logo
Bank of Maldives

Bank of Maldives

ޚަބަރު

އިއްޔެ އެކަނިވެސް މަސްވެރިންނަށް 6.1 މިލިއަން ރުފިޔާ ދޫކުރި

އައިޝަތު ނަޝާ
14 ޑިސެމްބަރު 2025 - 04:55
އިއްޔެ އެކަނިވެސް މަސްވެރިންނަށް 6.1 މިލިއަން ރުފިޔާ ދޫކުރި

މިމަހުގެ 11ވަނަ ދުވަހު މިފްކޯއަށް މަސް ކިރުވި 92 ދޯންޏަކަށް މިމަހުގެ 13 ވަނަ ދުވަހު 6.1 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ، މިފަހުގެ ތާރީޚެއްގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކުރި ދުވަސް ކަމަށް މިފްކޯއިން ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެވެ. މި އައު އުސޫލާ ގުޅިގެން މަސްވެރި ކަމަށް ނުކުންނަ ދޯނިތަކުގެ އަދަދު ވަނީ އިތުރުވެފައި ކަަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 12ވަނަ ދުވަހުއެވެ. އެދުވަހު މިފްކޯއިން ވަނީ މަސްވެރިންނަށް މުޅި ޖުމްލަ 7.65 މިލިޔަން ރުފިޔާ ދޫކޮށްފައެވެ.

މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް މި މަސް ތެރޭ ދޫކުރި ފައިސާގެ އަދަދު 37.3 މިލިއަން ރުފިޔާއަށް އަރައެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން މަސްވެރިން އަތުން ގަންނަ މަހަށް 48ގަޑިއިރުން ފައިސާ ދައްކަން ފެށިފަހުން މިހާތަނަށް ޖަމާކުރި އަދަދު ބިލިއަނަކާ ގާތަށް އަރާފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

މި ސަރުކާރުން ދަނީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މަސްވެރިކަމުގެ ސިނާޢަތައް ދިމާވެފައިވާ މައްސަލަތަކަށް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލު ލިބިގެންދާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދދު މުއިއްޒު ވަނީ،މަސްވެރިން ގެ ދުވަހާ ގުޅިގެން ރ. އަތޮޅުގެ ދުވާފަރަށް އިއްޔެ ވަޑައިގެން އެރަށުގެ މަސްވެރިންނާ ބައްދަލުކުރައްވާފައެވެ. އެގޮތުން އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަމުން އެމަނިކުފާނު ވަނީ ،މި ސަރުކާރުން ބޭނުންވަނީ މަސްވެރިކަމުގެ ސިނާއަތް ކޮޅަށްޖެހުމަށް ކަމަށާއި، މި ސިނާއަތް ކުރިއަރުވާނީ މަސްވެރިންގެ ހިޔާލާއި މަޝްވަރާ ހޯދައި އެކަންކަމަށް ބަލައިގެންކަމަށް ވިދާޅުވެފައެވެ.

އަދި  ދެމެހެއްޓެނިވި ގޮތެއްގައި ނުކުރެވޭނެގޮތަކަށް އެއްވެސް ކަމެއް ނަމެއްގައި އިއުލާންކޮށްލާކަށް ނުވަތަ ފަށާކަށް އެމަނިކުފާނު ބޭނުންފުޅު ނުވާ ކަމަށާއި، ބޭނުންވަނީ ހަޤީގީ މާނައިގައި މަސްވެރިކަމުގެ އިންޑަސްޓްރީއަށް ކުރިއެރުން ލިބިގެންދާން ކަމަށް ރައީސް ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނޑުއޮތްގިރި އޮޕަރޭޝަނަށް: މިހާރު ކަންނެލި ގަންނާނެ!ޚަބަރު | މަހެއް ކުރިންމިއަހަރުގެ ފުރަތަމަ 9 ދުވަހު މަސްވެރިންނަށް 10 މިލިއަން ރުފިޔާ ދޫކޮށްފިވިޔަފާރި | 2 މަސް ކުރިންފެލިވަރު ކޯލްޑް ސްޓޯރޭޖް މިއަހަރުގެ މެދުތެރޭގައި ބޭނުންކުރަން ފަށަނީޚަބަރު | 2 މަސް ކުރިން ރާއްޖޭގައި މިހާތަނަށް ގާއިމުކުރެވޭ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖު ޖޫން މަހު ބޭނުންކުރަން ފަށަނީ ޚަބަރު | 2 މަސް ކުރިން