދިން ނުރައްކާތެރި ހަމަލާ އިތުރަށް ބަލައި ފިޔަވަޅުއެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފިކުޅިވަރު | 18 ދުވަސް ކުރިންލީގުގައި ބަލިނުވެ 46 މެޗު ހަމަކުރި މާޒިޔާ ބަލިކޮށް ނިއުރޭޑިއަންޓުން އެޓީމުގެ ފެންވަރުދައްކާލައިފިކުޅިވަރު | 19 ދުވަސް ކުރިން