logo
Bank of Maldives

Bank of Maldives

ޚަބަރު

މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ނަމަވެސް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ: މެޓް އޮފީސް

ޒިދާން މުޙައްމަދު
15 ޑިސެމްބަރު 2025 - 12:15
މޫސުން ގޯސްވުން
މޫސުން ގޯސްވުން

މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ނަމަވެސް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ - މެޓް އޮފީހުން ބުނެފިއެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ އާންމުގޮތެއްގައި ރަނގަޅު ވާނެ ކަމަށެވެ. އަދި ވައިޖެހޭނީ އިރުއުތުރާއި އިރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޓް އޮފީހުން ބުނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.

ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން މިހާރު މިވަނީ ފެށިފައެވެ. އިރުވައި މޫސުން ފެށިފައިވަނީ މިމަހުގެ 10ވަނަ ދުވަހުއެވެ. އެގޮތުން މިހާރު މިއީ އިރުވައިގެ ފުރަތަމަ ނަކަތް ކަމުގައިވާ މުލަ ނަކަތެވެ.

މުލަ ނަކަތް ކުރިއަށްދަނީ ޑިސެމްބަރުމަހުގެ 10 އަކުން ޑިސެމްބަރުމަހުގެ 22ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންކަމުން މި ނަކަތުގައި ވަނީ 13 ދުވަހެވެ.

މުލަ ނަކަތުގައި ވައި ޖެހޭނީ އިރު އުތުރުންނެވެ. މި ނަކަތުގައި އާދައިގެ ވަރަކަށް ކަނޑާއި ވައި ގަދަވާނެއެވެ. އަދި މި ނަކަތުގައި މަސްވެރިކަން ރަނގަޅުވާނެއެވެ.

ޖުމުލަ ނުވަ ނަކަތް ހިމެނޭ އިރުވައި މޫސުމުގައި އަދި 8 ނަކަތް އެބައޮތެވެ. އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށޭނީ 'އައްސިދަ' ނަކަތުންނެވެ.

އާންމުކޮށް ރާއްޖެއަށް ބޮޑަށް ވިއްސާރަ ކުރަނީ ހުޅަނގު މޫސުމުގައެވެ. އިރުވައި މޫސުމުގައި ކޮންމެވެސް ވަރަކަށް ވިއްސާރަ ކުރިޔަސް މޫސުން ގިނަދުވަސްތަކުގައި އޮންނަނީ އާންމު ގޮތެއްގައި ރަނގަޅަށެވެ.

ހުޅަނގު މޫސުން ރާއްޖެއަށް ޢާންމު ގޮތެއްގައި ލައިގަންނަނީ މޭމަހު މެދެއްހާ ތަނުން ފެށިގެން ނޮވެންބަރުމަހުގެ ނިޔަލަށެވެެ. އަދި އިރުވައި މޫސުން ޖެނުވަރީއިން ފެށިގެން މާރިޗްމަހުގެ ނިޔަލަށް ދެމިގެން ދެއެވެ. ޑިސެމްބަރ އަދި އެޕްރީލް މަހަކީ ޢާންމުކޮށް ދެމޫސުން ބަދަލުވާ ދުވަސްވަރެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސުން ލަފާކުރެވޭ ގޮތް: އާންމު ގޮތެއްގައި ރަނގަޅުވާނެޚަބަރު | 8 ދުވަސް ކުރިންވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތަށް ސިފައިން ނުކުމެއްޖެޚަބަރު | 14 ދުވަސް ކުރިންމާދަމާ އިން ފެށިގެން މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެޚަބަރު | 14 ދުވަސް ކުރިންއަންގާރަ އަދި ބުދަ ދުވަހު ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ، އެކަމަކު މިއީ އެންމެ ހޫނުގަދަ އެއް މަސްޚަބަރު | 24 ދުވަސް ކުރިން